ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް އަދި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
11 އޮކްޓޯބަރ 2025 - 10:35
ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މި އަހަރުގެ ކޮންފަރެންސް މިއަދު ފަށައިފި އެވެ.
މިއަދާއި މާދަމާގެ ނިޔަލަށް 210 ސްކޫލެއްގެ ޕްރިންސިޕަލުންނާ އެކު ކުރިއަށް ގެންދާ އެ ކޮންފަރެންސް ކްރޮސްރޯޑްސްގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ ޓީޗަރުންގެ ބައިވެރިވުމާ އެކު ނޫން ކަމަށެވެ.
ނަމަވެސް މި ފަހަރުގެ ކޮންފަރެންސް ބާއްވާފައި ވަނީ ޕޮލިސީ ކަރުދާސްތައް ފޮނުވައި ފުޅާ ދާއިރާއެއްގައި ޕްރިންސިޕަލުންނާއި ޓީޗަރުން މަޝްވަރާކޮށް އެ ބޭފުޅުންގެ ރެކަމަންޑޭޝަންތައް ހިފައިގެން އައިސް ކޮންފަރެންސްގައި މަޝްވަރާ ކުރާ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ރައީސް އޮފީސް
"ޓީޗަރުންނަށް ދިމާވާ ދަތިތައް، އެއީ ކްލާސްރޫމުގައި ކަމުގައި ވިޔަސް މެ، ކޮމިޔުނިޓީ ލެވެލްގައި ކަމުގައި ވިޔަސް، ކަރިކިޔުލަމް އިމްޕްލިމެންޓޭޝަން ލެވެލްގައި ކަމުގައި ވިޔަސް އަދި އެއީ ސީދާ ކްލާސް ރޫމުގައި ކިޔަވައިދނުމަށް ހުރި ދަތިތައް ކަމުގައި ވިޔަސް މެ، މި ކަންތައްތަކަށް މަޝްވަރާ ކުރެވިގެން އެ ބޭފުޅުންގެ [ޓީޗަރުންގެ] ރިކޮމެންޑޭޝަންތަކަށް، މި ކޮންފަރެންސް ކުރިއަށް ދާނީ،" އިސްމާއިލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން ތައުލީމީ ދާއިރާ އަށް ރަނގަޅު ޓީޗަރުން ހޯދުމަށް ކުރަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ތައުލީމީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނައިބެ
11 October 2025
ތައުލީމީ ޚިދުމަތަކީ މިނިވަން ޕްރޮފިޝަނަލް ޚިދުމަތަކަށް ހަދާ ކޮންމެ ފަސް އަހަރަކުން ސިޔާސީ އުނދުޅި ނުބޭނޭނެގޮތަށް ވަރުގަދަ ތަޅެއް އަޅުވާލެވޭނެގޮތެއް އޮވެދާނެބާ؟
ބައިވެރިވި ޓީޗަރެއް
11 October 2025
ޕުރިންސިޕަލް ފުރަން ގަޑިއިރަކަށް ވީފަހުން، ޓީޗަރުންކޮޅެއް އެއްކޮށް، ކަރުދާސްތަކެއްގައި އަވަސްއަވަހަށް "އޭތިމީތި" ލިޔެގެން ގެންދިޔައީ. ބޭނުމަކީ މި ހެޑްލައިން ޖެހުންކަން އޭރުވެސް އެނގޭ.
އަފްރާސިޔާބު
11 October 2025
މަތީ ކްލާސްތަކުގެ ދަރިވަރުންނަށް ކޮންފަރެންސެއް ނެތްތަ؟ ކިޔަވާކުދިންނަކީ އެމީހުން. ޕްރިންސިޕަލުންނަކީ އެއްވެސްކަމެއްކުރާ ބައެއްނޫން. ފޮނިބައިސާ ކަނޑަންތިބެނީ. އިނޮވޭޝަނަށް ނުކުންނާނީ ކިޔާވުދިން.