ގެދޮރުވެރިޔާ ފްލެޓްގެ ދާއިމީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތުގެ ތަފުސީލު ނުދީގެން އާންމުންގެ ބަޔަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ހައުސިން މިނިސްޓްރީ އަށް ގޮސް ޝަކުވާ ހުށަހަޅަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
02 ފެބުރުއަރީ 2024 - 07:47
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްތައް ދޫކުރުމުގެ ތެރޭގައި ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު ދެން އަމަލު ކުރަންވީ ގޮތްތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އެންގުމާ އެކު، މަޝްވަރާ ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ އެ ފްލެޓްތައް ދޫކުރުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަންކަން ކުރި ގޮތްތައް ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ބެލުމަށް ފަހު ދެން އަމަލުކުރަންވީ ގޮތް އޭސީސީން ހައުސިން މިނިސްޓްރީ އަށް ލިޔުމަކުން ފޮނުވީ އިއްޔެގެ ރަސްމީ ގަޑި ނިމި، އޮފީސްތައް ބަންދުކުރި ފަހުން ހަވީރެވެ.
އެކަމާ ގުޅިގެން އޭސީސީން މީޑިއާ އަށް ދޫކޮށްލި މައުލޫމާތުތަކާ އެކު، ހައުސިން މިނިސްޓްރީއާ ރޭ ސުވާލު ކުރަން ފެށުމުން ވަރަށް ލަސް ވަގުތެއްގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންކަމުގެ މަޝްވަރާ މިހާރު ފަށާފައިވާ ކަމަށެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ: އޭސީސީގެ ސިޓީއާ ގުޅިގެން މަޝްވަރާ ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ރޭ ބުނި.--- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަދި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހާމަކުރާނެ ވާހަކަ ވެސް ދެންނެވީމެވެ،" ކުރު ބަޔާނުގައި ހައުސިން މިނިސްޓްރީން ބުންޏެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ދޫކުރުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުކިއްސަރު އެތައް ކަމެއް ހިންގި ކަމުގެ ވަރަށް ގިނަ ޝަކުވާތައް ފެންމަތިވުމުން 4،000 ފްލެޓް ދޫކުރުން އޭސީސީން ހުއްޓުވީ އެ ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިގަ އެވެ.
ޝަކުވާތައް ބެލުމަށް ފަހު، އޭސީސީގެ އެންގުންތައް އެހާ ތަފުސީލުކޮށް މީޑީއާ އަށް ހާމައެއް ނުކުރެ އެވެ. ނަމަވެސް މައިގަނޑު ފަސް ކަމެއްގެ ވާހަކަ އޭސީސީގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް އެނގިފައި ވެ އެވެ. އޭސީސީން ބުނީ ތަފުސީލުތައް ދޭނީ ހައުސިން މިނިސްޓްރީން ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތައް ދޫކުރުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތް ކުރުމަށް ހައުސިން މިނިސްޓްރީ އަށް އެންގި ކަމަށް އޭސީސީން މީޑިއާގައި ރޭ ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް، މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމާއި މުރާޖައާ ކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމެވެ. އަދި މުރާޖައާ ކުރުމުގައި ތަފާތެއް ނެތި، އެއް މިންގަނޑަކުން އަމަލުކުރުމަށް ވެސް ހައުސިން މިނިސްޓްރީ އަށް އެންގި ކަމަށް އޭސީސީން ބުންޏެވެ.
އެފްޑީސީން މިދިޔަ މަހުގެ 23 ގައި ބުނެފައި ވަނީ ހުޅުމާލެ 2 ގައި ހަދަމުން އަންނަ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށޭނެ ކަމަށެވެ.
ފަހި ދިރިއުޅުމުގެ މޮޑެލް އެޕާޓްމެންޓް: މި ފްލެޓްތަކުގައި 900 އަކަފޫޓްގެ ތިން ކޮޓަރީގެ 2،800 ޕްލެޓް އާ 650 އަކަފޫޓްގެ ދެ ކޮޓަރީގެ 1،200 ފްލެޓް ހުންނާނެ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެ ކުންފުނިން ސޯޝަލް މީޑިއާގައި އާއްމުކުރި ކުރު ވީޑިއޯއެއްގައި ބުނީ، ފްލެޓްގެ އެއްބަސްވުންތައް ޕްރިންޓުކޮށް ނިންމާފައިވާ ކަމަށެވެ. ލިސްޓުގެ ކަންކަން ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފެށޭނެ ކަމަށް ބުނެ، އެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލު ދޭނެ ކަމަށް އެ ވީޑިއޯގައި އޭރު ބުނެފައި ވެ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.
މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ކުރިން ވިދާޅުވެފައި އޮތީ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
ނަމަވެސް އޭސީސީގެ ސިޓީއާ ގުޅިގެން ދެން އަމަލު ކުރާނެ ގޮތެއް އެނގޭނީ ހައުސިން މިނިސްޓްރީން ކުރިއަށް އޮތް ހަފުތާގައި ތަފުސީލުތައް ހާމަކުރުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާދިރު ސާރ.
02 February 2024
ފުލެޓް ވެރިންނާއި ދޮގުވެރިން އެންމެނަށް އިގޭ ގޮތަށް ތިޔަ ލިސްޓް ފޮޓޯ ޖަހާފައި އާންމުކޮށްބަލަ. އޭރަށް އެމްޑީޕީ ކުދިންނަށް އިގޭނެ އިބުރާހިމް ކަންކޮށްފައި އޮތްގޮތް.
ޓެރޭސް
02 February 2024
ބިންވެރިޔާގެ ދެވަނަ ސްކީމުގެ ލިސްޓުގައި ނަން އޮތުން ނޫން އެހެން ކުރިއެރުމެއް ނެތީބާ؟
ނައީމް
02 February 2024
ގޯސްކޮށްދީފަ އޮތް އެއްޗެއް ދޭން ވާނީ ރަނގަޅހު ކޮށްފަ. ހަމަ އެކަނި އޮތީ ދޮގު ހަދައިގެން ފުލެޓު ފޭރިގަތް މީހުންގެ ހައްގެއް ނޫން. ކޮބާ ހައްގުވާ، ގަސްތުގަ ކަޓުވާލި މީހުން
ބިސް
02 February 2024
މި ހުރިހާ މައްސަލައެއް ހިލުވާލީ ހައިދަރު. ފުލެޓް ލިބޭ މީހުންގެ ތެރެއިން އެކަކު ކަޓުވާލިޔަސް އޭނާއަށް ރުހުން ނުދޭތި.
ސަމީރު
02 February 2024
ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ވައުދުވެ ހުޅުވާލީމައި އެޕްލައިކޮށް އެއޮންނަ ޕްރޮސީޖަރ ގެ ތެރެއިން އެކަންކުރަނީ އެގޮތުން ސަރުކާރުގެ އިދާރާތަކުން ބެލަންޖެހޭ ބެލުން ބެލުމަށްފަހު ޕޯޓަލް މެދުވެރިކޮށް ވަގުތުދީގެން އެކަންކޮށްފައިވަނީ ނަމަވެސް ބަޔަކު ސިޔާސީކުރަންވީމައި ކޮންމެ ކަމެއްވެސް ދާނީ ސިޔާސީވެ އިންސާފުނެތި ގެއްލުންވަމުން
އިންސާފުވެރިގޮތް
02 February 2024
އެންމެ އިންސާފުވެރި ގޮތަކަށްވާނީ 13000 މީހުންގެ މެދުގައި ގުރުލައި، 4000 ފްލެޓަށް މީހުން ހޮވުން. ދެން ބާކިތިބި 9000 މީހުންނަށް އަވަހަށް ފްލެޓް އަޅަން ފެށުން. 3 އަހަރު ތެރޭވާނެ ފްލެޓް އަޅައި ނިންމަން.
ޓަވަރު1
02 February 2024
14 ހަފްތާ ވައުދުގަ އޮތް ހިޔާ ފްލެޓް އަތުލި މީހުންނަށް ނުލިބޭތޯ
އެހެން އެއްޗެއް
02 February 2024
އެހެން ކޮންމެވެސް އެއްޗެއް އަޅާފަ ދީ.. ކޮންމެހެން މީގެ ތެރެޔަށް ފައި ކޮއްޕާނެ ކަމެއް ނެތް.
އަބުދުބެއްޔާ
02 February 2024
މަގޭ ފުލެޓް އަތުނުލާތި، ޕާޓީން ވަގުތުން ވަކިވެ އެމްޑީޕީ އަށް ސޮއިކުރާނަން
މަރޭ
02 February 2024
ކުރީސަރުކަރުން ކޮށްފަ އޮތް ކަމެއް މިސަރުކާރުން ތިވަރަށް ބެލުމުގެ މާނަ އެއްނެތް.ތިލިސްޓު މިސަރުކާރުން ބަލާނެކަމެއްވެސްނެތް.އެއީކުރީސަރު ކާރުން ބަލާނެ ވަރަކަށްބަލާފަވާ އެއްޗެއް.އެޒިންމާމިސަރުކާރުން ބޮލުގަ އަލުވާނެ ކަމެއްނެތް.ތިގޮތަށް ބަލާނަމަ ވިނަރެސް ލިބުނު މީހުން ވެސް ހަމަ ބަލަން ވީ.މާލެގަ ނޫޅޭ ކިތަންމީހުން ނަށް ލިބުނު ބާ. އަދި މިނުން ކިތަންމެ ކެމެއް ބަލަން. މިހާރުއްސުރެ ކުރަންވީ ކަމަކީ މިސަރު ކާރުންއަޅާ ފުލެޓު ތަށް ކިހާ އިން ސާފު ކޮށް ދެވޭތޯ.
