ރިޕޯޓް

ކޯޓުތަކުން ޕާސްޕޯޓް ދޫކުރުން ދެން ކުޅިވަރަކަށް ނުވާނެ!

ސުޕްރީމް ކޯޓު: ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހުންގެ ޕާސްޕޯޓް ދޫކުރުމާ ބެހޭ ހަރުކަށި އުސޫލުތަކެއް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައި --- ފޮޓޯ/މިހާރު

ޖިނާއީ މައްސަލަތަކުގައި ފުރުން މަނާކޮށްފައި ތިބޭ މީހުން ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭ އުސޫލަކީ އަބަދުވެސް ބޮޑު މައްސަލަ އެކެވެ. ސިއްހީ ފަރުވާއަށް ނުވަތަ އެހެން ސަބަބަށްޓަކައި ވެސް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭ ގޮތާ މެދު ފާޑުކިޔުން ބޮޑެވެ.

މައްސަލަ ދިމާވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޕާސްޕޯޓް ދޫކޮށްލުމުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން ނެތުމުންނެވެ. އެހެންވެ، ބޭސްފަރުވާއަށް ބޭރަށް ދާން އެދޭ މައްސަލަތަކުގެ އެއްކޮޅުގައި އޮންނަ ދައުވާލިބޭ މީހާގެ ހައްގާއި އަނެއްކޮޅުގައި އޮންނަ ދައުލަތާއި މުޖްތަމައުގެ ހައްގުގެ މައްސަލަ ބޮޑެވެ.

ބައެއް ސިޔާސީ ބޭފުޅުންގެ މައްސަލަތަކުގައި ސިއްހީ ގޮތުން އެހާ ސީރިއަސް ނޫން ކަންކަމުގައި ވެސް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭއިރު، އާންމުންނަށް ކުރިމަތިވާ އެއަށް ވުރެ މާ ސީރިއަސް ސިއްހީ ކަންކަމުގައި އެ ހުއްދަ ނުދޭ ކަމުގެ ޝަކުވާ ވެސް އޮވެ އެވެ. ބައެއް މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ވަކި މުއްދަތަކަށް ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެ އެނބުރި ނައުމުން މައްސަލަ ކުރިއަށް ނުގެންދެވި ހުރި މައްސަލަތައް ވެސް ފެންމަތިވެފައި އެބަހުއްޓެވެ.

މި ހަފްތާގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހުންގެ ޕާސްޕޯޓް ދޫކުރުމާ ބެހޭ ހަރުކަށި އުސޫލުތަކެއް ކަނޑައަޅާފައިވެ އެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރެވޭނީ ފިލާފާނެ ކަމަށް ބެލެވޭ ހާލަތްތަކުގައި ތަހުގީގީ އިދާރާއަކުން އެދިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އޮތްގޮތުން ނަމަ، ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ފަދަ ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ކުރުމާ އެކު ޕާސްޕޯޓް ހިފަހައްޓަން ޖެހޭނެ އެވެ. އެހެންވެ، ފިލާފާނެ ކަމަށް ބެލެވުން އެއީ މިހާރު ކޮންމެހެން ޝަރުތެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާއެއް ލިބޭ މީހެއް ނަމަ އެ މީހަކު ބޭސްފަރުވާގެ ބޭނުމަށް ރާއްޖެއިން ބޭރަށް ދާން ހުއްދަ ދެވޭނީ އެއީ ރާއްޖޭގައި ކުރެވެން ނެތް ފަރުވާއެއް ކަމަށްވާ ނަމަ އަދި އެކަމާ މެދު ދައުލަތުން ދެކޭ ގޮތެއް ބެލުމަށްފަހު އެވެ.

