ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (މިނިސްޓަރު)

ހިދުމަތްކުރަން އެނބުރި އަދި އަންނާނަން: ޑރ. ޝަހީމް

އިސްލާމިކް މިނިސްޓްރީގެ އެކްޝަން ޕްލޭން ލޯންޗުކުރަން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ. މިނިސްޓަރުކަމުގައި އޭނާ ހުންނަވަން މަޖިލީހުގެ ރުހުން ނެތް ކަމަށް މިއަދު ފާސްވެފައި.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރުހުން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރިއަސް، ގައުމަށް ހިދުމަތްކުރުމަށް އެނބުރި އަދި ވަޑައިގަންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ޝަހީމާއެކު އިތުރު ދެ ބޭފުޅަކަށް ރުހުން ނުދިނުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން މިހާތަނަށް ވަނީ ފާސްކޮށްފަ އެވެ. އެއީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ.

އެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު ޝަހީމް ހުންނެވީ އެ މިނިސްޓްރީގެ މި އަހަރުގެ އެކްޝަން ޕްލޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގަ އެވެ. އެހެންވެ، އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވާހަކަދެއްކެވީ ވެސް ކުރީގެ މިނިސްޓަރުގެ ހައިސިއްޔަތުންނެވެ.

އޭނާ ވިދާޅުވީ ތިން ފަހަރެއްގެ މަތިން މިނިސްޓަރުކަން ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައިވާ ކަމަށާއި މިވީ މުއްދަތުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެވިފައިވާތީ އުފާކުރައްވާ ކަމަށެވެ.

ރާވާފައިވާ ގޮތަށް މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތްކުރަން އެދިވަޑައިގެން، ޝަހީމް ވަނީ ހިދުމަތްކުރުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. .

"އަޅުގަނޑަކަށް ރައްޔިތުންގެ މަޖިލީހުގެ ނިންމެވުމަށް އިހުތިރާމްކުރަން. އަޅުގަނޑަށް އާ ކަމެއް ވެސް ނޫން އެއީ. އެކަމާ އަޅުގަނޑު އިހުތިރާމްކުރަން. އަޅުގަނޑަށް ވަރަށް ގިނަ ގޮންޖެހުންތަކާއެކުގައި މި ވުޒާރާގައި އެކި ދުވަސްވަރުގައި އަޅުގަނޑު މަސައްކަތްކޮށްފައިވާނެ. މި ފަހަރު ވެސް މިވީ ކުރު މުއްދަތުގެ ތެރޭގައި ވަރަށް ގިނަ ވަގުތު މިކަމަށް ހޭދަކޮށްގެން މި ވުޒާރާގެ ކަންކަން ކުރިއެރުވުމަށްޓަކައި އަޅުގަނޑު މަސައްކަތްކޮށްފައިވާނެ." އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަންނަވަނީ މަގާމެއްގެ ބޭނުމުގައި ނޫން ކަމަށެވެ. އިތުރު ވަޒީފާގެ ފުރުސަތުތައް އެބަހުރި ކަމަށާއި އެކަމަކު ގައުމީ ހިދުމަތަކީ ތަފާތު ކަމެއްކަން ފާހަގަކުރެއްވި އެވެ.

29 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 40%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 23%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެލޭ އިން ދިމާވި ސޮރި

31 January 2024

މަގާމު ބޭނުމެއް ނޫންނަމަ މަޖުލީހުން ރުހުން ނުލިބުމުން މަޖުލީހުގެ ނިންމުމާއި ދެކޮޅަށް މަގާއި ހަވާލު ނުވީސް.... މެދުއިރުމަތީގެ ވަޒީފާވެސް އިތުރަށް ބޭނުން ނޫނޭ ބުނި...އެކަމަކު އަލުން އެމަގާމު ނުލިބުނީ... ދެން އޫނީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ވަޒީފާ ހޯދަން އެކަންވެސް ހަމަނުޖެހުމުން އެންމެ ފަހުން އަލުްނ އެނބުރި ރާއްޖެ އައިސް ރައީސް ސޯލިހަށް ސަނާ ކިޔައި ފައިދާހޯދަން މަސައްކަތް ކުރީ...

The name is already taken The name is available. Register?

ފޭދޫ ލަދަނިގަންނަ ބަރަވަލާ

30 January 2024

އަޅުގަނޑައް ވަރައް ކަމަކު ނުދާ މީހެއް މީ. ލޭބަދަލު ކުރިޔަސް އަޅުގަނޑު ކަހަލަ އިހުލާސްތެރިންނެއް މިމީހުން ފަހަތަކުން ނުދުވާނަން. ވިކޭ ބަޔަކު ވިކުނަސް މީ އިހުލާސްތެރި އާންމު މެންބަރުން.

The name is already taken The name is available. Register?

مريم ابراهيم

29 January 2024

ޑރ ޝަހީމް މަސައްކަތް ކުރަމުން ދަނީ އަވަސް އަވަހަށް ހައްލު ލިބޭނެ ގޮތްތައް ބޭނުން ކުރުމުގައި ވަކި ޚާއްޞަ ޕާޓީ އެއް ދޫކޮށް ނުލައްވައި އަތުގައި ހިފައިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި މަދަނީ މީހުން ނަށް ނޫން

The name is already taken The name is available. Register?

ފުރިފު

29 January 2024

މީޑިއާގަ އަބަދު ސުރުޚީ ހަދައިގެން މިކަލޭގެ

The name is already taken The name is available. Register?

ހިދްމަތް

29 January 2024

ތިބޭފުޅުން ތި ކުރައްވާ ޚިދޮމަތް އޮޅިފަކާ ނެތޭ. ތިގޮތަސޤ ކިދޮމަތް ކުރާކިތުން ރައްޔިތުންގެ މަޖިލީހަށް ނުވަދެވިގެން އެތިބަ ވަޖިދު ވަނީނު އަނެއްބައި މީހުން

The name is already taken The name is available. Register?

ވީގޮތަކީ

29 January 2024

މީޑިއާގަ އަބަދު ސުރުޚީ ހަދައިގެން ރައީސް އަށްވުރެ ގާބިލް މީހަކީ ޝަހީމް ކަމަށް ހެދެން އުޅެގެން ވީގޮތް

The name is already taken The name is available. Register?

ގުޑްސެ

29 January 2024

ބޭރުކުރީ ޕީއެންސީ އެތެރޭގެ ސިޔާސީ ވާދައިގެ ތެރޭ ކަމަށް ބުނުމުގެ ފުރުސަތު އެބައޮތް. މިއީ މުއިއްޒު ވެރިކަމަށް ދަހިލަވާފައި ހުރިވަރުން .. ޝަހީމަށް ޑިމޮކްރެޓްސް އަދި އެމްޑީޕީގައި ފުރުސަތު އޮންނާނެ.

The name is already taken The name is available. Register?

ހީހީ ސުލީހް

29 January 2024

ސަހީމްމެންކަހަލަ އަމިއްލަ ޖީބަށް ބޮޑުކުރަންއުޅޭ މީހުންގެ ހިދުމަތެއް ގައުމަކަށް ބޭނުންނުވޭ. ނައިބަށް ހުރީ އެކީގަ ވިޔަފާރިކުރާ ޕާރޓްނަރް

The name is already taken The name is available. Register?

ހަމަ އަމިއްލަ ފައިދާ

30 January 2024

މުއިއްޒަށް އިންތިޚާބު ކާމިޔާބު ކުރިއިރަށް ހުވާ ނުކުރައްވަނީސް އެބޭފުޅާގެ ކުންފުނިން އަޅަން އުޅޭ ސްކޫލް އިޢްލާން ކޮށްފި.

The name is already taken The name is available. Register?

މަ ބުނީ

29 January 2024

މަ ބުނީ އޮނަރަބަލް ޑރ ޝަހީމްއަށް ރުހުން ނުދެންވީ އަމިއްލަ ވިޔަފާރި ކުންފުނީގެ ހިއްސާ ދަރިކަލުންގެ ނަމަށް ބަދަލްކުރުވާފައި ހުޅުމާލެ ފޭސް 1 އިން އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެން ފަޒުލްއާއި ގުޅިގެން ހޯދީމައެވެ. ކުރީފަހަރު ވަޒީރު ކަމުގައި އަނބިކަނބަލުންގެ ނަންފުޅުގައި މުޅިރާއްޖޭގެ ހުރިހާ ރިޒޯޓްގައި ރަންފިހާރަ ހުޅުވަން އުޅުއްވިއެވެ. މިކަންކަން އޯކޭ އެންނޫނެވެ. ބަލައިގަންނަށް ފަސޭހައެންނޫނެވެ.

The name is already taken The name is available. Register?

ރައީސް އަދުރޭގެ ވެރިކަން

29 January 2024

މީ އަދުރޭ ކަމަކަށް ވެސް ވުން ގާތް، ބަޔެއް ފަހަރު ބޮޑު މީހައަށް ވުރެ މާ ހިންގާލާފަ އުޅުނީމަ ސައިޒް ކޮށްލައެއްނު، މީ އެކަހަލަ ކަމެއް ނޫންބާ؟

The name is already taken The name is available. Register?

އަފްރާސިޔާބު

29 January 2024

ތިބުނި ގޮތަށްވުމާ ގާތްކަން ބޮޑީ. މިއީ ޑރ. ޝަހީމަކީ މަސައްކަތުގެ ގޮތުން ބަލާއިރު އޭނާއާ ފައިހަމަކޮށްލެވޭނެ ވަޒީރަކު މުޅި ކެނބިނެޓްގާވެސް ނެތް. އެއްފަރާތް ކުރެވިފައިވަނީ އެހެންވެގެންކަންނޭގެ. އުޝާމާއި ޑރ. ހައިދަރުވެސް އެގޮތަށް ވެދާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454