ނެޝަނަލް ލައިބްރަރީ: ކޮންމެ ރަށެއްގައި ގައުމީ ލައިބްރަރީގެ ގޮތްޕެއް އަޅަން ނިންމާފައިވާކަން ރައީސް މިއަދު އިއުލާން ކުރެއްވީ ރިޔާސީ ބަޔާނުގައި. -- ފޮޓޯ | މިހާރު
05 ފެބުރުއަރީ 2024 - 13:08
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ގާއިމުކުރައްވާނެ ކަމަށް ރައީސް، ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، އިލްމާއި ފޮތްކިޔުމަށް އޮތް ލޯބި އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ދައުރުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް އީޖާބީ ބޮޑު ބަދަލެއް ގެންނަވާނެ ކަމަށާއި އެކަމުގެ ސަބަބުން ދިވެހިވަންތަކަމަށް ލޯބިކުރާ، އުޅުންހުރި، ހުލްގު ރަނގަޅު ޖީލުތައް ތަރުބިއްޔަތު ވެގެން ނުކުންނާނެކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
"އިލްމާއި ފޮތްކިޔުމަށް އަޅުގަނޑުމެންގެ ތެރޭގައި އޮތް ލޯބި އިތުރުކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގާއިމުކުރާނަން،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: މަޖިލިސް
ރާއްޖޭގެ ގައުމީ ކުތުބުހާނާގެ ބިންގާ އެޅީ ޖުލައި 12، 1945 ގަ އެވެ. އޭރުގެ އެޑިއުކޭޝަން ޑިޕާޓްމަންޓުގެ އިސްވެރިޔަކަށް ހުންނެވި މުހައްމަދު އަމީން ދީދީ ބިންގާ އަޅުއްވައިދެއްވި އެ އިމާރާތަށް އޭރު ދީފައިވަނީ ސްޓޭޓް ލައިބްރަރީގެ ނަމެވެ.
މިހާރު ބޭނުންކުރަމުން އަންނަ "ގައުމީ ކުތުބުހާނާ"ގެ ނަމަށް ރަސްމީކޮށް ބަދަލުކުރީ 1982ގަ އެވެ.
ދެހާސް އަށްވަނަ އަހަރު އައްޑޫ، މަރަދޫގެ ބޮނޑަގޭގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް ހުޅުވަން ވެސް މަސައްކަތްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލަތީފާ
05 February 2024
މިއުޅެނީ ފުރަތަމަ މާލޭގަ ހުރި ގައުމީ ކުތުބުހާނާގެ ފޮތް ބަޖެޓުން ގަންނަން ފައިސާ ނެތި، ސިޔާސީ މީހުނަށް މިލިއަނުން ހަރަދުކުރުމުގަ! ދެން ތިޔަ ކިޔަނީ . . ތޯ؟
މަލޭ ބޮޑުމީހާ
05 February 2024
ރަށުމީހާ އަށް ކަތުރު ފަނި އެޅި ފޮތް ، މާލޭ މީހާ އަށް 20 މިލިޔަން ރުފިޔާގެ ބިން ހުޅުމާލެ އިން ހިލޭ ސަޅި ގައުމިއްޔަތެއް..
ޛސުތޖއމސނވ
05 February 2024
ރަގަޅު ކަމެއް. އެކަމަކު ތިޔާ ކުތުބުޚާނާއެއްގައި ވެސް ދިވެހި ފޮތްތަކުގެ ދެބައިކުޅައެއްބައި ނުހުރޭ. ކޮޕީއެއް ނަގަން އެއްރުފިޔާ ދެރުފިޔާ ވެސް ދައްކަންޖެހެެނީ އޮންލައިން ކޮށް. ރާއްޖޭގައި ލިބެން ހުންނަ ކޮންމެ ފޮތެއްގެ މަދުވެގެން ތިންކޮޕީ އަސްލު އެތާނގައި ހުންނާން ޖެހޭ.
ކައިރިން
05 February 2024
ފުރަތަމަ މިހާރު ހުރި ކުތުބުހާނާ ރަނގަޅުކޮށް އިސްލާހް ކުރަންވީނުން! ރިސޯސް ގެ ގޮތުން ނިކަމެތި. ޓެކްނޮލޮޖީ ގެ ބޭނުން ހިފާ ތިތަން އަޕްގޭޑް ކޮށްބަލަ!
އުދެލި
05 February 2024
ކ.މާލޭގައި އޮންނަ ޓެނިސްކޯޓުގެ ގޮތްޕެއް ރާއްޖޭގެ އެހެން ރަށެއްގަ ހުޅުވޭނެގޮތެއްވޭތޯ ބަލާކަށްނުވޭތަ، ކ.މާލޭތެރޭ "ގައުމީ" ޓެނިސް މުބާރާތް ބާއްވާތާ 50 އެތައް އަހަރެކޭ މިވަނީ.
ހަޖަމު
05 February 2024
ބޮޑު އިސްރާފެއް ހަމަ، ވަކި ބަޔަކު މުއްސަނދި ކޮށްދޭން ކުރާކަމެށް
ދަގަތްފާނު
05 February 2024
ރާއްޖޭގެ ރަށްރަށުގައި ކުތުބުހާނާ ހަދަން އަހަރެމެން ތާއީދު. އެކަމަކު ކ.މާލޭގަ ހުންނަ އެރަށު ބޮޑުމިސްކިތާއި އެރަށު ކުތުބުހާނާގެ ކުދިކުދި ނަކަލު އެހެން ރަށްރަށުގައި ހަދަން އަހަރެމެން ސީދާ ދެކޮޅު. މިސާލަކަށް ހުރިހާ ރަށެއްގައިވެސް އެރަށު ފުޓުބޯޅަދަނޑު އޮންނަންޖެހޭ، އެކަމަކު ކ.މާލޭ ގަލޮޅު އަވަށު ދަނޑުގެ ކުދިކުދި ގޮފީގެ ގޮތުގަ އެޑިޒައިނަށް އެހެން ރަށްރަށުގަ ދަނޑުހެދުމާވެސް އަހަރެމެން ދެކޮޅު.
ފަތައްސީ
05 February 2024
ތިވާހަކަ ރައްރަށު މީހުން ކައިރީ ދެއްކިންތަ؟ އެމީހުން ތަންތަން ހަދާނީ އެމީހުން ބޭނުންވާ ގޮތަށް.