ޕާސްޕޯޓްތަކެއް

ކުރިން ޕާސްޕޯޓް ދޫކޮށްލުމުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ޑޮކްޓަރަކު ދޭ ލިޔުމަކަށް އެކަނި ބެލުމެވެ. އެހެންވެ، ބައެއް ފަހަރު ރާއްޖެއިން ކުރެވެން ހުންނަ ފަރުވާތަކުގައި ވެސް ރާއްޖެއިން ބޭރަށް ދާން ޑޮކްޓަރުން ލަފާ ދޭއިރު، އެކަމާ ބެހޭގޮތުން އެހެން ޑޮކްޓަރުންގެ ބަސް ހޯދުމަށް ފުރުސަތެއް ނުލިބެ އެވެ. އަދި ދައުލަތުން އެކަމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދުމުގެ ކުރުމުގެ ކުރިން ޕާސްޕޯޓް އޮންނަނީ ގިނަ ފަހަރަށް ދޫކޮށްލައިފަ އެވެ.

ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތުން ހަމައެކަނި ލިޔުމަކަށް ބިނާވުމުގެ ބަދަލުގައި ދެން އެ ހުއްދަ ދެވޭނީ ޑޮކްޓަރު ސީދާ ކޯޓަށް ހާޒިރުވެ ދޭ ބަޔާނަށް ބެލުމަށްފަހު އެވެ. އަދި އެކަމާ މެދު ދައުލަތުން ދެކޭ ގޮތެއް ވެސް ބަލަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.

"ބޭރަށް ފުރުމުގެ ހުއްދަ ދޭންވާނީ އެ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ކަމަށް ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ، ދޭ ރައުޔެއްގެ މައްޗަށް ބިނާކޮށް، އެ ރައުޔާ މެދު ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދެކޭ ގޮތް ސާފު ކުރުމަށްފަހު." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޑޮކްޓަރު ދޭ ލަފާގެ އިތުރުން، އެ މީހަކު ފަރުވާ ނިމުމުން އެނބުރި އަންނާނެކަން ނުވަތަ ފިލާފާނެ ކަމަށް ބެލެވޭ ހާލަތު ކުޑަކުރަން ހާއްސަ ޝަރުތުތަކެއް ވެސް ކޯޓުން ކުރަން ޖެހޭނެ އެވެ. އެގޮތުން ކަފާލާތުގެ ގޮތުގައި ބޭންކް ގެރެންޓީއެއް ނުވަތަ ފައިސާގެ އަދަދެއް ނުވަތަ ބޮންޑެއް ބަހައްޓަން ޝަރުތު ކުރެވިދާނެ ކަމަށް ހުކުމުގައިވެ އެވެ. އަދި މިގޮތުން ކުރާ ޝަރުތުތަކަކީ އެއްބަސްވެވޭ ޝަރުތުތަކަކަށް ވާން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.

"ކަނޑައަޅާ ޝަރުތަކީ ޕްރޮސެކިއުޓާ ޖެނެރަލް ގަބޫލުކުރާ ޝަރުތެއް ކަމަށް ވާންޖެހޭނެ." ހުކުމުގައިވެ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް --- ފޮޓޯ/މިހާރު

މީގެ އިތުރުން ކުރިން ޖިނާއީ މައްސަލަތައް ދަށު ކޯޓުގެ މަރުހަލާއިން ނިމުމާ އެކު، ޕާސްޕޯޓް ދޫކޮށްލަން އެންގި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމް އޮތްގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ނަމަ އިސްތިއުނާފް މަރުހަލާ ނިމެންދެން ވެސް ދައުވާލިބޭ މީހުންގެ ފުރުން މަނާކުރުމުގެ އަމުރު ދަމަހައްޓަން ޖެހޭނެ އެވެ. އަދި ސިއްހީ ނޫން ސަބަބަކަށްޓަކައި ރާއްޖެއިން ބޭރަށް ދާން ހުއްދަ ދެވޭނީ ވެސް ދައުލަތުން އެކަމަށް ރުހުން ދިނުމުން ކަމަށް ހުކުމުގައިވެ އެވެ.

