ރައީސް މުއިއްޒު އާއި މަޖިލީހުގެ ރައީސް އަސްލަމް މަޖިލީހަށް ވަދެ ވަޑައިގަންނަވަނީ: ރައީސް ވަކިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފައި --- މިހާރު ފޮޓޯ/ނިޝާން އަލީ
05 ފެބުރުއަރީ 2024 - 13:59
އެމްޑީޕީގެ މެމްބަރުން ވޯޓު އެކަނި ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލްކުރަން ސަރުކާރުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ބަދަލު ގެނައީ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނަންޖެހޭ ގޮތަށެވެ.
އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ. އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމީ އިއްޔެ އެވެ.
ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި މިހާތަނަށް ތާވަލެއް ނުކުރެ އެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައީ އާ ސަރުކާރުގެ ބައެއް މަގާމުތަކަށް ވަޑައިގަތުމަށް މަޖިލީހުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވެފައި އޮތުމުންނެވެ. އެހެންވެ، އެ އިސްލާހުގެ ދަށުން އެމްޑީޕީ މެމްބަރުންގެ ވޯޓުން ރައީސް ވަކި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ
06 February 2024
މެޖޯރިޓީ ޕާޓީއަކަސް ކޮންމެސްކަހަލަ ހަމަޔަކާ އުސޫލުތަކެއް މިކަހަލަ ކަންކަމުގަ އޮންނަންޖެހޭ. މީ ބަތްކައްކާކުޅެނީކީނޫންވިއްޔަ. ރައީސަކަށް އަނަމީހާ ހޮވަނީ ރައްޔިތުން އަސްލުރައްޔިތުންނަށް އެހައްޤު އޮންނަންޖެހޭނީ. ބައެއްގެނުފޫޒުން މިފަދަކަމެއްކުރާއިރު ޤައުމާދޭތެރޭ ވިސްނާލުން ވަރަށް މުހިންމު. ފައިސާގެ ދަހިވެތިކަމުގަ އަޅުވެތިކަމުގަ ޤައުމު ވިއްކާލާމީހުނަށް ހައްޤު އަދަބު ލިބެންޖެހޭ
ގެދާނޯމޮސް
05 February 2024
މަގުމަތީ ކުނާއަޅައިގެން ތިބެ މީހުންގެ ގޯތި ގެދޮރު ނަގަންވެސް އިސްލާހު ގެނައި ބަޔަކު ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެއެވެ.
ވާއެއްޗެއް ނުވާއެއްޗެއް
05 February 2024
މީހަކު ނެތްގޮޑިއެއް މީހަކުއިންކަމައް ގުނާނެގޮތެއް ބުނެދީބަލަ
ލކލކ
05 February 2024
ހުސް ގޮނޑިއެއް ދިވެހިންނަށް ފެނުނީ މީހަކު އިންދަ. އަދި 2023 ނޮވެންބަރުން 2028 ނޮވެންބަރަށް އެމީހާ އެގޮނޑީގައި އިންނާނެ ކަމަށް ބެލީވެސް ހަމަ ދިވެހިން. އެކަމަކު އެމީހާ އޭރުވެސް ހުރީ ޝަރުޢީ ހުކުމެއް ތަންފީޒް ކުރުމަށް ބަންދުގައި. ބަޔަކު ދެބަންދިހާރުވިޔަސް ފުކެއް ބޮޑުވަރު ދޯ؟
އަޅި އަލީ
05 February 2024
މަމެން ދާއިރާގެ މެންބަރަކުނެތް މިހާރަކު! މަމެންދާއިރާގެ ބަހެއް ނެތި ވޯޓެއް ނެތި ރައީސް ވަކި ކޮއްގެން ނުވާނެ! މަމެން ވެސް ނޭނުން ރައީސް ވަކިކުރުަން ވޯަތް ލާން! މެމްބަރު ގެނޭ!
ޚޮރަކަ
05 February 2024
ދެން ކީއްވެ އެމް ޑީޕީ އަށް އެކަނިޔޭ ޖަހާފަ އޮތީ ސުރުޚީގަ؟
އަޅި އަލީ
05 February 2024
ކޮއްކޮ އަދި ކޮމެންޓް ކުރާ އުމުރު ހަމއެއް ނޫންދޯ!