ސީއެެޗްއެސްއީގެ ކްލާހެއްގައި ޓީޗަރަކު ކިޔަވައިދެނީ.
21 ޑިސެމްބަރ 2025 - 22:07
ދިރާސީ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހުގެ ފަހުކޮޅު ފަށާއިރު، ގްރޭޑް 10 އިން ދަށުގެ ކްލާސްތަކުގައި ކިޔަވާ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން ހަރުކަށިކޮށް، ގްރޭޑް 11،12 ގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދެވުނަސް ކްލާސްގަޑީގައި އެ ކުދިންގެ ފޯނުތައް ލޮކަރުގައި ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ 1 ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަން ރެހެންދި ސްކޫލްގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ރައީސް ވިދާޅުވީ، ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލައިގެ ޝަކުވާތައް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
އެހެންވެ، އެކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ނުގެންދެވޭ ގޮތަށް އޮންނަ އޮތުން އިމްޕްލިމެންޓް ކުރަން ފައްޓަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސްކޫލުތަކުގައި ކުދިން ފޯނު ބޭނުންކުރާ މައްސަލަ، ގްރޭޑު 10 އިން ފެށިގެން ދަށަށް އެއީ ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް އިމްޕްލިމެންޓެއް ނުކުރޭ. މިހާރު އެކަން ބޮޑުވަމުން ބޮޑުވަމުން ދަނީ،" ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ހުޅުމާލެ 1 ގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އެހެންވެ އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރު ފެށޭއިރު ގްރޭޑު 10 ގެ ދަށުގެ އެއްވެސް ކުއްޖަކަށް ސްކޫލަށް ފޯނެއް ނުގެންދެވޭނެ. ވަރަށް ހަރުކަށިކޮށް އިމްޕްލިމެންޓް ކުރާނެ އެކަންތައް."
ރައީސް ވިދާޅުވީ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް މިހާރެކޭ އެއްގޮތަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށެވެ. އެކަމަކު އެ ދަރިވަރުންނަށް ވެސް ސްކޫލުގައި ކިޔަވައިދޭ ގަޑީގައި ފޯނު ބޭނުން ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކްލާސްރޫމްތަކުގައި ބެހެއްޓުމަށް ލޮކާ ސިސްޓަމް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކިޔަވައިދޭ ގަޑީގައި ފޯނު ބަހައްޓަން ޖެހޭނީ ލޮކަރުގައި ކަމަށާއި އެކަމަކު ލިބޭ ހުސް ވަގުތުތަކުގައި އެ ގްރޭޑުތަކުގައި ކިޔަވާ ކުދިންނަށް ފޯނު ބޭނުންކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކިޔަވާ ކުދިން ސްކޫލްތަކުގައި ފޯނު ގެންގުޅުން ހަރުކަށި ކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު މި އިއުލާން ކުރެއްވީ އައްޑޫ ހައި ސްކޫލްގެ ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި މި މަހުގެ ކުރީކޮޅު ހިނގި ތަޅާފޮޅުމެއްގެ ވީޑިއޯއެއް އާންމުވެ، އެ މާރާމާރީގެ މައްސަލަ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައި ވަނިކޮށެވެ. އަދި ކްލާސްރޫމުގެ ތެރޭގައި ދެ ޖިންސުގެ ކުދިންގެ ފަރާތުން ފެންނަން ނުޖެހޭ "ހުތުރު" މަންޒަރުތައް ވެސް ވީޑިއޯކޮށް އާންމުކޮށްފައި ވެ އެވެ.
ސްކޫލަށް ކުދިން މޮބައިލް ފޯނު ވައްދައިގެން ތަފާތު އެހެން މައްސަލަތައް ވެސް މީގެ ކުރިން ފެންމަތިވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިރޭޖި
22 December 2025
ފޯނު ބޭނުން ކުރަން ނޭގުނީމަ ހުރިހާ ދަރިވަރުން އަތުން ފޯނު އަތުލަނީ
ކުމަަރު
22 December 2025
ބޭކާރު ފިޔަވަޅުގެ ސަބަބުން ޓީޗަރުން ގެ ފޯނުތަކަށް ވަރަށް ބާރު ބޮޑުވާނެ! ޒަމާނަތް އައިސްފައިވާ ބަދަލު ތަކުގެ ސަބަބުން ދަރިވަރުންނަށް ކުލާސް ގަޑި ފިޔަވައި ކޮންމެހެން ފޯނު ބޭނުން ކުރަން ޖެހޭ ހާލަތް ތަކުގައި ބޭނުން ކުރެވޭ ގޮތަށް އޮތުން ލާޒިމުވޭ
raajje
22 December 2025
ތިހެދިގޮތްކަމަކުނުދޭ ފޯނުގެންދިޔުމުންއުފެދޭ މައްސަލަތައް ތަކުރާރުވަމުންދާނެ، ހައްލުހޯދޭނެގޮތަކީ 11، 12 ވެސް ހިމެނޭހެން ހުރިހާކިޔަވާކުދިންނަށް ސުކޫލަށްފޯނުގެންދިޔުންމަނާކުރަންވީ، ސަބަބަކާހުރެ މިސާލަކަށް އެކަނިގެޔަށްދާކުށްޖެއް، ގެދުރުގަހުންނަކުށްޖެއް އެއްވެސްސަބަބަކާހުރެ ފޯނުގެންދިޔުން މުހިންމުވާނަމަ "ޒިންމާދާރުކޮށް ފޯނުބޭނުންކުރުމުގެ އިނިސްޓުރަކުޝަންދީ އިގުރާރުގައިސޮއިކުރުވުމާއެކު" ބައްތިފޯނެއް "ގުޅޭނެދޯ" ސުކޫލަށްގެނައުމުގެ ހުއްދަދިނުންއޯކޭ
ޡިހުނ
21 December 2025
މިވަރުގެ ވެރިއެއް ނުދެކެން. ސާބަހޭ. ސްކޫލް ތަަކަށް ޖަންކް ފުޑް ވެއްދުން ވެސް މަނާ ކުރަން ގޮވާލަން
ދެން އަތްޖަހާ
21 December 2025
ކަލޭމެންކަހަލަ ވާނުވާ ނޭނގޭ މީހުން ގިނަވެގެންނޭ މި ގައުމު ހަލާކު މިވަނީ! މިކަމާގުޅޭ އޮޅުވާލުންތައް މާދަމާ ހާމަވާނެ
ލާފްމް
22 December 2025
ގިނަ ގައުމުތަކުގައި ދަރިވަރުންނަށް ފޯނު ނުގެންދެވޭ.
ސަމަރޭ
21 December 2025
ހަމަ މިހާރުން މިހާރަށް އަންހެން އަދި ފިރިހެން ވަކިން ކިޔަވާދޭންވީ..ބަލާލަ ކްލާސްތަކުގެ ތެރޭގައި އުޅޭގޮތާ ކުރާ ކަންކަން. މީކީ އަހަރުމެން ކިޔެވި އިރު ކުދިންގެ އުޅުމާ އަހްލާގާ ހުރިހެން ކަންކަން ހުރި ޒަމާނެއް ނޫން. އެންމެންގެ ރަށްކަލަކަށް މިކަން ކުރަން ވެއްޖެ. މައިންބަފައިންގެ އިހުމާލާ ކުދިންގެ ހައްގުތަކާ ބޮޑުވެގެބް ދިޔަ ދިޔައީނުން ޓީޗަރުންނާ ކުދިން މިހާރު ސްކޫލަށްދާން ބިރުގަނޭ..