އެމެރިކާ/ކެނެޑާގެ މަޝްހޫރު އެކްޓްރެސް، ސޯފިއާ ވަގޭރާ އާއި އެމެރިކާގެ އެކްޓަރު، ޖޯ މަންގަނިއެލޯ.
24 ޖެނުއަރީ 2024 - 06:26
އެމެރިކާގެ އެކްޓަރު، ޖޯ މަންގަނިއެލޯ ކައިރިން ވަރިވާން ޖެހުނީ އުމުރުން ދުވަސްވުމުން ކުއްޖަކު ބޭނުން ނުވާތީ ކަމަށް އޭނާގެ ކުރީގެ އަނބިމީހާ އަދި އެމެރިކާ/ކެނެޑާގެ މަޝްހޫރު އެކްޓްރެސް، ސޯފިއާ ވަގޭރާ ބުނެފި އެވެ.
ސޯފިއާގެ އާ ފިލްމު "ގްރިސެލްޑާ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ވާހަކަދައްކަމުން އޭނާ ބުނީ "މުސްކުޅި މަންމަ" އަކަށް ވާން އޭނާ ބޭނުން ނުވާ ކަމަށެވެ. އެއީ ލިބޭ ކުއްޖާއަށް ވެސް އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް 51 އަހަރުގެ ސޯފިއާ ބުންޏެވެ.
"އަހަރެންގެ ދެވަނަ ކައިވެނި ރޫޅުނުތާ އަދި މާ ގިނަ ދުވަހެއް ނުވޭ. އެ ކައިވެންޏަށް 10 އަހަރު ވި. އެ ކައިވެނި ރޫޅުނީ އަހަރެން މި އުމުރުގައި ކުއްޖަކު ބޭނުން ނުވާތީ. އެކަމަކު އޭނާ [ޖޯ] އަކީ އަދި ޒުވާނެއް. އޭނާ ކުދިން ބޭނުންވޭ،" ސޯފިއާ ބުންޏެވެ.
ޖޯގެ އުމުރުން އަދި 47 އަހަރެވެ.
ސޯފިއާގެ ފުރަތަމަ ކައިވެންޏަށް ފިރިހެން ކުއްޖަކު ހުރެ އެވެ. އޭނާގެ އުމުރުން މިހާރު 32 އަހަރެވެ.
"އަހަންނަށް 19 އަހަރުގައި ކުއްޖަކު ލިބިއްޖެ. އެ ކުއްޖާއަށް މިހާރު 32 އަހަރު. އަހަރެން މިހާރު މި ހުރީ މާމައަކަށް ވާން ތައްޔާރަށް، އަނެއްކާވެސް މަންމައަކަށް ވާކަށް ނޫން،" ސޯފިއާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނީސް
24 January 2024
ތީ ފޭކް ވާހަކައެއް ، އަންހެނުންގެ ވައްތަރު ތީ!
ޢައްދޭ
24 January 2024
ސޯފީ އަދިހަމަ ރަނގަޅު. ޗަލޭގާ ކިޔާ ދޯޅޭގާ.
ކކެކެކ
24 January 2024
ޖޯގެ އުމުރުން އަދި 47 އަހަރެވެ. މިހެްން ލިޔެފައި އޮތީމާ ހީވަނީ އޭނައަކީ އަދިވެސް ޒުވާން އުމުރު ގުނަމުންދާ މީހެއް ހެން
އިއްޔެގެ
24 January 2024
އިއްޔެގެ ތިރީހަކީ މިއަދުގެ 50 އެހެންވެ 47 ޒުވާންވަނީ.