މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ--- ފޮޓޯ: މަޖިލިސް
05 ފެބުރުއަރީ 2024 - 11:14
ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލަތާ މެދު، ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް، ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފުޓްބޯޅައިގައި ސަރައްދީ ފެންވަރުގައި ވެސް މީގެ ކުރިން ރާއްޖެ ނުދާހާ ދަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
"ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅަ އަށް (އެކަނި) ނަޒަރު ހިންގައިލާއިރު ވެސް، ސަރަޙައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ 30 އަހަރުތެރޭ ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ މިދިޔަ އަހަރު ކަޓައިގެން ދިޔަ ދިއުމަށެވެ. މިދިޔަ އަހަރު އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓީ އެ މުބާރާތުގައި 20 އަހަރަށް ފަހު ބަންގްލަދޭޝް އަތުން ފުރަތަމަ ފަހަރަށް ބަލިވުމުންނެވެ.
ބޮޑު ވެއްޓުމެއް، ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ރާއްޖެ ކަޓައިފި https://t.co/w51GuDt6Ha
— Mihaaru (@Mihaarunews) June 28, 2023
ރައީސް ވިދާޅުވީ އެހެން ކުޅިވަރުތަކުގައި ވާދަކުރާ އެތުލީޓުން ވެސް ތިބީ މާޔޫސްވެފައި ކަމަށެވެ. އަދި އިތުރު ތަމްރީނުގެ ފުރުސަތާއި އާމްދަނީގެ މަގުތައް ވެސް އެތުލީޓުންނަށް ބަންދުވެފައި ވާތީ ހިތާމަކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކުޅިވަރުގެ ބޮޑެތި ކްލަބްތައް މާލީ އަނދަވަޅުން ސަލާމަތްކޮށް ކުރިއަރާނެ ގޮތްތަކެއް ހޯދަންޖެހެ އެވެ.
ކުޅިވަރުގެ ހާލަތު ރަނގަޅު ކުރުމަށް، އެސޯސިއޭޝަންތަކުގެ ހާލަތު ރަނގަޅުކުރުމާއި ވަސީލަތްތައް ގާއިމުކޮށް އެތުލީޓުންގެ ކުރިއެރުމަށް ދުރުރަސްތާ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ، މިއަހަރު ކުޅިވަރު އެސޯސިއޭޝަންތަކަށް ކުރިއެރުމާއި ހަރަކާތްތެރިކަން އަންނާނޭ މަގުތައް އަޅުގަނޑުމެން ފަހިކޮށްދޭނަން. ކުޅިވަރު މުބާރާތްތަކަށް ދިވެހި އެތުލީޓުންނާއޮ ކުޅުންތެރީން ތަމްރީނުކުރުން ދުރު ރާސްތާގެ ދެމެހެއްޓެނިވި ކާމިޔާބީ އަށް އަމާޒު ހިފައިގެން ފަށައިގަންނާނަން،" ރައީސް ވިދާޅުވި އެވެ.
ކުޅިވަރުގެ އިންފްރާސްޓްރަކްޗާތައް ހެދުމުގައި ރާއްޖޭގެ ބިމުގެ ޖާގަ އަށް ބަލައިގެން ކުޅިވަރުގެ މަލްޓި ސްޓޯރީ ކޮމްޕްލެކްސްތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ --- ފޮޓޯ: މަޖިލިސް
"މިގޮތުން ފުރަތަމަ ފަހަރަށް މަލްޓިސްޓޯރީ ފުޓްސަލް ކޮމްޕްލެކްސް އަދި ނެޓްބޯޅަ ކޮމްޕްލެކްސްއެއް އެޅުމަށް ހުޅުމާލެއިން ދެ ބިން މިހާރުވަނީ ކަނޑައެޅިފައި،" ރައީސް ވިދާޅުވި އެވެ.
"... އަދި ގައުމީ ކުޅުންތެރިންގެ ފެންވަރު ރަނގަޅުކޮށް ކުރިއެރުވުމަށް ބޭނުންވާ ހައި ޕާރފޯމަންސް ސެންޓަރުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށާނަން."
ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަންޖެހޭ އެންމެ ދަށް މެޑިކަލް މިންގަނޑެއް ސަރުކާރުން މިހާރު ކަނޑައަޅައި ލޯންޗުކޮށްފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ހިދުމަތް ދޭނީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތަކަށް ވެސް ފެތޭ ގޮތަށެވެ. އަދި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެ ހިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ކުރިއެރުމަށް ސަރުކާރުން މަސައްކަތްކުރާނީ އެތުލީޓުންނާއި ކުޅުންތެރިންގެ ވާހަކަ ވެސް އަޑުއަހައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަތްލޫ
08 February 2024
ކޮންމެމީހަކުވެސްދައްކަނީ މޮޅުވާހަކަ ވާކަމެއް ހަރާމް މިހާރުވެސް މިއުޅެނީ ހޮސްޕިޓަލް ތަކުން ވެސް ރަތްޔިތުން ރަންގަޅުފަރުވާއެއްނުލިބިގެން ޑޮކްޓަރުންނާއި ދޭތެރޭ ރައްޔިތުންގެއިތުބާރުއޮއްނަންޖެހޭ ރާއްޖޭގަ މިވެނިކަމެއް ރަންގަޅޭ ބަރާބަރޭ ބުނެވޭނެ ކޮންކަމެއްތޯ އޮތީ؟މިކަންބަރާބަރޭ ބުނެވޭނެއެއްވެސްކަމެއްއެބައޮއްތޯ؟
ގސަފދހގސަފ
06 February 2024
އައި.ޖީ.އެމް.އެޗް އީ.އާ.ރު ގައި ޓީ.ބީ ޖެހު ފުރިފަ ތިބޭ މީހުން އައިސޮލޭޓް ނުކޮށް ބާއްވާއިރު ޔޫއާ ވޮރިޑް އަބައުޓް ފުޓްބޯލް؟
ހުނިނަަ
05 February 2024
ފުޓުބޯޅަ އެހާލަތައް ގެންދިޔައީ އަމިއްލައަށް 'ފުޓުބޯޅަ ފެމިލީ' އޭ ކިޔައިގެން މިއުޅޭ މީހުންނާ ސިޔާސީން އަދި ގޭންގުތަކުން. މި މީހުންގެ ހަޑި ގަނޑުތެރޭ ދިވެހި ފުޓުބޯޅައޮތްހާ ހިނދަކު މަށަށް މާ ރަނގަޅު ކުޅޭ މެޗަކުން ބަލި ވިއްޔާ. ދެން މަ ކާލާ މިހެން ބުނީމަ
ސަސި.
