ރާއްޖެ އައި ފުރަތަމަ ފަސިންޖަރު ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ އާއި އޭނާގެ އަންހެނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ފޮޓޯއެއް ނަގަނީ.---ފޮޓޯ: އެމްއޭސީއެލް
01 ޖެނުއަރީ 2026 - 13:06
ރާއްޖެ އައި މި އަހަރުގެ ފުރަތަމަ ފަސިންޖަރަކަށް ޖަރުމަނުގެ ޓޫރިސްޓަކު ވެއްޖެ އެވެ.
އެތިހާދު އެއާވޭސް އިން މިއަދު ހެނދުނު ރާއްޖެ އައި ފުރަތަމަ ފަސިންޖަރަކީ ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ އެވެ. އުމުރުން 54 އަހަރުގެ އެ ޓޫރިސްޓު ރާއްޖެ އަށް ޒިޔާރަތްކުރީ އަންހެނުންނާ އެކުގަ އެވެ. އަދި އެއީ އެ ދެމަފިރިން ރާއްޖެ އަށް އައި ފުރަތަމަ ފަހަރެވެ.
ރާއްޖެ އައި ފުރަތަމަ ފަސިންޖަރު ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ އާއި އޭނާގެ އަންހެނުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް
އަހަރުގެ ފުރަތަމަ ފަސިންޖަރަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހާއްސަ ހަފުލާއެއް ވެސް ބޭއްވި އެވެ. ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގު އެވެ.
ރާއްޖެ އައި ފުރަތަމަ ފަސިންޖަރު ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ އާއި އޭނާގެ އަންހެނުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު މަރުހަބާ ކިޔަނީ.---ފޮޓޯ: އެމްއޭސީއެލް
އެ ހަފުލާގައި ތޯމަސް އަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރު ރާއްޖެ އަންނާނެ ކަމަށް ފަހުން ލަފާކޮށްފައި ވަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް އަހަރު ފެށުނުއިރު ލަފާކުރީ 2.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެމްބަރު މަހު އެވްރެޖުކޮށް 7،000 ޓޫރިސްޓުން ރާއްޖެ އަށް އާދެ އެވެ. އަދި އެ އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނަ އިރު މިއީ 2024 އަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.
Copyright © 2026 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy