ހޫތީންގެ ހަމަލާތައް އިތުރުވުމުން ރަތްކަނޑުގައި އިޒްރޭލުގެ މަނަވަރެއް ހަރަކާތްތެރިވާއިރު މީހަކު ބަލަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2024 - 06:19
ރަތްކަނޑުގައި އުޅަނދުތަކަށް ހަމަލާދެމުން ގެންދާ، ޔަމަންގެ ހޫތީން އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށް ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އިނގިރޭސި ވިލާތުގެ ޑިފެންސް މިނިސްޓަރު ގްރޭންޓް ޝެޕްސް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިފައިންގެ އުޅަނދު އެމްއެމްއެސް ޑަޔަމަންޓަށް ހަމަލާދޭން އުޅުނީ ހޮނިހިރު ދުވަހު ކަމަށެވެ. މި ހަމަލާ ދޭން އުޅުނީ ޑްރޯންއެއް ބޭނުންކޮށްގެން ކަމަށާއި އެކަމަކު އުޅަނދުގައި ހުރި ދިފާއީ ނިޒާމުން ޑްރޯން ގޮއްވާލީ ކަމަށް ވިދާޅުވި އެވެ.
"އުޅަނދުގެ މިސައިލް ޑިފެންސް ސިސްޓަމް 'ސީ ވައިޕަ' އިން ވަނީ އުޅަނދަށް ހަމަލާދޭން އުޅުނު ޑްރޯން ނައްތާލާފައި،" ޝެޕްސް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ އުޅަނދަށް ވެސް އަދި މީހަކަށް ވެސް މި ހާދިސާގައި އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދޭ ހަމަލާތަކުގެ ބަދަލު ހިފަން ކަމަށް ބުނެ ހޫތީން އުޅަނދުތަކަށް ދޭ ހަމަލާތައް މަދުކޮށް، ހޫތީންގެ ބާރު ކުޑަކުރުމަށް މި މަހުގެ 12 ވަނަ ދުވަހު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ޔަމަންގައި ހޫތީންގެ ބާރު އޮންނަ ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދީފަ އެވެ. އަދި އޭގެ ފަހުން ވެސް އެކި ފަހަރުމަތިން ހަމަލާ ދީފައިވެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
30 January 2024
ޔަމަންގެ އަންސަރު“ﷲ”(ހޫތީން) ގެ އަމަލު ތަށް ހުރީ ބައިނައްލަޢްވާމީ ގާނޫނު ތަކާ އެއްގޮތަށް . އެޔާ ހިލާފަށް އިނގިރޭސި ވިލާތާއި އަދި އެމެރިކާގެ ކަނޑު ސިފައިންގެ ކަނޑު އުޅަނދު ތަކާއި ވައި ސިފައިންގެ ވައިގެ އުޅަދުތަކުގެ އަމަލު ތަށް ހުރީ ބައިނައްލަޢްވާމީ ގާނޫނު ތަކާ އެއްގޮތް ވާ ގޮތަކަށް ނޫން !
ބަބްލޫ
29 January 2024
އަދި އެންމެ ހަމަލައެއް ނާކާމިޔާބުކޮށްލެވުނަސް ތީ ނޫންނޫހަށް އަރަންޖެހޭވަރު ވާހަކައެއްނޫން.