މަޖިލީހުގެ މިއަދު ޖަލްސާ ފެށުމަށް ބައެއް މެންބަރުން ހުރަސް އަޅަނީ: މިރެއަށް ވަނީ ޖަލްސާއެއް ތާވަލުކޮށްފައި
28 ޖެނުއަރީ 2024 - 18:43
ސަރުކާރުގެ މިނިސްޓަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް މިރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާ އިން ބުނި ގޮތުގައި ޖަލްސާ ފަށާނީ މިރޭ 8:00 ގަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު ފުރަތަމަ ތާވަލުކުރީ މެންދުރުފަހު 1:30 އަށެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރުގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތުގެ ގޮނޑީގައި ބައެއް މެމްބަރުން އިށީނދެވަޑައިގަތީ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.
އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ސަރުކާރު މެންބަރުން ވަނީ ނަގައިފަ އެވެ. މަޖިލީހުގެ ތަޅުގައި ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުންގެ މެދުގައި ހަމަނުޖެހުން ބޮޑުވެ، ބައެއް މެންނަރުންނަށް އަނިޔާވެސް ވެފައިވެ އެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުށަހަޅާފަ އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ވަނީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށް ނިންމައިފަ އެވެ. އަދި ޑިމޮކްރެޓްސް އިން ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ވެސް ރުހުން ނުދޭން ނިންމައިފަ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ބުނީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ކެބިނެޓުގެ ބޭފުޅުންނަށް މަޖިލިހުން ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.
"ވަޒީރުންނަށް އެއްވެސް މިންވަރަކަށް ފުރުސަތު ދީ ވަޒަންކުރުމެއް ނެތި އެބޭފުޅުންނަށް ރުހުން ނުދިނުމަކީ ސަރުކާރު ހިންގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުންކަމަށާއި އެއީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތަށް ފާޅުގައި ހުރަސް އެޅުން ކަމުގައި ދެކެމެވެ." އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
28 January 2024
ސުޕަރ މެޖޯރިޓީން ކުރިކަމަކީ އަމިއްލަޔަށް މުސާރަ 100000ރުފިޔާ އަށް ބޮޑުކުރުން. ސުޮަރމެޖޯރިޓީ ދެންކުރިކަމަކީ ދެތިން ރިސޯރޓް އޯނަރުންނަށް 4 ބިލިއަން (4000 މިލިއަން) ރިސޯރޓް ކުލިން މައާފު ކޮށްދިނުން. މިކަހަލަ ކަންކަން ރައްޔިތުން ބަލައިނުގަންނާނެކަން އެނގިތިބެމެ ކަލޭމެންޖެހީ ސަކަރާތް. މީތި ކަޑަ. މާބޮޑަށްވެސް ކަޑަ.
ހުސްގޮނޑި
28 January 2024
މިރޭ ޕޕމަޖުލިސްދޮށުގަ މުޒާހަރާކުރާ މަންޒަރުބަލަން މޑޕ ނުތިބޭނެކަމަށް ހީކުރަން...މޑޕ ޕާލަމެންޓުންނަ ހިއްވަރުދޭން މޑޕ އާއްމުމެންބަރުން ތިބޭނެކަމަށް އުއްމީދުކުރަން....ގަދަބާރުން ރުހުންހޯދަން ޕޕމޕނސމީހުން އުޅުމަކީ ޕޕމޕނސގެ އަޙުލާގެނޫން އެއަށްވުރެ މިދެޕާޓީގެ އުސޫލާ ތަރުބިއްޔަތު ރަގަޅުވާނެ ކުރީގަ މިހާރު ލީޑާރޝިޕް ޑީލާރޝިޕަކަށްވީފަހުން ހުރިހާކަމެބަދަލުވީތޯއްޗެ..އެއްބަޔަކު އަނެއްބަޔަކަށް ޑިމޮކްރަސީއޭ ގޮވަމުން ކޯންޗެއްތަމިހާވްނީ ހާދަ ފޫއްސެވެޔޭ..