ބޮލީވުޑްގެ ތަރި ކަރިޝްމާ ކަޕޫރް.
06 ފެބުރުއަރީ 2024 - 05:39
ބޮލީވުޑްގެ ތަރި ކަރިޝްމާ ކަޕޫރް، 11 އަހަރު ފަހުން ކުޅުނު ފުރަތަމަ ފިލްމު "މާޑާ މުބާރަކް" އަންނަ މަހު 15 ގައި ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.
އެ ފިލްމު ސްޓްރީމް ކުރަން ފަށާ ތާރީހު އިއުލާންކޮށް ނެޓްފްލިކްސް އިން އިއްޔެ ވަނީ ފިލްމު ޓީޒާއެއް ވެސް ނެރެފަ އެވެ.
މި ފިލްމު ޑައިރެކްޓްކުރީ "ކޮކްޓެއިލް" އާއި "އަނގްރޭޒީ މީޑިއަމް" ގެނެސްދިން ހޯމީ އަދަޖާނިއާ އެވެ.
ކަރިޝްމާއާ އެކު މި ފިލްމުގެ ކާސްޓުގައި ހިމެނެނީ ސާރާ އަލީ ހާން، ވިޖޭ ވަރުމާ، ޕަންޖަކް ތުރިޕަޓީ، ޑިމްޕަލް ކަޕާޑިއާ، ސަންޖޭ ކަޕޫރް، ޓިސްކާ ޗޯޕްރާ އަދި ސުހައިލް ނައްޔަރް އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ކަރިޝްމާ އެންމެފަހުން ފިލްމަކުން ފެނުނީ 2012 ވަނަ އަހަރު އެވެ. އެއީ އެ އަހަރު ނުކުތް ބިރުވެރި ފިލްމު "ޑޭންޖަރަސް އިޝްގް" އިންނެވެ. ނަަމަވެސް، އެ ފިލްމަކީ ބޮޑު ފްލޮޕެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބެ
07 February 2024
ަމަވެސް ޗަނބޭލީ ގޯޅިން ވަރައް ފޮށެން މިމަނ
އަޅި އަލީ
06 February 2024
މަގޭ ކުރީގެ ކަމެއް މިއީ!