ހުޅުމާލޭ ފޭސް އެކެއްގައި ޕްރީ ސްކޫލެއް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެޗްޑީސީ
22 ޖެނުއަރީ 2024 - 20:38
ހުޅުމާލެ ފޭސް އެކެއްގައި ސްކޫލެއް ތަރައްގީކުރަން އެޗްޑީސީން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ހިއްސާ ކުރިން އޮތް އަދި މިހާރު އެ ހިއްސާ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމްއަށް ބަދަލުކޮށްފައިވާ މަދީނާ އިންވެސްޓްމެންޓާ އެކު އެޗްޑީސީން މިދިޔަ އަހަރުގެ މެއި މަހު ވަނީ މި މަސައްކަތުގެ ފްރޭމްވޯކް އެގްރިމެންޓުގައި ސޮއިކޮށްފަ އެވެ.
އެޗްޑީސީން ބުނީ މި ޕްރޮޖެކްޓުގެ ދަށުން، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއާ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީކުރާނެ ކަމަށެވެ. އެޗްޑީސީން ބުނި ގޮތުގައި މިސްކިތް ތަރައްގީކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށެވެ.
We are pleased to announce the formal agreement signing with Al-Madheena Investments Private Limited for the development and operation of an educational institution and a mosque in Hulhumalé. #supportingcommunities #hdcmaldives pic.twitter.com/ivcd9JNMDM
— Housing Development Corporation (@hdcmaldives) January 22, 2024
"މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދެވޭނެ. އަދި އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްގީ ކުރެވިގެންދާނެ،" އެޗްޑީސީން ބުންޏެވެ.
މާލޭގައި "ކޮއްކޮމެންގެ ޕްރީ ސްކޫލް" ވެސް ހިންގާ މަދީނާ އިންވެސްޓްމަންޓުން ހަދާ މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް މި ސްކޫލުން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހޮޑް
23 January 2024
" އަދި އަލް މަދީނާ އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހްސަން އެވެ." މީހަކު އަޅެ ހައިރާންވެ އަންތަރީސް ނުވާނޭތަ؟ މިއީ ކޮރަޕްޝަން ނޫން ކޯޗެއް؟
ޖީބު
23 January 2024
ޖީބަށް ފައިސާ ވައްދަން ތަންތަން ހެދުން ހުއްޓާލާފައި ގައުމަށްޓަކައި ތަންތަން ހަދަންވީ. ހުޅުމާލޭގައި ތި ތަނުގައި ހަދަންވީ މެޑިކަލް ކޮލެޖެއް. މެޑިކަލް ކޮލެޖެއް ހަދާފައި މެދުއިރުމަތީގެ ގައުމުތަކަށް ހުޅުވާލަންވީ. އޭރުން ރާއްޖެއަށް ކިޔަވަން އަންނާނެ ދަރިވަރުން ބޯކޮށް ލިބޭނެ.
އުނބުށޭމު
23 January 2024
ފުޑް ސެކިއުރިޓީއޭ ކިޔައިގެން ދެކޮޅުނުޖެހޭ ވާހަކަތަކެއް ދައްކާފައި ދެތިން ސަތޭކަ އަކަފޫޓްގެ ގޮޅިކޮޅެއް ހަދާފައި ތިޔަތާނގައި ތިބި ބަޔަކު ބޭނުންވާ ވަކި ބަޔަކަށް ހާމަކަންބޮޑު ގުރުއަތެއްލީކަމަށް ރައްޔިތުންނަށް ދައްކައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާފައި އޮޅުވާލުމުގެ ތެރެއިން ދީގެން ހުޅުމާލޭގެ އަގުބޮޑު ބިންތައް ނަގާލުމުގެ ބަދަލުގައި ތިޔަބުނާ ފަދަ ތަންތަން އެތަންތާނގައި އަޅާފައި ވަގުތީ މިސްކިތް ހުރިތާނގައި ދާއިމީ ބޮޑުމިސްކިތެއް އަޅާބަލާށެވެ.
