ސުޝްމީތާ ސެން އާއި އޭނާގެ ލޯބިވެރިޔާ ރޯމަން ޝޯލް.
08 ފެބުރުއަރީ 2024 - 05:48
ކައިވެންޏެއް ކުރަން އަދިވެސް ރެޑީ ނޫން ކަމަށް ބޮލީވުޑްގެ ތަރި ސުޝްމީތާ ސެން ބުނެފި އެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫހެއް ކަމަށްވާ "ފިލްމް ކޮމްޕޭނިއަން" އަށް ސުޝްމިތާ މިފަހުން ދިން އިންޓަވިއުއެއްގައި ބުނީ އޭނާގެ އުމުރު މަތިވަމުން ދާތީ، އަވަހަށް ކައިވެންޏެއްކޮށް ދިރިއުޅުމެއް ފަށަން ޖެހޭ ކަމަށް މީހުން ބުނާނެ ކަން އޭނާ ގަބޫލުކުރާ ކަމަށެވެ.
"އެކަމަކު އަހަރެން އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓަން. [ކައިވެންޏެއް ކުރަން އަދި ނޫޅެނީ] އެއީ އެ ގުޅުމަކީ ވަރަށް މަތިވެރި ގުޅުމަކަށް ވާން ޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރާތީ،" އޭނާ ބުންޏެވެ.
އެހެންވެ، އޭނާ އަވަސް މުސްތަގުބަލެއްގައި ކައިވެނިކުރާނެ ކަމަށް ސުޝްމީތާ ބުންޏެވެ.
ޝުޝްމީތާ މިހާރު ރަށްޓެހިވެގެން އުޅެނީ މޮޑެލް/އެކްޓަރު ރޯމަން ޝޯލްއާ އެވެ.
ރޯމަން އާއި ސުޝްމީތާ ދިމާވީ އިންސްޓަގްރާމް އިން 2018 ވަނަ އަހަރުގަ އެވެ. އެކަމަކު، އޭގެ ތިން އަހަރު ފަހުން މައްސަލަތަކެއް ޖެހިގެން އެ ދެމީހުން 2021 ވަނަ އަހަރު ރުޅިވި އެވެ. އަދި އޭގެ ފަހުން ސުޝްމީތާ ވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ލަލިތު މޯދީއާ ގުޅިގެން ވެސް ދުވަސްކޮޅަކު އުޅެފަ އެވެ.
ލަލިތުއާ ރުޅިވުމަށް ފަހު ސުޝްމީތާ އަލުން ރޯމަންއާ ގުޅުނީ މިދިޔަ އަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސޭހަތް
08 February 2024
ދެލޯފުޅާ މުސްކުޅިވެ ހަންޓޯޓޯ ވަންދެން ތިބޭ..ދެން އޮތީ ކުރިޔަށް މުސްކުޅި އުމުރު..ދެން އިތުރަކަށް ޒުވާނެއް ނުވާނެ
2024
08 February 2024
ތީ އިބިލީހުގެ ކައިވެނި..... ބޮއިހަލަކި