ފުވައްމުލަކު މަގުމަތިން ބަޔަކު ދުއްވާފައި ދަނީ.
21 ޖެނުއަރީ 2024 - 13:22
ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ޒުވާނާ، އިތުރު ފަރުވާ އަށް ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށައިފި އެވެ.
އެ ހާދިސާއާ ގުޅިގެން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު ހޮސްޕިޓަލުންނެވެ. އެކަމަކު، އިތުރު ފަރުވާއަށް ރޭ ދަންވަރު ވަނީ މޯލްޑިވިއަން އެއާލައިންގެ ބޯޓެއްގައި މާލެ ގެނެސްފަ އެވެ.
އައިޖީއެމްއެޗުން ބުނީ، ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު 30 އަހަރުގެ ފިރިހެން މީހާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާގެ ހާލު ވަރަސް ސީރިއަސް ކަމަށް ކަށަވަރު ކޮށްދެއްވިއަސް، ލިބުނު ޒަހަމްތަކުގެ މައުލޫމާތެއް އައިޖީއެމްއެޗުން ނުދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޮޑުފަންނު މަގުގައި އެކްސިޑެންޓު ހިނގައިގެން ރިޕޯޓުކުރީ ރޭގެ 10:15 ހާއިރު ކަމަށެވެ. އެއީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނާތީ އިތުރު ތަފްސީލެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދޮރުވެރިޔާ
21 January 2024
މީހެއްގެ ނުވަތަ ކުއްޖެއްގެ ފުރާނަ ގެއްލިގެން ދިއުމަކ ހިތާމަ ހުރި ކަމެއް. އެކަމަކު އެކަން އެގޮތަށް ދިމާވާ ކޮންމެފަހަރަކު އެއީ ސިޔާސީ ކުރަންޖެހޭ ކަމެއް ނޫން. ރަނގަޅު. އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު ކުއްޖާ ހޯދުމުގައި ދޯހަޅި ކަންތައް ތަކެއް ސަރުކާރުން ކުރި. ވިލިނގިލިން ހާލު ސީރިއަސް ވި ކުއްޖާގެ ޙާލަތު ރަނގަޅަށް އެނގޭ ނަމަ ހީއެއް ނުވޭ އެކަމާ ސަރުކާރު ކުށްވެރި ކުރާނެހެންނެއް. ސިޔާސީ ކަންތައްތައް އެއްފަރާތްކޮށް ދިވެހިރައްޔިތުންނަށް ފުރިހަމަ ޚިދުމަތަކާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެއިރެއްގަ އޮންނަ ސަރުކާރެއްގެ ޒިންމައެއް ކަން ހަނދާން ބަހައްޓަން ވާނެ
ފަހުދު.
21 January 2024
މިހާރު ބޯހަރުކަމުން 2 ކުދިން ގެއްލިއްޖެ. ނަމަނަމަ ގޮތް ދޫނުރާތި
އަވަސްއަަވސް
21 January 2024
އަވަހަށް ލިޔަން ފަށާ.. އެމީހާ އެކްސިޑެންޓްވީ ރައީސް އާހެދިއޭ. ޗައިނާ ދަތުރާ ހެދިއޭ.
ސަލީމު އިދުރީސް
21 January 2024
އެމިހަ އެކްސިޑެންޓްވީ ސީދާ ރައީސާ ހެދީއޭ ނުބުންޏަސް އެކަމުގަ ސަރުކާރުތައް ފޭލިވެފަ ހުރުމުން ގިނައިން އެގޮތް ދިމާވަނީ! ތިރީހުގަ ދުއްވަން އޮންނަތާކު ސަތޭކާގަ ދިއަސް މައްސަލައެއްނެއް ރައްޔިތުން އަމިއްލަޔައް އިސްލާހުވާނަމަ ފުލުހުންނާ ގާނޫނާ ގަވައިދެއް ބޭނުމެއް ނުވާނެ