ޛުލަމާ
02 February 2024
ޔާމީނު ސަރުކާރުން ތައްޔާރުކުރި ފްލެޓް ލިސްޓު (ފޭސް 2 ގެ) އިބޫ ސަރުކާރުން ބަދަލުކޮށްފައި އެ ފްލެޓްތައް ދިނީ އިބޫ ސަރުކާރުން ތައްޔާރުކުރި ލިސްޓަށް. އިބޫ ސަރުކާރުން ތައްޔާރުކުރި ލިސްޓު ތައްޔާރުކުރި ކޮމިޓީގެ އެންމެ އިސްމީހާ މިހާރު އެހެރީ އޭސީސީގެ މެންބަރެއްގެ ގޮތުގައި. އެކަން އެންމެ ރަނގަޅުދޯ؟ އެކަމަކު، އެމްޑީޕީ ސަރުކާރަކުން ކިތަންމެ ގޯސްކޮށް ކަމެއް ކޮށްފައި އޮތަސް، އެކަން އެހެން ބަޔަކު ބެލުން ގޯސް. މިއީ، ތިޔަ މީހުންގެ ހަމަ ހުންނަ ގޮތަކީ.
މަޗާ
02 February 2024
މިސަރު ކަރުން ހަދާ ފުލެޓު ތަށް އިންސާފުވެރިކަމާ އެކު ދެވޭތޯ މިހާރުއް ސުރެން އުޅެންވީ ކުރީސަރުކާރުން ދިނީ ހަމަދިވެހިންނަށް.4000ފުލެޓުގެ ތެރެއިން ނުލިބުނޭ ކިޔާފަ ކަންކަން ގޯސް ނުކޮށް ތިމާއަށް ލިބުނު ފުލެޓު ލިބެން ދެން މަޑުކޮށްލަންވީ. މާރީތިވެސް ވެދާނެ. ޔާމީނުސަރުކާރުން އަހަރުމެެންނަށް ފުލެޓު ލިބޭ ވަރަށް ޕޮއިންޓު ލިބުނު އެކަމަކު ނުލިބި އެސަރުކާރު ނިމުނީ ދެން އެކަމާ އަނެއް ސަރުކާރުގެޒިންމާ އޮތް ކަމަކަށް ނުފެނޭ.އެކަމަކު ސަކުވާއަށް ހުޅުވާލި.
2344
02 February 2024
އިބޫ ހިޔާ ފްލެޓްތައް ކަޓުވާލީ
އޮނަރަބްލް އަފީފު ދީދީ
02 February 2024
ހިއުމަން ރައިޓްސް ކޮމިޝަން އާއި އޭސީސީއަކީ ހަމައެކަނި "ހިގަމުންދާ ކަންކަން ބަލާ ފިޔަވަަޅު އެޅުމުގެ އިތުރަށް" ދައުލަތުގެ ފަރާތުން ހިންގާ އާންމު ރައްޔިތުންގެ ޙައްޤުތަކާއި ގުޅުންހުރި މިފަދަ ކަންކަމުގައި ކަޑައަޅާންޖެހޭ ބައެއް އުސޫލުތަކަށްވެސް ލަފާދެވޭނެ ފަރާތެއް. # ކީއްވެގެންތޯ ގޯތި ގެދޮރާއި ބިމާއިބެހޭ ނުވަތަ ޕްރޮޕަޓީ ޤާނޫނެއް ވުޖޫދުކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީހައްލުހޯދަން އެކަމަށްބާރުލިބޭ ޤާނޫނު ހަދާން ސަރުކާރާއި މަޖިލީހުގައި ނޭދެންވީ!؟
އޮނަރަބްލް އަފީފު ދީދީ
02 February 2024
މިގޮތުން އަމިއްލަނަމުގައި ރެޖިސްޓްރީކުރާ ފުރަތަމަފުލެޓާއި ގޯތިން ޓެކްސް ފްރީކޮށް އޭނާ މިލްކްކުރާ 2 ވަނަ ފުލެޓާއިގޯތިން %50 އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއިގޯތިން %100 ޓެކްސް ދައުލަތަށް ދައްކާންޖެހޭގޮތަށް ޤާނޫނުހެދުމަށް ލަފާ ދެވިދާނެ. އަދި ސޯޝަލް ހައުސިންގ ސްކީމަށް ދޮގު މައުލޫމާތުދިނުމަކީ ޖިނާއީކުށަކަށް ހަދާންޖެހޭ. # މިފަދަ ޤާނޫނަކުންމެނުވީ "އާމްދަނީ ހޯދުމުގެ ބޭނުމަށްޓަކާ" ދޮގުމައުލޫމާތުދީގެން "ފުލެޓުން ކުރަމުންތިދާ ވައްކަން" ނުހުއްޓުވޭނެ.