ޚަބަރު / އެމްޑީޕީ

ޕްރައިމަރީއަކާ ނުލައި އިތުރު ތިން ކެންޑިޑޭޓަކަށް އެމްޑީޕީގެ ޓިކެޓް

01 ފެބުރުއަރީ 2024 - 20:59

8 comments

އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި އިދިކޮޅު އެމްޑީޕީގެ ޓިކެޓް އިތުރު ތިން ކެންޑިޑޭޓަކު ކަށަވަރު ކުރައްވައިފި އެވެ.

އެ ޕާޓީން މިރޭ ބުނިގޮތުގައި، ޕްރައިމަރީއަކާ ނުލައި މި ފަހަރު ޓިކެޓް ކަށަވަރު ކުރެއްވީ ދިއްދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަބްދުﷲ ވަހީދާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި މާފަންނު އުތުރު ދާއިރާ އަށް ވާދަކުރައްވާ އިފްހާމް ހުސައިނެވެ.

އިފްހާމަކީ އެމްޑީޕީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕްރައިމަރީއަކާ ނުލައި 40 އަށް ވުރެ ގިނަ ދާއިރާތަކުގެ ޓިކެޓް އެމްޑީޕީން ވަނީ އެކި ކެންޑިޑޭޓުންނަށް ދީފަ އެވެ. މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ވަރަށް ގިނަ މެމްބަރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި 104 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ނުކުންނަވަ އެވެ.

8 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 17%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

03 February 2024

ޑިމޮކްރަސީގެ ބައްޕަ ދޯމީ. ކިކި ޕާޓީ ހަލާކުކޮއްފި

The name is already taken The name is available. Register?

ކުދެއް

03 February 2024

މުހުތާރު ވަރިހަމަ ހުދު ވިޔސް ކަޅު ވިޔަސް. ޕާޓީއަށް ޚިދުމަތް ކިރާ މޒިހުނަށް ޓިކެޓު ދިނީމަވީ. ކޮން ޕޮރައިމަރީއެއް.

The name is already taken The name is available. Register?

ށުމެއް

02 February 2024

ސާޅީހަށްވުރެ ގިނަ މީހުނއނަށް ވާދަކުރާނެ މީހުން އެމްޑީޕީއަށް ނުލިބުމަކީ ތަނުގެ ޚުދު މުޚުތާރުކަން ދައްކައިދިންކަމެއް. ޢަދި ތިޔަ ޕްރައްމަރީއަކީ ރައްޔިތުން ޓަޖުރިބާކުރި ބަލައިނުގަންނަ މަސައްކަތެއްކަން. ވޯޓލާން ދާނެ ބަޔަކު ޕާޓީގައި ނެތްކަން.

The name is already taken The name is available. Register?

ޖޯޖް

02 February 2024

ދެން ކަލޭ ސަރުކާރު ޕާޓީއިން އެތައް ބަޔަކަށް ތަބަކަށް ލާފަ ދިނީ ކީވެޔޯ މީހަކު ނުވެގެންތަ

The name is already taken The name is available. Register?

ޢެމެރިކާ

02 February 2024

އެމްޑީޕީ އޮވާލަންވީ.

The name is already taken The name is available. Register?

އާނަސ

03 February 2024

މިއުޅެނީ ތިކަމާ؟ އޯކޭތަ

The name is already taken The name is available. Register?

ފުޅު ○

01 February 2024

ވަރަށް ދޯދިޔާކޮށް ދޯ މިދަނީ

The name is already taken The name is available. Register?

ނޭވާ ހޮޅި

01 February 2024

ކުދިންނޭ ބުނެދީބަލަ ވެންޓިލޭޓާ ތަކުގެ ޙަބަރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454