ކުޅިވަރު / އެފްއޭއެމް އިލެކްޝަން

ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި

އެފްއޭއެމް އިންތިހާބުގައި ވާދަ ކުރަން ކެންޑިޑެސީ ހުށަހެޅި ދުވަހު ތޯރިގު، މައްސަލަ ފީފާ އަށް ދިޔައީ އޭނާގެ ކެންޑިޑެސީ ބާތިލުކުރި ހިސާބުން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

22 ޖެނުއަރީ 2024 - 17:02

14 comments

މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ތާވަލްކުރި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ އިންތިހާބުގެ ކަންކަން ހުއްޓާލަން ފީފާ އަދި އޭއެފްސީ އިން އެފްއޭއެމަށް އަންގައިފި އެވެ.

ކްލަބް ވެލެންސިއާގެ ތާއީދު ސިޓީތަކާ ގުޅިގެން އެފްއޭއެމްގެ އިންތިހާބުގެ ކަންކަން ގަޑުބަޑު ވެފައި ވާއިރު، އިންތިހާބުގައި ވާދަކުރާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގެ ކެންޑިޑެސީ ވަނީ ބާތިލް ވެފަ އެވެ.

ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރި މައްސަލައިގައި އޭނާ އެޕީލް ކޮށްފައި ވެ އެވެ. ނަމަވެސް އެފްއޭއެމްގައި އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން އެ މައްސަލައަށް އޮތީ ގޮތެއް ނުނިންމިފަ އެވެ.

އެހެންވެ، އެފްއޭއެމުން ފީފާ އާއި އޭއެފްސީގެ ލަފަޔަކަށް އެދުނީ އެވެ. އޭގެ ޖަވާބުގައި ފީފާ/ އޭއެފްސީ އިން ވަނީ އެފްއޭއެމްގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް އެޑްރެސްކޮށް ޖަވާބެއް ފޮނުވައިފަ އެވެ.

ފީފާ އާއި އޭއެފްސީން އެފްއޭއެމަށް ދިން ލަފާ:

• އެފްއޭއެމްގެ އިންތިހާބީ ކަންކަން ސައްހަ ނޫން ކަމާއި އިންތިހާބުގެ ކަންކަން ހުއްޓާލުން.

• އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލް ކޮމިޓީއަށް މެމްބަރުން އަލުން އިންތިހާބުކުރަން ކޮންގްރެސްއެއް ބޭއްވުން.

• އިލެކްޓޯރަލް ކޮމިޓީ އާއި އެޕީލް ކޮމިޓީއަށް މެމްބަރުން އައްޔަނު ކުރުމުގައި އެފްއޭއެމްގެ އިލެކްޓޯރަލް ކޯޑުގައި ވާ ގޮތުގެ މަތިން އަމަލު ކުރުން.

• އިންތިހާބުގެ ކަންކަން އަލުން ފަށައިގެން، އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީއެއް އިންތިހާބު ކުރުން.

ފީފާ އާއި އޭއެފްސީން ވަނީ އެފްއޭއެމް އިންތިހާބުގެ ކަންކަން ގާތުން ބަލަމުން ގެންދާނެ ކަމަށް ވެސް އެ އެސޯސިއޭޝަނަށް އަންގައިފަ އެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސަކީ ބައްސާމް އަދީލް ޖަލީލެވެ. ފީފާ އާއި އޭއެފްސީ އިން އެފްއޭއެމަށް ދޭ އެހީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާކަމުގެ ތުހުމަތުގައި ބައްސާމުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ބައްސާމް ވަނީ މި އިންތިހާބުގައި، ތިންވަނަ ދައުރަކަށް ކުރިމަތި ނުލާން ނިންމައިފަ އެވެ. ތޯރިގުގެ އިތުރުން އިންތިހާބުގައި ވާދަ ކުރަނީ ބައްސާމްގެ އެކްސްކޯގައި ހިމެނޭ މުފާވިޒް ހާޝިމް (މުފާ) އެވެ.

14 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 0%
icon angry icon angry 19%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަވީދު ބައްސާމު

23 January 2024

މޭން އެކޭ ޓޮމް މީ

The name is already taken The name is available. Register?

ޕޮޓޭ

22 January 2024

އޭރުވެސް އަހަރެން ބުނީމެންނު ސަރުކާރު ބަލި ނުކުރެވޭނެ ޔޭ ! ދެން ކުލަބް ތަކަށް ވިސްނެން ވެއްޖޭނު! ކަމެއް ކޮއްދިނަސް ކޮއްދޭނީ އޭރެއްގަ އޮންނަ ސަރުކާރަކާ ވާހަކަ ދައްކައިގެން ހަމަ ޖެހޭ އުސޫލެއްގެ ތެރޭން.. ކިންގު ހެދިގެން ސައިކަލު ތަކަށް އަރިގެން ރަށު ތެރޭ ބާރު ބާރަށް ދުއްވިޔަސް ވާނެ ކަމެއް ނޯނާނެ!

The name is already taken The name is available. Register?