05 February 2024
އެހެންވެ ޖާވާއަށް ސްޓޭޓް މިނިސްޓަރކަން ދޭންޖެހުނީ
އޮނަރަބްލް އަފީފު ދީދީ
05 February 2024
ދުނިޔެއަށާއި ރާއްޖެއަށް އައިބަދަލަށް ނުއެބުރި ޤަދީމީ އުސޫލު ދަމަހައްޓާ ކ.އަތޮޅު މާލެނޫން ރަށްރަށުގެ ޓީމްތަކަށް ފުރުސަތު ނުދިނީތީވެ ތިހެންވީ. # މިކަން ބަދަލުކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެ ރީޖަނެއްގައި އެސޯސިއޭޝަން ހަދާ މިއެސޯސިއޭޝަން ތައް ބައިވެރިވާ National Football Federationޤާއިމްކޮށް އިންސާފުވެރިކަމާއިއެކު ތިކަންކުރޭ.
އޮނަރަބްލް އަފީފު ދީދީ
05 February 2024
މަތީގައިދެންނެވިގޮތަށް 3 ރީޖަނުގައި ލޯކަލް އެސޯސިއޭޝަންހަދާ މާލޭގެއިތުރަށް ހަނިމާދޫ އަދި އައްޑޫގައި ބޮޑު ސްޓޭޑިއަމްއަޅާ 3!ރީޖަންގެ އެސޯސިއޭޝަން ކަޕްގެ ގަދަ 10 ޓީމް އަދި އެސޯސިއޭޝަންގެ ރައީސް އާއި ޖެނެރަލް ސެކެޓްރީ ވޯޓްދީގެން އިންތިޙާބްކުރާ National Football Federation އުފެއްދުމަށްޓަކާ (މިހާރުގެ އެފްއޭއެމް ގެ ބަދަލުގައި) ފީފާއާއި އޭއެފްސީގެ މާލީ އަދި ފަންނީ އެހީތެރިކަމަށް ސަރުކާރާއި އެފްއޭގެފަރާތުން އެފަރާތްތަކުގައި އެދިގެން މިކަން އަވަސްކުރޭ.
ޙުސެއިން އަލީ
05 February 2024
3 ޒޯނަަށް ރީޖަންތައް ބަހަން ތިގޮވާލަނީ ތަނެއް ދޮރެއް ނޭނގޭތީ، މިހާރު ހެދިފަހުރި 9 ޒޯން އެންމެ ރަނގަޅު ވާނީ، ތިކަހަލަ ކަނޑުކޮހުން މިރާއްޖޭގަ ގިނަވެގެން ހަލާކުވަނީ
އޮނަރަބްލް އަފީފު ދީދީ
05 February 2024
ފީފާ އަދި އޭއެފްސީގެ އެހީތެރިކަމާއި އެކުވެރި ދައުލަތް ތަކުގެ އެހީވެސް ހޯދައިގެން ކ.ހުަޅުމާލެ ހަނިމާދޫ އަދި އައްޑޫގައި (ބައިނަލް އަޢުވާމީ އެއަރޕޯޓް އޮތް ތިން ސަރަޙައްދުގައި) ސްޓޭޑިއަމް އަޅާފައި (15 ހާސް މީހުނަށް ވަދެވޭ ވަރުގެ) ހޯމްއަވޭ އުސޫލަށް އެފްއޭ ކަޕް އަދި ޤައުމީ މުބާރާތް ބަދަލު ކުރުމުގެ އިތުރަށް ރީޖަނަލް މުބާރާތް ތަކަށް ރާއްޖެ ތައްޔާރުވެ މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ހޯދަންޖެހޭ. އޭރުން ވަރަށް ގިނަކަންކަމަށް ހައްލު ހޯދޭނެ. ޢިގޭތޯ.
ހުސް އަނގަ
05 February 2024
އެހެންވީމަތޯ ފުޓުބޯޅަ އެސޯސިއޭސަންގެ ޖެނެރަލް ސެކްރެޓަރީއަށް ނައިބު މިނިސްޓަރުކަންދިނީ. ފުޓުބޯޅަ އިދާރާ ހިންގުމުގެ އެންމެ އިސްމީހަކަށް ހުރި މީހާއަށް ނައިބު މިނިސްޓަރުކަން ދޭނީ އޭނާގެ ހިންގުންތެރިކަމާމެދު ސުވާލެއް ސައްކެތްނެތުމުންކަމަށް އަހަރެން ހީކޮށްގެން މިހުރީ.
ހިތާމަކުރަން
05 February 2024
ރައީސް ވެއްޓިފައިވާ ދަށް ހާލަތާއި މެދު އަޅުގަނޑުމެން ހިތާމަކުރަން.