އުނބުށޭމު
23 January 2024
ކުރީގެ އާބަންކޯ މިހާރު އެޗްޑީސީ. އިން ފްލެޓް 108 -112 ސަރަހައްދު ތަރައްގީކުރާށޭ ކިޔައިގެން ފެށި މަސައްކަތަށް އަހަރެއް ފުރޭއިރު އެހިސާބުގަނޑުގެ މީހުންނަށް ވަމުންދާ އުނދަގޫތައް އިޙްސާސްކުރެވޭބާ. އަމިއްލައަށް ނުވާވަރުން ކަންކަން ނުފަށާތިބިނަމަ ބަޔަކަށް އުނދަގުލެއް ނުވީހެވެ. ދެންވެސް އަމިއްލައަށް ނުވަންޏާ ތިގޮތަށް ބަޔަކާ ހަވާލުކޮށްގެންވެސް ފަށާފައިވާ މަސައްކަތް ނިންމަން އުޅެބަލާށެވެ.
ސްޓޭޓް މިނިސްޓަރ ފޯރ ކޮމެންޓްސް އެފެޔާރޒް
23 January 2024
ޤަޢުމެންގެ ހަރުމުދާ ނަހަމަ ގޮތްގޮތުން ލިބިގަތުމެކީވެސް ރިވެތި ކަންކަމުގެ ތެރެއިން ފެންނަށް ފެށީއެވެ. ވަށަފަރު ސަރުކާރަށް ސާބަސް ނޫން ބަހެއް ނުބުނާނަމެވެ. އެއީ ކޮމެންޓު ކުއްވެރި ވެދާނެ ތީއެވެ.
އަބްޑޫޅް +
23 January 2024
މިހާރު ދެން ފުދޭވަރަކަށް މިސްކިތަ އެބަހުރި ނުން؟
ޢައްޓި
22 January 2024
މިއަށްކިޔަނީ ކަރަޕްސަން ނޫންތޯ ސަހީމުގެ ކުންފުންޏައް މިވެސް
އަލިފް ހ
22 January 2024
ރެހެންދި ސްކޫލު އެތަނުގައި ހުއްޓާ މި ސްކޫލު އެހާ ކައިރީގައި ހެދުމުގެ ބޭނުމެއް ކޮބަ؟ ޣާޒީ ސްކޫލަކީވެސް ރެހެންދި ސްކޫލާއި ދުރުގައި ހުރި ތަނެއް ނޫން! އެދެމެގައި، ރެހެންދި ސްކޫލާ 200 ފޫޓުގެ ދުރު މިނެއްގައި އެހެން ސްކޫލެއް ހެދުމަކީ ހަމަޖެހޭ ކަމެއް ނޫން!
ނޯބިޑްކޮރާ
22 January 2024
ކަޓުލާފައޮތީ ބިޑަކާނުލާދިނީމަ
ވައްހާބު
22 January 2024
މިސްކިތްތަކުގަ ސްކޫލު ހިންގަންވީނު، ދެން ނަމާދުވަގުތުގަ ނަމާދު ކޮށްފަ، އެހެން ވަގުތުގަ ކިޔަވާނީ... ވަރަށް ބޮޑަށް ބިމުގެ ދަތިކަން ހައްލުވާނެ އެއިރުން.
ކިލޯ
22 January 2024
ރަގަޅީ ސްކޫލްގަ މިސްކި ހިންގިއްޔާ. އޭރުން ނަމާދު ވަގުތައް ކިޔެވުން މެދުކަޑާލާފަ ނަމާދު ކޮއްލެވޭނެ.
އިބްނުވައްހާބު
22 January 2024
ކެލޭ ތިޔަކުރީ މަލާމާތެއް. އެކަމަކު ބުނަން ތި ގޮތަށްވެސް ކުރެވިދާނެ. މިސްކިތްތަކުގައި ޢިލްމު އުގެނޭކަށް ނެތް ހުރަހެއް.