ނިއްތޭ

22 January 2024

ސައިޒައް ކަނޑާލީ. ހަހަހަހާ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 January 2024

ދައުލަތް ދަރަނިކޮށް ނަގާ ލޯނު ފައިސާ އަޅައިގެން ހިއްކާ ކ.އަތޮޅު ކަނޑު ފަޅު ތަކަށާއި ދައުލަތުން އަޅާ ސޯޝަލް ހައުސިންގ ފްލެޓްސް ތަކަށް ޤަބީލާ ވަންތަ ގޮތަކަށް ވެެރިވެގަނެ އެކަން ބެލޭނެ ގޮތެއް ނެތް ކަމުގައިވިޔަސް FIFA އާއި އޭއެފްސީގެ މެންބަރެއްގެ ގޮތުގައި އޮވެގެން ރޭސިސްޓް އަމަލުތައް ހިންގާ އެފަދަ ކަންކަމަށް ހިއްވަރު ދޭނަމަ އެކަން ހުއްޓުވާން ކުރެވޭނެ އެތައް ކަމެއް އެބަހުރި. އިސްލާޙީ ބަދަލަށް ނުރުހޭނަމަ ދެން އޮތީ އެގޮތް. މިކަން ބަދަލު ކުރާންޖެހޭ.

The name is already taken The name is available. Register?

ދިވެހިންގެރާއްޖެ

22 January 2024

ބައްސާމުއަށް ފީފާގެ ބާރުވެސް ގެއްލިއްޖެ. އަލްހަމްދުލިﷲ. ޓޮމްއަށް ހައްގުގެ މަގުގައި ސާބިތުކަން ދެއްވާށި.

The name is already taken The name is available. Register?

ެްޝެއިޚާ ހަސީނާ

22 January 2024

ބަޅެއްގެ ނަގޫ ސަންފާއޮނަކަށް ލިޔަސް އޮންނާނީ ބަޅަށެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 January 2024

ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި އެސޯސިއޭޝަނެއް ޤާއިމްކޮށް މިދެންނެވި 3 ރީޖަންގެ އެސޯސިއޭޝަނާއި ގަދަ ކްލަބްތައް ޙިއްސާވާ National Football Federation ހަދައި ކ.އަތޮޅު މާލޭމީހުން ފްޓުބޯލް ޙިސޯރުކޮށްފައިއޮތް އޮތުމަށް ނިމުންގެނެސް "ހަމަހަމަ ކަމާއިއެކު ވާދަކުރަން ފުރުސަތުނުދޭނަމަ" ކައުންސިލްތަކުން FA އާއިމެދު ފިޔަވަޅުއަޅާންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

22 January 2024

މައްސަލައިގެ ތެރެއަށް ރާއްޖޭގެ އެހެން ރަށްރަށުގެ ފުޓްބޯޅަ ކުލަބުތަކާއި ސިޓީތަކާއި ރަށު ކައުންސިލްތަކުން ވަންނާންޖެހޭ. ފީފާއާއި އޭއެފްސީގެ ބައިވެރިވުން އޮތްކަމަށްވިޔަސް ވަކިރަށެއްގެ ކަންމަތީ ޤްރޫޕްތަކަށް ހަމައެކަނި ފުރުސަތު އޮންނަގޮތަށް ޤައުމީ މުބާރާތާއި އެފްއޭކަޕް ބާއްވަން ރުހިގެން ތިބޭކަށް ނުޖެހޭނެ. # މުޤައްދަސް ރަށްކޮޅުގެ ޓީމްތަކަށް އެކަނި ވޯޓްދެވޭނަމަ އެހެންރަށްރަށުގައި އެފްއޭގެ ޙަރަކާތް ނުހިންގޭނެކަމަށް އެރަށްތަކުން އެފްއޭއަށް އަންގާންޖެހޭ.

The name is already taken The name is available. Register?

ނުވި ސިޓީ މޭޔަރު.

22 January 2024

ދީދީގެ ވާހަކަ ހަވަރު ތިނަދޫން ޤަބޫލުކޮށް ތިގޮތަށް އަމަލު ކުރާނެ ވާހަކަ ދަންނަވަން. އެފްއޭއެމް އަކީ މާލޭ ފުޓްބޯޅަ އެސޯސިއޭޝަން. މޯލްޑިވްސް އެއްނޫން.

The name is already taken The name is available. Register?

ޢިހްސާސް

24 January 2024

އަފީފުބެ ނިކަން މަޤާމަކަށް ކުރިމަތިލާންވީނު.

The name is already taken The name is available. Register?

އޮނަރަބަލް އަފީފު ދީދީ އަށް

24 January 2024

މިހާ ތިއޮއްގެން ޙަސަދައިން ރޯވެ އަނދާ ހުލިވަނީއެވެ! އެހެންނޫންނަމަ ފުނަ އޮށެއްގެ ވާހަކަ ދެއްކިޔަސް މާލެ އޭ ކިޔާފައި އެތިވަރެއް ނުގޮވީހެވެ! މާލެ، ހުމާލެ އަދި ވިލނގިލީ ތޮއްޖެހިފައި ވަނީ ރަށްރަށުން ހިޖުރަ ކޮށްފައިވާ މީހުންކަން ޤަބޫލު ކުރީހެވެ! މާލޭގައި ގިނައީ ރާއްޖެތެރޭ މީހުންކަން ޤަބޫލު ކުރީހެވެ! ގިނަ މީހުން ތިބޭ ތަނަކަށް ގިނަ ޚިދުމަތް ދޭންޖެހޭނެ ކަން ވެސް ޤަބޫލު ކުރީހެވެ!

The name is already taken The name is available. Register?

ބައްސާމު، ސަވީދު ދިވެހި ފުޓްބޯޅައިގެ ހަލާކު

22 January 2024

الحمد لله الله أكبر

The name is already taken The name is available. Register?

ސާބަސް ދަރިފުޅު

22 January 2024

ޓޮމްއަށް އަކީ މޮޅުމީހެއްކަމަށް ބަލައިގެންފިން. މަހްލޫފް ވިކުނީ، ޓޮމް އަކީ ބުއްދިވެރިއެއް މޮޅު ފޯވާޑެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454