ޕްރައިމަރީގެ ނިންމުމާ ގުޅިގެން ޕީއެންސީ އޮފީހަށް ބަޔަކު ވަދެ ނުރުހުން ފާޅުކުރަނީ
22 ޖެނުއަރީ 2024 - 09:49
ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކުރި ކަމަށާއި އެ ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ބުނެ ބައެއް މީހުންނަށް ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭން ނިންމި މައްސަލަ ހޫނުވެ ހަމަނުޖެހުމެއް ރޭ ހިންގައިފި އެވެ.
އެ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ގިނަ އަދަދެއްގެ މީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ޕްރައިމަރީ ބާއްވާ ތާރީހު އެކި ފަހަރު މަތިން ފަސްކުރަމުން ގޮސް މިހާރު ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބޭއްވުމަށެވެ.
ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް ސޮއިކުރައްވައި ބައެއް މީހުންނަށް ޕްރައިމަރީން ފުރުސަތު ދެވެން ނެތް ކަމަށް ވިދާޅުވެ ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ނިންމުމާ ގުޅިގެން ބައެއް ކެންޑިޑޭޓުންނާއި އެ މީހުންނަށް ސަޕޯޓްކުރާ މީހުން ރޭ ވަނީ ޕީއެންސީގެ އޮފީހަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އޮފީސް ތެރޭގައި ޒުވާބު ބޮޑުވެ ހަމަނުޖެހުން ވެސް ހިންގައިފައި ވެ އެވެ. ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ވެސް ޕާޓީއަށް ނުރުހުން ފާޅުކުރަމުންނެވެ.
ނަމަވެސް، ޕީއެންސީގެ އިސް ބޭފުޅަކު މިހާތަނަށް މިކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދައްކަވަ އެވެ. ޕްރައިމަރީން ފުރުސަތު ނުދޭން ނިންމީ ކިތައް ކެންޑިޑޭޓުންނަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
ޕީއެންސީން ޕްރައިމަރީ އަށް އިއުލާންކުރީ ވެސް ހަރުކަށި ޝަރުތުތަކެއް މަތިކޮށް، ޓިކެޓް ދިނުމުގައި އެ ކަންކަމަށް ބަލާނެކަން ހާމަކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި އަބުރުވެރި، ނަޒާހަތްތެރި މީހަކަށް ވުމާއި ރައްޔިތުންގެ މަޖިލީހާއި ހާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވާ ވަރާއި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ފަރިތަ ވަރު އަދި ޕާޓީ އަށް ހިދުމަތް ކޮށްފައިވާ ވަރު ބެލުން ހިމެނެ އެވެ.
ޕްރައިމަރީ އަށް ހަފުތާއަކަށް ވެފައިވަނިކޮށް ބައެެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި ނިންމުން ރިވިއު ކުރަން ހުށަހަޅަން ވެސް ބައެއް މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ބައެއް މީހުންނަށް ޕީއެންސީން ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީ އަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.
އެނގިފައިވާ ލިބިފައިވާ ގޮތުގައި އެންމެ ގިނަ މީހުންނަށް ސިޓީ ފޮނުވާފައިވަނީ އެ ސަބަބު ބަޔާންކުރުމަށް ފަހު، އެވެ. އެގޮތަށް ބަޔާންކޮށް ސިޓީ ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ ޕްރައިމަރީ އަށް ޕީއެންސީއާ ގުޅުނު މީހުންނާއި ރިޔާސީ އިންތިހާބަށް ފަހު އެ ޕާޓީއާ ގުޅުނު މީހުންނެވެ.
އެހެން ބައެއް މީހުންނަށް ފޮނުވި ސިޓީގައި ވަނީ ޕާޓީގެ ސިޔާސަތުތަކާ އިދިކޮޅު އޮއިވަރުގައި ޖެހި، ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެދޭ ގޮތަށް މަސައްކަތް ކޮށްފައިވާތީ ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ. އެގޮތަށް ސިޓީ ފޮނުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމާ ފެއަށް ޖެހިވަޑައިގެންނެވިއިރު، އެ މަނިކުފާނާ އެކު ތިއްބަވައި ފަހުން ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި މީހުންނަށެވެ.
ޕީއެންސީ ބައެއް މީހުންނަށް ޕްރައިމަރީގެ ފުރުސަތު ނުދޭން ނިންމިއިރު، ޕްރައިމަރީގައި ވާދަކުރާ މީހުންނާ އެކު ވަރަށް ގިނަ އާންމު މެންބަރުން ވެސް އެ ޕާޓީއާ ގުޅިފައިވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރިއިރު 6،000 މެންބަރުންގެ ދަފުތަރެއް އޮތް، ޕީއެންސީގެ މެންބަރުންގެ އަދަދު 40،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރުކާ
22 January 2024
މަޖިލިސް އިންތިޚާބުގައި މިސަރުކާރު ބޮޑުތަނުން ފެއިލްވާނެއެވެ. އަދުރޭއަށް ވުރެން ސިޔާސީ ގޮތުން މުއިއްޒު ބަލިވާނެއެވެ. ޕީއެޗްޑީން ސިޔާސީވާނެ ނަމަ ހަސަން ސައީދުއާއި މުނައްވަރުވެސް ސިޔާސީވީހެވެ.
