މަޖިލިސް ބޭރުގައި އެއްވެ މުޒާހަރާ ކުރަނީ: އީސަ ހައްޔަރުކުރަން ދަނީ ގޮވަމުން
28 ޖެނުއަރީ 2024 - 16:45
ރައްޔިތުންގެ މަޖިލިސް ތެރޭ މިއަދު ހިނގި މާރާމާރީއާ ގުޅިގެން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރުކުރަން ގޮވައި، މުޒާހަރާ ކުރަން ފަށައިފި އެވެ.
މަޖިލިސް ބޭރުގައި ސަރުކާރަށް ތާއިދުކުރާ މީހުން އެއްވެ އީސަ ހައްޔަރުކޮށް، ފިޔަވަޅު އެޅުމަށް ދަނީ ގޮވަމުންނެވެ. ސޯޝަލް މީޑިއާގައި ވެސް އީސައާ މެދު ފިޔަވަޅު އަޅަން ދަނީ ގޮވަމުންނެވެ.
މަޖިލިސް ތެެރޭގައި މިއަދު ހަމަނުޖެހުން ހިނގީ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭ ގޮތަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ ހުއްޓުވުމާ އެކު އެވެ.
އެންމެ ބޮޑު މާރާމާރީއެއް ހިނގީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލުމާ ގުޅިގެންނެވެ. ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެފަ އެވެ. އެކަން ހުއްޓުވުމަށް މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު މަސައްކަތް ކުރައްވާފައިވެ އެވެ.
ކެނދިކޮޅުދޫ ދާއިރާގެ މެމްބަރު މިއުޅެނީ ޝަހީމް މަރާލަންތަ؟ މިވަރު ކުރާ އިރުވެސް އެޅޭނެ ފިޔަވަޅެއް ނޯންނަނީ ޤާނޫނަށްވުރެ މަތީގަ މިމީހުންނަށް ތިބެވޭތީ؟ މުސާރަ އަދި 2 ލައްކަ އަށް ބޮޑުކޮށްލަންވީ. pic.twitter.com/M4NpyBqZ7t
— Firaash (@Phiraash) January 28, 2024
ނަމަވެސް، އޭގެ ފަހުން ވެސް މެންބަރު އީސާ އާއި ޝަހީމާ ދެމެދު ހަމަނުޖެހުން ހިނގި އެވެ. ޝަހީމަށް އަނިޔާވީ އީސަ، އޭނާގެ ގައިގާ ކަކޫ އަޅުވައި އިސްތަށިގަނޑުގައި ހިފާ ދަމައިގަތުމުންނެވެ. ޝަހީމްގެ ކަންފަތް ކައިރިއަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު އެ ހަމަނުޖެހުން ހުއްޓުވަން ބައެއް މެންބަރުން މަސައްކަތް ކޮށްފައިވެ އެވެ.
ޝަހީމް މިހާރު ވަނީ އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ. މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ތުހުމަތު ކުރެއްވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެންބަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަނީ
28 January 2024
އީސަ ހިފާފަހުރީތަންފެންނަނީ ޓައީގަ އިސްތަށިގަނޑަކުނޫން
ކެނދިކުޅުދޫ ދާއިރާ
28 January 2024
އީސަ ހައްޔަރުކުރޭ
ރަދީފްއޮފިޝަލް
28 January 2024
އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި ޒަރީރަށް ހަމަލާދިނީ އެމްޑީޕީ މެމްބަރުންނެވެ. ޝަރީފް މީ ހާދަ މަޖާ މެމްބަރެކޭ. އަދިވެސް މަދަދޫ ދާއިރާގެ ރައްޔިތުން ޝަރީފް ހޮވާނެ.
ރައްޔިތުމީހާ
28 January 2024
ރައްޔިތުންނަށް އެއްވެސް މަންފާއެއް ވާގޮތަކަށް އުޅޭބަޔެއްނޫން. ތައުލީމުގެ ކަމެއްނެތްތާގައި އެއްވެސް އަހުލާގެއް ވެސްނެތް ބަޔެއް. ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަނަގައިގެން ކީއްތަ މިކުރަނީ. މިފަހަރު އެއްކޮށް ބަދަލު ކުރަންވީ. އާމީހުން ނަށް ވޯޓު ލާންވީ
ސަިސ
28 January 2024
ރެސްލިން މަޖުލިސް
އިބްރ
28 January 2024
އީސަ ހައްޔަރު ކުރަންޖެހޭ ވަރުގެ ކަމެއް އަދި ނުފެނޭ.
އަފްރާސިޔާބު
28 January 2024
އެއީ އީސަ ގައިގާ ހިފާ ވައްޓާލީމާތަ؟ އެހެންވީމާ އެކަން ކުރިމީހާތާ ހައްޔަރު ކުރަންވެސް ޖެހޭނީ. ބަނޑު މުސާރަ އަށް ބައްދައިގެން އީސަ ވައްޓައެއްނުލެވޭނެ.
އެދުރު1
28 January 2024
ތި ތިޕާޓިގެ ކުރީގެ ލީޑަރު ދަސްކޮށްދިން ފިލާވަޅު . މާލެތެރެއިން ތަޅާނެ ކުދިން ހޯދައިގެން ސަލާމަތީ ބާރުތަކާ ތަޅާފަ
އަފީފު ހ އ ދިއްދޫ
28 January 2024
ކަމާއި ގުޅުމެއް ނެތް މީހުންގެ ބޮލުގައި ފިލާތިބެ ތުހުމަތު އަޅުވާނީ ގިނަފަހަރަށް ރަޑުވައްތަރު ބޯދާ ހިޔާލުގެ އަމިއްލަ އެދުމުން ފޯވެ ތަތްތެޅިފައި ތިބޭ ގަބު ވިސްނުންކޮށި މީހުން
ޑީދް
28 January 2024
“އަޅުގަނޑުގެ ބައްޕަ އަނިޔާއެއް ނުކުރާނެ”.
ޑރ ދިވެހިބަސް
28 January 2024
ޕީއެންސީ މެންބަރުން ރައިވަރާ ޅެންން ހަރުއަޑުން ކިޔަމުން ނިދާބަލަ، އޭރުން ތިއުޅުން އިސްލާހުވެދާނެ ތޯއްޗެ ،
އެގޮލާގެކޮއްކޮ
28 January 2024
އެގޮލާ ބަސްއަހައިގެން މަޑުމަޑުން އިންދާތަ ތަންތަން ފެޅުނީ؟ ބަޔަކަށް އެއްޗެއް ހަޖަމު ނުވިޔަސް މީދެން ބޮޑުވަރު! ރައްޔިތުންގެ ލާރި ކައިގެން މަޖިލީސް ތެރޭ ފައިޓް ކްލަބް! ?♂️
ޓެރޭސް
28 January 2024
އެގޮލާއަކީ އީސަދޯ؟