މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު): އޭނާގެ މައްޗަށް ހަތް ދައުވާއެއްް ކޮށްދިނުމަށް އޭސީސީން ޕީޖީގައި އެދިފައިވޭ.-- ފޮޓޯ:" މިހާރު
22 ޖެނުއަރީ 2024 - 11:26
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން (ގޭސް މާނު) އަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީކަމުގެ މަގާމުގައި މާނު ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަށެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ހަތް ދައުވާއެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ. އެއީ؛
1. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
2. ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ
3. ކުށެއް ކުރަން އެދުމުގެ ދައުވާ
4. ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ
5. ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
6. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމުގެ ދައުވާ
7. ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ
މާނުގެ މައްޗަށް ދައުވާކުރަން އޭސީސީން ފޮނުވިއިރު 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު މާނު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ފުރިއިރު ވެސް ބޮޑެތި ތުހުމަތުތަކަކާ އެކު މައްސަލަތަކެއް އޮތީ އޭސީސީއަށް ހުށަހަޅައިފަ އެވެ.
އެ ތުހުމަތުތައް އޭރު މާނު ވަނީ ދޮގުކޮށްފަ އެވެ.
އޭސީސީން ބުނީ ދައުވާކުރަން ފޮނުވި މައްސަލައަކީ އެ ކޮމިޝަނުގެ އަމިއްލަ އިސް ނެގުމަކަށް ބެލި މައްސަލައެއް ކަމަށެވެ. އެ ތަހުގީގުން، ރިޝްވަތުގެ ގޮތުގައި ހޯދި ފައިސާ މާނުއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އޭނާގެ އާއިލީ ބައެއް މީހުންނާ ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް ޖަމާކޮށްފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
23 January 2024
ތިގޮތަށް މިފްކޯއިން ބޭރުކުރާ ރޯމަހުގެ ޝިޕްމަންޓްތަކުން ބޮޑުބަޔެއް ރިޖެކްޓްކަމަށް ހަދައިގެން ނާޖާއިޒް ފައިދާނެގި މީސްމީހުންގެ މައްސަލަތައްވެސް ބަލައި ދައުވާކޮށްބަލާށެވެ. ދައުލަތުގެ ކުންފުނިތައް ބަނގްރޫޓްވާން މެދުވެރިވަނީ އެތަންތަނުން ލީކްވާ މިންވަރުގެ ބޮޑުކަމުންނެވެ. ސަރުކާރުން ބްރިޖްތަކާއި އަންޑަރވޯޓަރ ޓަނަލްތައް އަޅަން ބޭނުންވާނަމަ އިތުރު އާމްދަނީއެއް ނުހޯދޭތާނގައި ފައިސާ އިސްރާފްވުން ހުއްޓުވައި ކޮރަޕްޝަންގެ މަގުން ލީކުވާބައި ހޯދާބަލާށެވެ.
މަހުވެއި
22 January 2024
ކީއެއްވެބާ ވަގެއް އެމްޑީއަކަށް ގެނައީ، ނޫނީ އެމްޑީއަކަށް ވީމާ ވަގަކަށް ނުވެ ނުހުރެވެނީތަ؟
ހެހެހި
22 January 2024
މިވަރު މީހަކު ސްކޫލް ދަރިވަރުންނަށް ކެޑެޓް ހަރަކާތުގެ އިންސްޓްރަކްޓަރ އަކަށް ވެގެން ކިޔަވައިދޭން ގޮސް އުޅުނީ.
ލުތުފީ
22 January 2024
އެންޓިކަރަޕްޝަން ވެރިއަކަށް ހުންނަވައިގެން ސްކޫލް ތަކަށް ގޮސް ނަޒާހަތް ތެރިކަން ކިޔަވާ ދެއްވާ ޓެލެޑްރާމާ ހެއްދެވުމަށްފަހު މެލޭޝިޔާއިން ފްލެޓެއްގަނެގެން ދެން ވީގޮތެއް ނޭގުނު އެއްކަލަނަޒާހަތް ތެރި ބޭފުޅާ ގެ ހަދާން ހުރި ބޭފުޅަކު އެބަހުރިތޯ؟
ފޮނިޓައްޕު ހަސަނު
22 January 2024
މިކަލޭގެ އެބަހުރި ރެނާޓަސް އިން 9 މިލިއަން ރުފިޔާގެެ ޕެންޓް ހައުސް އެއް ގަނެފަ.
ޢަލީ ބަލީ
22 January 2024
މިރާއްޖޭގަ އުލޭނީ ގިނައިން ތިކަހަލަ އިއްޒަތްތެރިވަގުން ކުރީގަ ނައިބުރައީސަކުވެސް 100 މިލިއަން ޑޮލަރު ( މިހާރު ބާޒާރު ރޭޓުން ) 1800 ސަތޭކަ މިލިއަން ރުފިޔާ ވަގައް ނެގިޔޭ ކިޔާ މަސްއަލަ ސަރިއަތުން ނިމުނުއިރު 20 އަހަރުގެ ޖަލުހުކުމަކާ 2 މިލިއަން ރުފިޔާ ދައްކަންޖެހުނީ އެރުފިޔާ ކޮޅުވެސް ދެއްކިކަމެއްނޭގެ ދެތިން އަހަރެއްގެ ތެރޭ ހެދިނެހެދި އެއްވެސް ނޭގި އެހެރީ އަފޫއާމެއްގެ ތެރޭން ސަލާމަތުން ޖަލުން ނުކުމެ ރާއްޖެ ދޫކޮށް ބަޗާފަ !
އަހުމަދޭ
22 January 2024
ނުވާނެ ސާބިތެއް. ހަމަ ޔަގީން.
މިސްޓރ ޓިނޭ
22 January 2024
އޭސީސީން ބުނީ މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ އެމްޑީކަމުގެ މަގާމުގައި މާނު ހުންނެވި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މާނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38ރ. ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަށެވެ. މަދުވާނެ
ޙިޔާލީވާހަކަ
22 January 2024
ބޭރު ކުންފުންޗައް ފައިދާ، ބޮޑު އަގުގާ ގޭސްވިއްކާލާފަ ލާރިގަޑެއް ލިބިއްޖެ. މާނުއައްވެސް ފައިދާ 3 މިލިޔަނަ ލިބިއްޖެ. މޯލްޑިވްގޭސްއައް ހުރިހާ ގެއްލުމެ. މުއްސަންދިވެވޭނީ މިކަހަލަ އެއްޗެއް ހަދައިގެން
ސަލާމްް
23 January 2024
ކޮބާ ދިވެހިރައްޔިތުންނަށް ވި ގެއްލުން
ސައިޚް
22 January 2024
މިރާއްޖޭގަ އަދި ނެތް ދައުލަތުން ގެއްލުނު 1 ލޯ ލާރިއެއްވެސް އަނބުރާ ހޯދިފަކަ، އޭގެބަދަލުގަ ގެއްލުނު ފައިސާ ހޯދާނަމުގަ ބިލިއަނުން ޚަރަދުކޮއްފަ، މިކަންވެސް ސަބިތުވުމާ، ފައިސާހޯދޭނެކަމާމެދު ސައްކު.؟
އިލި
22 January 2024
މަހިބަދޫ ދާއިރާގެ މެންބަރ އެންމެ 5 އަހަރުން މުއްސަދިވީގޮތް އޭސީސީން ބަލާދީބަލަ އަހަރެންގެ އެދުމައް . މަޖުލީހައްދިޔައީ ހުސްއަތާ މިހާރު އދ. އަތޮޅުހުރި އެންމެ ބޮޑުމަހުޖަނު