07 ފެބުރުއަރީ 2024 - 21:57
ޖަރުމަނުގައި ކޮންމެ އަހަރަކު ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓްރެވަލް ފެއާ ކަމަށްވާ އައިޓީބީގައި ބައިވެރިވުމަށް ވިސާގެ އިންތިޒާމު ހަމަޖައްސައިދިނުމުގައި އެހީތެރިވުމަށް ފޮރިން މިނިސްޓްރީން އިސްވެ ގުޅުމުން އިނާ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކަން ފާހަގަކުރައްވައިފި އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޓްރެވެލް އޮޕަރޭޓަރު ފިރާގު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޓީބީ ފެއާގައި އޭނާ ބައިވެރިވަޑައިގަންނަވާތާ 27 އަހަރު ވެފައިވާ ކަމަށާއި ވިސާގެ އިންތިޒާމާ ގުޅޭގޮތުން މިއީ ފޮރިން މިނިސްޓްރީން އިސްވެ ގުޅި ފުރަތަމަ ފަހަރު ކަމަށެވެ.
"އަޅުގަނޑުގެ އަތުގައި ވެލިޑް ވިސާއެއް އޮތް ނަމަވެސް އެ މިންވަރަށް ކަންކަން ބަލައި ދިން ސަޕޯޓު ބަލައިގަންނަން،" އަންނަ މަހުގެ 5-7 އަށް ޖަރުމަނުގައި ބާއްވާ ފެއާއާ ގުޅޭ ގޮތުން އޭނާ ވިދާޅުވި އެވެ.
I am Excited to share that I received a call from the Ministry of Foreign Affairs today regarding my participation in ITB Germany 1st time on 27 years of my ITB history. They confirmed my appointment for the visa application process. While I already have a valid visa, their…
— Mohamed Firaq (@mohamedfiraq) February 7, 2024
އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އައިޓީބީ ފެއާގައި މި ފަހަރު ބައިވެރިވާ މީހުންނަށް ވިސާ ނެގުމުގައި އެމްއެމްޕީއާރުސީ އަށް އެހީތެރިވެދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން ހިއްސާކުރި ޕާޓިސިޕަންޓްސް ލިސްޓުގައި ހިމެނޭ މީހުންނަށް މިނިސްޓްރީން ސީދާ ގުޅައި ވިސާގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމުގައި ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. "ވިސާ ނެތް ބޭފުޅެއް ނަމަ އަޅުގަނޑުމެން މިދަނީ ވިސާ ޕްރޮސެސް އޮންނަ ގޮތް އޮޅުން ފިލުވައިދިނުމުގެ އިތުރުން ވިސާ ހޯދުމުގެ މަރުހަލާ އަވަސް ކުރުމަށްޓަކައި މި ވީއެފްއެސް އޮފީހާ އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
ފިރާގު "މިހާރު" އަށް މިރޭ ވިދާޅުވީ، އައިޓީބީ ފެއާގައި އޭނާ ބައިވެރިވެވަޑައިގަންނަވާތާ 27 އަހަރު ވެފައިވާއިރު، ވިސާގެ ކަންކަން ފަހިކޮށްދޭން ސަރުކާރުން ދުވަހަކު ވެސް އޭނާ އަށް ގުޅާފައި ނެތް ކަމަށެވެ.
"އެހެންވެ، ވަރަށް އެޕްރިޝިއޭޓް ކުރަން އެ ކަންތައް. ފެއާތަކަށް ދާން ވަރަށް ހާލުން ގިނަ ވިޔަފާރިވެރިން ވިސާ ހޯދުމުގެ ކަންތައްތަކުގައި އުޅެނީ. ގިނަ ފަހަރު ލިބޭނީ ހައެއްކަ ދުވަހަށް. ނުލިބިގެން ވެސް އަންނަން ޖެހިފައި އެބަހުރި،" ފިރާގު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވެސް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ދިވެހި ވިޔަފާރިތަކަށާއި ބޭރުގެ އިންވެސްޓުމަންޓުތަކާއި ރާއްޖެ އިޝްތިހާރު ކުރުމަށް މަގުފަހި ކޮށްދިނުމަށް ފޮރިން މިނިސްޓްރީން މިހާރު އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބާދާ
08 February 2024
ހިތައް އެރީ މިހަބަރު ކިޔާފަ ކީއްވެބާއޭ މިހާ ދުވަސް ވީއިރު އެހެން ސަރުކާރަކުން ފިރާގް ސާރ އަށް ފުރުސަތު ނުދިނީ.
މުހައްމަދު ޔާމީން
08 February 2024
25 އަހަރު ދާއިރާގަ ހޭދަކުރި މީހަކަށް މިޙާ ދުވަސް ވަންދެން ފުރުސަތު ނުދިނުމަކީ ލަދުވެތިކަމެއް.
ޝައްފާން މުހައްމަދު
08 February 2024
ބައްޕަގެ އަގުވަޒްންކުރީތީ އަދުގެ ސަަރުކާރަށް ފަށްފަށުން ޝުކުރުވެރިވަން.
ސޮފްވާން ހަމީދު
08 February 2024
ޓޫރިޒަމް ކުރިއަރާނީ ފިރާގް މެންކަހަލަ މީހުންނަ ހަައްގުވާ މިންވަރު ލިބިގެން. ޝުކުރިއްޔާ
ރުހުނާން
08 February 2024
ކިހާ ތަފާތު. މިކަހަލަ ހިދުމަތް ކުރާ މޫންގެ އަގުވަޒަން މިކުރި.
މުޝްފިގާ
08 February 2024
އަބްދުއްﷲ ޝާހިދަކީ ވަރަށް ހައިބަތު ދައްކާ ބޮޑާ މީހެއް. އޭނަޔެއް ނުބަލާނެ ތިކަހަލަ ކަންކަމަކަށް. މި ސަރުކާރަކީ ވަރަށް ހިތްތިރި މަޑުމައިތިރި ސަރުކާރެއް.
ގުބުލާ
08 February 2024
މިފަދަ ހަބަރުތަށް ލިބުމުން މި ސަރުކާރަށް އޮތް އިތުބާރު އިތުރުވެގެންދޭ. އަބަދުވެސް މި އަޑު އިވެނީ މިފަދަ ހަބަރުތަށް.
ނިޒާމްް
08 February 2024
މިހާރު ފޮރިން މިނިސްޓްރީ މިހިގަނީ ހިގަންޖެހޭ ގޮތަށް. ރައީސް ހިޔާރުކުރެއްވީ ވަރަށް ގާބިލް ވަޒީރެއް.
އަލީމްް
08 February 2024
މި ސަރުކާރަކީ ވަރަށް ހިންގުންތެރި ސަރުކާރެއް. އެކަން މިހާރު ރައްޔިތުންނަށް ކަށަވަރުވާނެ.
ރައްޒާގް
07 February 2024
ކިޔަވާ ކުދީންނަށް ލުޔަށް ކަމެއް ކޮށްދޭނެ ނަމަދޯ ޔޫރޮޕަށް ކިޔަވަން ދާ ކުދީން ވިސާ ހޯދަން ހާދަ ހާލުގައޭ އުޅެނީ. ގިނަ ކުދީންނަށް ދެވެނީ ކޯސް ފެށޭ ފަހުން. ރައީސް އާއި މިނިސްޓަރ މި ކަން ވެސް ބައްލަވާ ދެއްވުން އެދެން.