ހުކުމް އޮތްގޮތުން ނަމަ މިއީ ދައުލަތަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ސަބަަބަކީ ހުކުމް އޮތްގޮތުން ނަމަ ދައުލަތުގެ ރުހުން ނެތި ޕާސްޕޯޓް ދޫކުރެވެން ނޯންނާނެތީ އެވެ. އަނެއްކޮޅުން، ޕާސްޕޯޓް ދޫކުރިޔަސް، ދައުލަތުން ގަބޫލުކުރާ ފަދަ ޝަރުތުތަކެއް އެ މީހާގެ މައްޗަށް ކުރަން ލާޒިމްވާތީ އެވެ.

ގާނޫނީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ޕާސްޕޯޓް ދޫކޮށްލަން އެންގުމާ ބެހޭ އުސޫލުތަކެއް ކަނޑައެޅި ނަމަވެސް، އެކަމުގެ ހުރިހާ ބާރެއް ދައުލަތަށް ދޫކޮށްލުމުން ނަތީޖާ ރަނގަޅު ނުވެދާނެ އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ދައުލަތުން ނުރުހުނަސް، ފުރުމުގެ ހުއްދަ ދެވެން ޖެހޭނެ އެވެ.

"ޑޮކްޓަރުން ކޯޓަށް ހާޒިރުކޮށް، އެ މީހުންގެ ބަސް ހޯދުން މުހިންމު. އެކަމަކު މީހަކު ރާއްޖެއިން ބޭރަށް ގެންދަން ޖެހެއޭ ބުނެފައި ޑޮކްޓަރަކު ކޯޓަށް ހާޒިރުވެ ލަފައެއް ދިނީމަ އެ ލަފައަކަށް ދައުލަތުން ރުހުމަކީ އެކަން އޮންނަންޖެހޭ ގޮތެއް ނޫން." ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކީ ޖިނާއީ މައްސަލަތަކުގައި ޕާސްޕޯޓް ދޫކޮށްލުމުގެ ސަބަބުން ކުރިމަތިވަމުންދިޔަ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް، ބޭސްފަރުވާގެ ކަންކަމުގައި ޕާސްޕޯޓް ދޫކުރުމުގައި އެއް އުސޫލަކުން އަމަލު ކުރަން ބާރު އެޅޭނެ ކަމެކެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަންބެ

24 January 2024

ކިތަންމެ ހަރުކަށި އުސޫލެއް ހެދިޔަސް ދައުވާ ލިބޭމީހާ ބަލާނީ އެ އުސޫލުގައި ހުންނަ ކުދިކުދި ލޯވަޅުތަކުން ދެމިގަންނަން. މާޒީގަ ކަން ހިނގާފައިވާ ގޮތަކީ ސިޔާސީގޮތުން ނުފޫޒުގަދަ މީހުންނާ ބޮޑެތި ވަގުންނާ މަކަރާ ހީލަތުން ދައުލަތުގެ މުދަލާ ފައިސާ ހައްޕަޅާލައިގެން ދައުވާކުރި މީހުން ވަރަށް ފަސޭހަކަމާއެކު ކުދި ލޯވަޅުތަކުން ދޫވެގެން ދޭ. މިކަމުގަ އެހީތެރިވާންވެސް ތިބެނީ ހަމަ އެފަދަ މީހުން. ދެން އުސޫލު ހަރުކަށި ކުރުމަކުން ތިކަން ހައްލުވޭ؟؟

The name is already taken The name is available. Register?

ޑރ. ފިލް

24 January 2024

ދެންމަށެއް ތި ބޮޑެތި ކުއްވެރިން ނުބަލާނަން. ބަލިމީހުން ދޫކޮށްލާފަ ކޯޓަށް ނުދެވޭނެއެވެ.

The name is already taken The name is available. Register?

