ވެލާ ރިސޯޓު. ވެލާ ރިސޯޓުގައި ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 72،000ރ. ވަނީ ދީފައި.
01 ފެބުރުއަރީ 2024 - 12:38
ރާއްޖޭގައި ހިންގާ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ވެލާ ޕްރައިވެޓް އައިލެންޑުގެ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 4،693 ޑޮލަރު (72،366ރ.) ލިބިއްޖެ އެވެ.
މިއީ މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ލިބުނު ރިސޯޓެވެ. ވެލާގައި ގާތްގަނޑަކަށް 50 ކޮޓަރި ހުންނަ އިރު އެތަނުގައި މަސައްކަތް ކުރަނީ 300 އެއްހާ މުވައްޒަފުންނެވެ. އެހެން ކަމުން ވެލާއިން ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 1.4 މިލިއަން ޑޮލަރު (22 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.
ރިސޯޓް ވޯކާސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައިވާ ގޮތުން ދެ ވަނައަށް އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނީ، ފަރި އައިލެންސްގެ ރިޒް ކާލްޓަން އަށެވެ. އެ ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 4،283 ޑޮލަރު (66،000ރ.) ލިބުނެވެ.
ރިޒް ކާލްޓަންގައި 750 މުވައްޒަފުން އުޅެ އެވެ. އެހެންވެ މި ރޭޓުން ބަލައިފި ނަމަ ޖެނުއަރީ މަހު ސާވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުން 3.2 މިލިއަން ޑޮލަރު (50 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.
ތިން ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ލިބުނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުގެ މުވައްޒަފުންނަށެވެ. އެއީ، ކޮންމެ މުވައްޒަފަކަށް 3،525 ޑޮލަރު (54،000ރ.) އެވެ. އޭގެ އިތުރުން ވޮލްޑޯފް އެސްޓޯރިއާ އާއި ޖޯލި މޯލްޑިވްސްގެ މުވައްޒަފުންނަށް ވަނީ ސާވިސް ޗާޖުގެ ގޮތުގައި 2،800 ޑޮލަރު (43،176ރ. ލިބިފައިވެ އެވެ.
1. ވެލާ ޕްރައިވެޓް އައިލެންޑް : 4،693 ޑޮލަރު (72،366ރ.)
2. ރިޒް ކާލްޓަން : 4،283 ޑޮލަރު (66،044ރ.)
3. ޝެވަލް ބްލަންކް ރަންދެލި : 3،525 ޑޮލަރު (54،356ރ.)
4. ވޮލްޑޯފް އެސްޓޯރިއާ އިތާފުށި : 2،897 ޑޮލަރު (44،671ރ.)
5. ޖޯލި މޯލްޑިވްސް : 2،817 ޑޮލަރު (43،438ރ.)
6. ފޯ ސީޒަންސް : 2،758 ޑޮލަރު (42،528ރ. )
7. ސޮނޭވާފުށި : 1،931 ޑޮލަރު (29،776ރ.)
8. ސެއިންޓް ރެޖިސް މޯލްޑިވްސް : 1،812 ޑޮލަރު (27،941ރ.)
9. ސޮނޭވާ ޖާނީ :1،723 ޑޮލަރު (26،567ރ.)
10. ޖޯލި ބީން : 1،552 ޑޮލަރު (23،932ރ.)
ޖެނުއަރީ މަހަކީ ރިސޯޓުތަކުން އެންމެ ބޮޑު ސާވިސް ޗާޖު ލިބޭ މަހެވެ. މިދިޔަ މަހު ގިނަ ރިސޯޓުތަކަކުން ވަނީ ސާވިސް ޗާޖުގެ ގޮތުގައި 1،000 ޑޮލަރަށް ވުރެ ބޮޑު އަދަދެއް ލިބިފަ އެވެ.
ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރު ކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ1
02 February 2024
ކޮބާ ގާސިމް އާއި ޝިޔާމު އަދި އުއްޗު، މީކީއްކުރާ ބައެއް
ވެރީ ވަތަނީ ރިސޯޓް އޯވނާސް
01 February 2024
2 ލައްކަ ބޭރު މަސައްކަތު މީހުން. މީހަކަށް އެވްރެޖްކޮށް މަހަކު 500 ޑޮލަރު ރާއްޖެއިން ބޭރަށް ފޮނުވިއަސް 100 މިލިއަން ޑޮލަރު އެބަ ބޭރުވޭ މަހަކަށް. 1.8 ބިލިއަން ދިވެހި ރުފިޔާ. އަދިވެސް މަޓީއިން އުޅެނީ ބޭރުމީހުންގެ ނިސްބަތް މަތިނުކުރެވިގެން. ހައިރާން ވާވަރުވޭ ހުވާބުނާކަށް.
ޏަމްޏަމް.
02 February 2024
.ކަލޯ ރާއްޖޭގަ އެބަތިބިތަ މަސަތްކަތް ކުރާނއ މީހުން. ޢާބާދި 1/3 ޕާޓް ވައްތަރު. ޢެމީހުނަށް މަސަތްކަތެއްކުރެވޭތޭ. ދެންވިދާޅުވޭ ސަރުކާރޭ. ފަރުދުންދެޒިންމާ، އާއިލާތަކުގެ ޒިންމާކޮބާ؟ ކޮންމެކަމެއް ސަރުކާރު ބޮލަށް ޖަހަންޏާ ދަރިން ވިހަންޖެހޭނީވެސް ސަރުކާރުން.