ރޮދި މުއިއްޒު
22 January 2024
އަދުރޭ ބުނާގޮތަށް ނަހަދާ މޮޅުގޮތް ގޮތަށް ކަންކަން ރާވައި ހިންގުމުން އެއްމެފަހުން މުއިއްޒު އަތަށް ގޮވާތަން އަހަރުމެން މިތިބީ ބަލާށެވެ.
ރަމަ
22 January 2024
ޕާރޓީ ތަކަށް ވަތް ގިނަމީހުން މަޖްލިސް އިންތިޚާބަށްފަހު ދެންދާނީ މަޑުމަޑުން ކެޑެމުންނެވެ. މިގޮތަށް މަދުވަމުން މަދުވަމުންގޮސް ބޮޑު ދެޕާރޓިއެއްގެ ގޮތުގައި ދެންއޮންނާނީ ޕީ.އެން.ސީ އާއި އެމްޑީޕީ އެވެ. ޕީ.ޕީ އެމް ވުޖޫދުގައި އޮތުމާއި ނެތުން ބިނާވެފައިއޮތީ ޔާމީނުގެ ހުކުމް އަންނަގޮތަކުންނެވެ. ޔާމީން ހުކުމުން ސަލާމަތްވެއްޖެނަމަ މުއިއްޒުގެ ނަމެއް 2028ގެ ރިޔާސީ އިންތިޚާބުގެ ވޯޓްކަރުދާހުގައި ނޯންނާނެއެވެ.
ޢަހު
22 January 2024
ރ މުޢިއްޒުގެ ނަން ވޯޓް ކަރުދާހުގަ ނޯންނަން ޖެހޭ ސަބަބު ބުނެދިންނަމަ
ފަހުދު.
22 January 2024
އަދުރޭ އެއީ ރ.ޔާމިންގެ އޭޖަންޓެއް. މިފަހަރު މުއިއްޒައް ތާއީދުކުރާ އެކަކަށް ވެސް މަޖިލިސް ގޮންޑި ލިބުނަ ނުދޭން ކުރެވުނު މަސައްކަތެއް ކުރާ ގޮތަށް އޮތީ ހަމަޖެހިފަ
ނޯޗާންސް
22 January 2024
ރިޔާސީ ކެންޑިޑެސީ ފޯމުލާން ދަރުބާރުގެއަށް ދިޔައީ އަދުރޭ އެކަނި. ދެން ތިބި އެންމެން ފިލާ ތިބީ. ވަރަށް ކެރިގެން މުއިއްޒު ހޯދިވެރިކަމެއް މިއީ
ރޯޒަސް
22 January 2024
ދެން ނިކަން ތިބެބަލަ އަހަރުމެންނާ ނުލާ ތިހެން ފޮނިވެފަ. މަޖިލިސް އިންތިޚާބުގައި ކުޅިވަރު ދައްކާލާނަން.
ޕައްތަރުކޭ ޕޫލް
22 January 2024
ފެށުނީ ލަނޑު ދީފައި!! އެހެންވީމާ އަރިހުގައި ހެމުން އެނބުރޭ މީހުން އެ ތިބީ ވަރަށް ރަނގަޅަށް މުއިއްޒާއި ރަހީމުބޭ ހިތު ދަސްކޮށްގެން
48343
22 January 2024
ހޫނުވާނެކަމެއް ނެތް. އަދުރޭ ހާދަމަސައްކަތަކުންނޭ މިވެރިކަން ގެނައީ.
ފަހުދު.
22 January 2024
އެންޓި ކެމްޕެއިން ކުރަންވީ
ބަސްޓެޑް
22 January 2024
އަސްލު މިހާރު މިހިނގަނީ ލ އަތޮޅުގެ ވެރިކަމެއް
އައްމަޓީ
22 January 2024
އެންމެނަކަށް ޓިކެޓްދޭކަށްނުޖެހޭ. ޕީއެންސީ ވެރިކަމަށްއައީމަ ޓިކެޓްހޯދަން ވައިކުޑައިގެ ފުންމާލިމީހުންވެސް މަދެއްނޫން، އަދި ޕްރައިމަރީ ކާމިޔާބުކުރަން ޕީއެންސީއަށް އެހެންޕާރތީތަކުން މީހުންވެއްދީ. މިފަދަމީހުންނަށް ފުރުސަތުދިނުމަކީ ވަރަށްބޮޑުގޯހެއް.
ރޯޒަސް
22 January 2024
ކަލޭމެންނަނށް ހީވޭތަ ކަލޭމެންނަށް އެމީހުންނާ ނުލާ އިލެކްޝަނ ކާމިޔާބުވާނެހެން