ޢައްލާ

24 January 2024

ތިޔަވޕާސްޕޯރޓް ދޫކުރަންވެސް ހުކުމް ކުރާނީ ހަމަ ތިޔަ ސުޕްރީމް ކޯޓުން. މީމޯދިސް. މިގައުމުގަ ވުޅޭތާ ފަސްދޮޅަސް ފަހެއްވީ. ތިކަހަލަ ހާސްތަރިއަރާ އޮއްސިއްޖެ. އަދިވެސް އަރާނެ އޮއްސޭނެވެސްމެ. މޯދިސް ވާނީހަމަ މޯދިސް އަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

24 January 2024

ލިއުންތެރިޔާގެ ލިއުމާއި އަދި މަޤްސަދުވެސް ރަނގަޅު ކަމަށް ދެކެން. އެހެން ނަމަވެސް ދައުލަތުގެ އެންމެ ޙާއްސަ ބާރުބކަމުގައިވާ ސްޕްރީމްކޯޓްގެ ރޫލިންގ އަކީ "ކަރުކަށި" ނިންމުމެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ލިއުމުގައި "ސުޕްރީމްކޯޓުން ކުރި ހުކުމުގައި ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭމީހުންގެ ޕާސްޕޯޓް ދޫކުރުމާބެހޭ ހަރުކަށި އުސޫލުތަކެއް" މިގޮތަށް ލިޔެފައިއޮތުމަކީ ރަނގަަޅުކަމެއްނޫން. ސުޕްރީމް ކޯޓަކީ މިފަދަ ކަންކަމުގައި "ހަރުކަށި" ކަން ދައކާނެ ފަރާތެއްނޫން.

The name is already taken The name is available. Register?

ޜަޖިސްޓްރާ

24 January 2024

ކީއްވެތަ މަދަނީ މައްސަލައިގަ ލާރިނުދީ ފިލައިގެން އުޅޭމީހާގެ ޕާސްޕޯޓް ހިފަހައްޓަން ނުހަދަނީ. މިދަޔައަހަރު 5 ޕަސަންޓް ވެސް ކޯޓުން ހޯދާނުދެވުނު. ގާނޫނައް ގެނައި އިސްލާހު ހީވަނީ ގައުމުގަ އުޅޭ ސިޔާސީމީހުނަކީ މިގޮތައް ދަރާފަ ތިބިމީހުންވީމަ، އެމީހުން ހިމާޔައްކުރަން ގެނައި ބަދަލެއްހެން. އެބަޖެހޭ މިކަމައް ހައްލުހޯދަން.

The name is already taken The name is available. Register?

ނުވަކީލު

24 January 2024

ސުޕްރީމްކޯޓުގައި ހުސްނުއްސުއޫދު ހުރެގެން މިޖަހާ ސަކަރާތާއި ހާވާ ހަޑި ހުއްޓުވަންޖެހޭ.ޤާނޫނުތައ ހުރިގޮތަށްހުއްޓާ އޭނާ ބޭނުންހާގޮތަކަށް ކޯޓުގެ ނިންމުންތައް ނިންމަމުން އެދަނީ. ޕާސްޕޯޓު ހިގެހެއްޓުމުގައި އުސޫލެއް އޮންނަންޖެހޭ. އެކަމަކު ޤާނޫނާ ޚިލާފަށް ސުޕްރީމް ކޯޓަކަށްވެސް އެކަމެއް ކަނޑައެއްނޭޅޭނެ. ޖިނާއީ ބޮޑު މައްސަލައެއްގައި ދައުވާ ކުރުމާއެކު އޮޓޮމެޓިކުން ޕާސްޕޯޓް ހިފަހައްޓަން ޖެހޭނެކަމަށް އެއްވެސް ޤާނޫނަކު ނޯންނާނެ.އަދި އެހެން އެކަން ނުވެސްކުރެވޭނެ.

The name is already taken The name is available. Register?