ޅިންޑި
01 February 2024
ކޮންމެ ކުއްޖަކަ 72000ރ، އެހެންވިއްޔާ ވެލާ މެނޭޖްމަންޓް ވަރަށް ރަގަޅު.
މުޑަހަންޖާ
01 February 2024
އަހަރެމެން ބަލަން ބޭނުމީ ތިރިސޯޓުގެ މުވައްޒަފަކު ރިސޯޓަށް އަންގާލުމެއްނެތި ފުރައިގެންގޮސް ގާނާގަ ވަޒަންވެރިވެގެންފިއްޔާ ދެން އޭނަގެ މުސާރަޔާ ސާވިސްޗާޖަށްވަނީ ކިހިނެއްތޯ.
ކޮރަލް
01 February 2024
ތިޔަ ރިސޯޓް ތަކުގަ އުޅޭ ބިދޭސީން ނާ ދިވެހީން ގެ އަދަދުތައް މިނިވަން ކޮށް މަސައްކަތް ކުރާ ބަޔަކު ސާފު ކޮށްލަ ބަލާށެވެ. ކޯޓާ ގެ އިތުރަށް ، އަދި ދޫކޮށްފަ ވާކޯޓާ ނޫން އެހެން ކޯޓާ ތަކުގަ ކިތައް މީހުން ހުރި ތޯ ބަލާލަ ބަލާށެވެ. އޭރުން ތިޔަ ފައިސާ ވަންނަނީ ރާއްޖެ އަށް ކަން ނޫނީ ރާއްޖެ އިން ބޭރަށް ކަން އެނގޭނެ އެވެ.
ޖުކައި
01 February 2024
އަދިވެސް މަޖުލިސް މެންބަރުންގެ މުސާރަ ވަރެއް ނުވިތާ
މާބޮޑުވާނެ
01 February 2024
ތިބުނާ މީހުންނައްވުރެ މާބޮޑުވާނެ. އެއީ ހަމައެކަނި ސާރވިސް ޗާޖު. މުސާރަ ދެންކޮބާ ޓިޕްސް.
އަފްރާސިޔާބު
01 February 2024
މިރަށަށް ނުން ދާންވީ.
ރޫނާ
01 February 2024
ސަރުކާރުން ސާވިސްޗާޖުން މަކަރުހަދާ ރިސޯޓުތައް ހުއްޓުވަބަލަ؟ ބައެއްރިސޯޓުތަކުން ބޮޑުއަގުގަ ޑޮލަރުމަރުކޮއްފަ ސާވިސްޗާޖު މިދެނީ ބޭންކު ރޭޓުން 15.42 ގެ ގެމަގުން. މިގޮތައް ހެދީމަ ރިސޯޓުން ސާވިސްޗާޖުގެ އެއްބައި މިވަގައްނަގާ ކާލަނީ .ދިވެހިނަނާ ބޭރުމީހުން ތަފާތު ނުކޮއް ހުރިހާ މުވައްޒަފުންނައް ސާވިސްޗާޖާ މުސާރަ ޑޮލަރުން ދޭގޮތައް ހަދާބަލަ. ރިސޯޓުތަކުން ދިވެހިންނައް ވަގުހަދަނީ މިކަންކަމައް ޓޫރިޒަމް މިނިސްތުރީއިން ހައްލެއް ހޯދައިދީބަލ.
ވޮޗްމޭން
01 February 2024
ޓޮޕް 10 ރިޒޯޓުތަކުން ސާވިސް ޗާޖް ސީދާ ކިތައް މުވައްޒަފުންނަށް ދޭ ތޯ ބަލަންޖެހޭ. ބައެއް ފަހަރު ރަށުގައި އުޅޭ އެހެން ކުންފުނިތަކުގެ ކޮންޓްރެކްޓް ސްޓާފުން ވެސް. ޖުމްލަ ސާވިސް ޗާޖްއަށް އެންމެ ބޮޑު ހޭދައެއް ކުރަނީ ކޮން ރިޒޯޓަކުންތޯ؟ ލިބޭ ދިވެހިންގެ % ކޮބާ؟
ޖާސިމް
01 February 2024
ކޮންމެސް ކުއްޖަކު ބަލާލަ ދީބަލަ ވިލާ ރިސޯޓުގެ ތަކުގެ ސާވިސް ޗާރޖު ،
ނަހޫ ބިން ޖާސިމް
01 February 2024
ވިލާ ރިސޯޓުގެ ސާރވިސް ޗާރޖަކީ 290 ޑޮލާރ ޕެރަޑައިސް ، 320 ޑޮލާރ ސަން ، 260 ފަން
ޢަހުސަން 1
02 February 2024
ހިތުން ޖެއްސުމެއް ކޮއްލީ ދޯ… މިދިޔަ ޑިސެންބަރު މަހު ވިލާ ޕާކް ސަން އައިލޭންޑުގަ ޖެހުނީ 580 ޑޮލަރު.. މީ 1000 ގާތްކުރާ އަދަދުގެ ސުޓާފުންނަށް ހަމަޔަށް ބަހާފަ… 300 މީހަކަށް ބަހާނަމަ 1740 ޑޮލަރު ދެވުނީސް… ސާވިސްޗާގު ޖަމާކޮއްދެނީވެސް ޑޮލަރުން… ޖެނުވަރީގަ ސާވިސްޗާޖު އަދި މާ ބޯޑުވާނެ!،..