ހއ. ހަނިމާދޫ އެއާޕޯޓު: ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު އެ އެއާޕޯޓުން ވަނީ ހައްޔަރުކޮށްފައި.
22 ޖެނުއަރީ 2024 - 14:32
ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް އެއާޕޯޓްތަކުން ވަނީ މިފަދަ މައްސަލަތަކުގައި މީހުން ހިފަހައްޓައި ތަހުގީގުކޮށްފަ އެވެ. އެކަމަކު މީގެ މައްސަލައެއްގައި މިހާތަނަށް މީހަކަށް ދައުވާކުރި ކަމެއް އެނގިފައެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަލިމޯޑު
24 January 2024
ދިވެއްސެއްވީމަ މުއްދަތު ޖެހީ. ކޮބާ ވީއައިއޭ ގަ ހަމަ ތިޔަ ކަހަލަ މައްސަލަ އެއްގަ ހިފެހެއްޓި މީހާ އަނެއް ދުވަހު ފުރުވާލީ
ހެހެހިހު
22 January 2024
އުތުރުގެ މީހުން، ހާއްސަކޮށް ތލދނމތ މީހުންނަކީ މަޖާ ވެގެން ތިޔަކަހަލަ ވިހަ ސަމާސާ ކުރާ ބަޔެކެވެ. ތަންދޮރު ނޭނގެނީ ތޯއްޗެވެ.
ފަހުދު.
22 January 2024
އޮތީ ބޮމެއް. ބޮލެއް ނެތް
އޮނަރަބްލް އަފީފު ދީދީ
22 January 2024
ތިއީ ވަރަށް ވިޔާނުދާކަމެއް. ރުޅިގަދަވިޔަސް ދައްކާން ނުޖެހޭ ޒާތުގެ ވާހަކަ ދައްކައިގެން ނުވާނެ. އެކަމަކު ތަކުރާރުކޮށް ތިކަންހިގާކަމަށްވާނަމަ ތިއީ ކޮންމެވެސް އެހެންކަމެއްގެ ސަބަބުން (މިސާލަކަށް ތާއަބަދު ޑިލޭވަމުންދާ މޯލްޑިވިއަންގެ މުވައްޒިފުން ނުވަތަ އެއަރޕޯޓް އެވިއޭޝަން ސިކިއުރިޓީންނަށް ތިބޭމީހުން ޕެސެންޖަރުންނާއި ޖަދަލު ކުރުމުގެ ސަބަބުން) ދިމާވަމުންދާ ކަމެއްކަމަށްވެދާނެ. ސަޅި ޔޫނިފޯމްގައި ތިއްބަސް ގިނަ ސްޓާފުންނަކީ ވަރަށް ރުންކުރު ޖަވާބުދޭ ބައެއް.
އަލީ ސާލިހް
22 January 2024
މަގޭވެސް ހިތައް އެރީ ދީދީ ތިބުނި ގޮތަށް
ބޮން
22 January 2024
އައި ގެސް އައި ހޭވް ޓު އެވޮއިޑް އެއަރޕޯޓްސް ކޯސް އައި ލޮކް ބޮމްބް.