ގާވަކީލު

24 January 2024

ހާޑުވާނެ. ހާޑުވާނެ. އަންޑަސްޓޭންޑްވޭ..ލލސ

The name is already taken The name is available. Register?

ސަމީމާ

24 January 2024

މިހާރުގެ ސްޕްރީމް ކޯޓަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވޭނެ. އެކޯޓް ބެންޗަކީ މިރާއްޖެއަށް މިވަގުތު ލިބުނު އެއްމެެއެއްރަގަޅު ބެންޗް.

The name is already taken The name is available. Register?

ސަމީމު

24 January 2024

ސުއޫދުމެން ފޮނި އަނގަ ތެޅީމާ ސަމީމާމެންނަށް ހީވަނީ ހަމަ ލައްކައެކޭ. މަވެސް ގަބޫލު ޤާނޫނުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމާއި، ޤާނޫނީ ނިޒާމުގައި މައްސަލަ ހުރިކަން. އެކަމަކު އެހެނޭ ކިޔާފަ ކޯޓަށް ޤާނޫނު އޮތްގޮތް ކަމުނުދެއޭ ކިޔާފަ އަމިއްލައަށް ގޮތެއް ނުނިންމޭނެ. ޤާނޫނު ހަދާނީ ޤާނޫނު ހަދާ މަޖިލީހުން. ޤާނޫނު އަސާސީއާ ޚިލާފު ނުވަނަންޏާ އެ ޤާނޫނު ގޯހޭ ކަމުނުދެއޭ ކިޔުމުގެ ބާރެއް ކޯޓަށްވެސް ނޯންނާނެ.

The name is already taken The name is available. Register?

މިއައު

24 January 2024

މުޅި ދިވެހި ޝަރުއީ ނިޒާމު ހިނގާ ގޮތަކީ ހަމަ ކުޅިވަރެއް. ސާކަސްއެއް

The name is already taken The name is available. Register?

ޖުއްބާ

24 January 2024

ތީ ހަމަ ހީވާގޮތް. އަދިވެސް އެވާނީ ކުޅިވަރަކައް. މީ ދިވެހި ރާއްޖެ. ސިންގަޕޫރެއް ނޫން!

The name is already taken The name is available. Register?

ސަރަފުއްދީން

24 January 2024

ހޮޔޮނިޔަތުގައި ކަންކަންކުރާކަމުގައިވާނަމަ ސްޕްރީމް ކޯޓުން ތިފަދަ ހުކުމްކުރާކަށެއް ނުޖެހޭނެ. ތިކަހަލަ ހުރިހާ ގާނޫނީ ބާގަޑު މިހާރު އޮތްގޮތުން ބަތްދަން ޖެހޭނީ ސްޕްރީމް ކޯޓުން ދޮއްތޯ. ގާނޫނު ހަދާ މަޖްލިހަކީ އެއްވެސް ކަމެއް ކުރވޭތަނެއްނޫން.

The name is already taken The name is available. Register?

ނުވަކީލު

24 January 2024

މިއީ އަހަރެންވެސް މި ދައްކާ ވާހަކައަކީ. ސުއޫދުއަށް ހީވާކަހަލަ ސުޕްރީމް ކޯޓަކީ ޤާނޫނު ހަދާ ތަނެކޭ. މަޖިލީހަށް ނުހޮވުނީމާ މިތަނަށް ވަދެ މި ސަކަރާތް ޖަހައިގެން މުޅި ނިޒާމް ގަޑުބަޑުކުރަނީ

The name is already taken The name is available. Register?

ގާނޫނު

24 January 2024

ސްޕްރީމް ކޯޓް ގެ ހުކުމް ގާނޫނު އަސާސީ އާ ހިލާފް. ޢެއްވެސް ކޯޓަކަށް ގާނޫނު ހެދުމުގެ ބާރެއް ނޯންނާނެ. ތީ ސްލޫކީ ފިޔަވަޅު އަޅަންޖެހޭ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454