ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްގައި އެ ކޯލިޝަންގެ ލީޑަރުން: މި އަހަރުގެ ބަޖެޓުން އެ ދެ ޕާޓީއަށް 18 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
22 ޖެނުއަރީ 2024 - 14:19
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ގޮތުގައި މި އަހަރު 44 މިލިއަން ރުފިޔާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10،000 މެމްބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައި ވަނީ 44،099،905ރ. ކަމަށެވެ.
އެ ފައިސާ ޕާޓީތަކަށް ބަހާނެ ގޮތުގެ ތަފުސީލު ވެސް އީސީން މިއަދު ވަނީ އާންމުކޮށްފަ އެވެ.
މި އަހަރު އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބެނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށެވެ. އެއީ 36،223 މެމްބަރުން ތިބި ޕީޕީއެމް އަށް ލިބޭ 10.5 މިލިއަން ރުފިޔާ އާއި 28،201 މެމްބަރުން ތިބި ޕީއެންސީ އަށް ލިބޭ 8.1 މިލިއަން ރުފިޔާއާ އެކު ޖުމްލަ 18 މިލިއަން ރުފިޔާ އެވެ.
އެއް ޕާޓީއަކަށް އެންމެ ގިނައިން ފައިސާ ލިބޭ ޕާޓީއަކީ މިހާރު މެމްބަރުން އެންމެ ގިނަ އެމްޑީޕީ އެވެ. އެ ޕާޓީއަށް 15.1 މިލިއަން ރުފިޔާ ލިބެ އެވެ. އެ ޕާޓީގައި 52،142 މެމްބަރުން އެބަ ތިއްބެވެ.
• އެމްޑީޕީ - 15.1 މިލިއަން ރުފިޔާ
• އަދާލަތު ޕާޓީ - 2.5 މިލިއަން ރުފިޔާ
• ޖުމްހޫރީ ޕާޓީ - 5.3 މިލިއަން ރުފިޔާ
• ޕީޕީއެމް - 10.5 މިލިއަން ރުފިޔާ
• އެމްޑީއޭ - 2.5 މިލިއަން ރުފިޔާ
• ޕީއެންސީ - 8.1 މިލިއަން ރުފިޔާ
2024 ވަނަ އަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާ ބެހިފައިވާގޮތުގެ ތަފްސީލް pic.twitter.com/WShPXLaJEq
— Elections Commission (@ElectionsMv) January 22, 2024
އެ ފައިސާ ދޫކުރަން ފަށާނެ ދުވަހެއް އަދި އީސީން ނުބުނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
24 January 2024
ތިޔަބުނާ ޤާނޫނުން ތިޔަމާއްދާ އުނިކުރޭ. ތިއަށްވުރެ މާތާހިރުވާނެ ކޮންމެ ދިވެހި ރައްޔިތަކަށް އެމީހަކު ބޭނުންނަމަ ތިޔަ ފައިސާއިން ބޮލަކަށް ޖެހޭބައި ދޭން.
ީސިސޔސޖޖސކަ
23 January 2024
އަދާލަތު ޕާޓީ އުވާލާ
ޤާނޫނު އުވާލަ
22 January 2024
ރައްޔިތުނެގެ ފައިސާ ތިކަމަށް ޚަރަދު ކުރާކަށް ނުޖެހޭނެ. ތިޔައީ ފޭރުމެއް. އަހަރެން ޕާޓީގަ ނޫޅެން . ޓެކްސް ފައިސާދެން. ދިވެހިދައުލަތަށާ ރައްޔިތުންމަށް ފައިދާ ކުރާނެ ކަންކަމަށް ޚަރަދުކޮށްދީ. ޕާޓީ ހިންގަން އެމީހުން އަމިއްލައަށް ފައިސާ ހޯދައިގެން ޚަރަދުކުރޭ.
އައިސާ މަނިކެ.
22 January 2024
އެއްވެސް ކުއްޖަކު ބީރައްޓެހި މީހަކު ދާއިރާގެ މަޖިލިސް ގޮނޑީގައި ބައިދަން ވޯޓު ނުދޭތި. އެންމެންގެ ވޯޓު ވެސް ދާއިރާގައި ރަޖިސްޓްރީއޮތް ދާއިރާގެ ރަށްވެއްސަކަށް ދެމާ.
ފޭކްއަދަދު
22 January 2024
އިންތިޚާބުގެ ފުރަތަމަ ބުރުން ފެނިގެން ދިއައީ ތިމާ ސޮއިކޮށްގެން ހުރި ޕާޓީން ނިކުތް މީހާއަށްވެސް ވޯޓް ނުލީތަން. ދެން ކިހިނެތް ތި އަދަދުތައް ސައްހަވާނީ؟ ރަސްމީކޮށް ފެންނަން އޮތް އަދަދަކަށް ބަލާފަ ފައިސާ ދިނަސް ހަގީގަތުގަ ޕާޓީއެއް ނުހިންގޭކަން އެ އެނގެނީ ޕާޓީން ނިކުންނަ މީހަކަށް އެ ޕާޓީގެ މެމްބަރުންގެ ވޯޓްވެސް ނުލިބުނީމަ. އިންތިޚާބުގަ ލާ ވޯޓަކީ ޕާޓީތަކުގެ އަސްލު ހާލަތު އަންގައިދޭ އެއްޗެއް.
ސޮނިކް
22 January 2024
އޮޅުވާލިޔަސް ތީ ބޮޑުވަރު. ނޫސްވެރިން ނޭކިޔައިގެން އުފައްދާ ބޮޑެތި ޗަރުކޭސް މިހުންނަނީ. ޕީޕީއެމް އަދި ޕީއެންސީ އަކީ ވަކި ދެ ސިޔާސީ ޕާTީއޭ. ދަފުތަރުގަ ރަޖިސްޓަރ ކޮށްފައޮތީ ދެ މެނޭޖުމެންޓެއްގަ ދެޕާޓީއޭ އޮޅުވާނުލާ ލިޔެބަލަ. fަސްޕާޓީގެ ފައިސާގެ އަދަދު އެއްކޮށްލިނަމަ އަދި ބޮޑުވާނެ
محمد بن عبدالله
22 January 2024
ލޮނުލައިގެން ކީއްކުރަން ހަކުރުލައިގެން ނުކެޔަސް ވަރިހަމަ, 10000 ތިބީމަ އީސީ ން އެ ދެނީ.
ޢަލީ ބަލީ
22 January 2024
ޕީއެންސީ އަށް ގިނައިންވަދެފަ ތިބީ ކުރިން އެމްޑީޕީގަ ތިބި މީހުން. އެކަމަކު އެމްޑީޕީ އަކުން އެންމެމީހެއްވެސް މަދެއްނުވޭ މީ ޢަޖާއިބެއްނު
ސީޒަން ޖެކްޝަން
22 January 2024
ދެން މެންބަރުން ގަތީ ކޮންލާރިއަކުން؟
ބާބް
22 January 2024
ޢަދާލަތުގައި 10 ހާސް ނުތިބޭނެޔޭ. ތިކުރަނީ ވައްކަމޭ. ޜައްޔަތުންގެ ޚަޒާނާ ތިލޫޓުވަނީއޭ. މީހުންގެ އަދަދު ބަލަން ކޮންމެވެސް އެހެން ކަމެއް ކިރާށޭ. ޢަދާލަތުގައި 10 ހާސް ތިބިނަމަ މަ ލޮނުލައިގެން ބަތް ނުކާނަމޭ