މަޖިލީހުގައި މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
08 ފެބުރުއަރީ 2024 - 13:36
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ ޕީއެންސީ އަށް ހަތަރު ގޮނޑި ހޯދަވައިދެއްވާނެ ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކިނބިދޫގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ އެ އަތޮޅު ރައީސްގެ ރާޑަރުގައި ބަހައްޓައިގެން އިގްތިސާދީ އެޖެންޑާ ހާސިލުކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސަށް ލިބިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ތަރައްގީ ގެނައުމަށް މަޖިލީހުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތަކާއި ސަރުކާރަށް ގާނޫނީ ގޮތުން ބޮޑެތި ބަދަލުތައް ގެނެވޭނީ ވެސް ބޮޑު މެޖޯރިޓީއެއް އޮވެގެން ކަމަށެވެ.
President Dr @MMuizzu met with Kolhumadulu Kinbidhoo Island's residential community, where he assured development aligned with the residents' wishes with the construction of a causeway. He further unveiled plans for accessible transportation throughout the atoll. pic.twitter.com/di7fpydY0n
— The President's Office (@presidencymv) February 8, 2024
އޭނާ ވިދާޅުވީ މިހާ ހިސާބަށް އައި އިރު ތ. އަތޮޅު ރާޑަރަށް ނާރައި އޮތް ސަބަބާ މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށާއި ތަރައްގީ ގެނައުމަށްޓަކައި ރައީސް މުއިއްޒުގެ ފަހަތްޕުޅަށް ހުރިހާ ފިކުރެއްގެ މީހުން މި ފަހަރު އަރަންޖެހޭ ކަމަށެވެ.
"އަޅުގަނޑު ރައީސަށް ޔަގީންކަން އަރުވަން ﷲ ގެ ވާގިފުޅާއި ރައްޔިތުންގެ ތާއީދާ އެކު ކޮޅުމަޑުލުގެ ހަތަރު ގޮނޑި ރައީސަށް އަރުވާނަން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް ހުއްޓާލައްވާނީ ރަން ވަނައަކާ އެކު ކަމަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް އާބާދީގެ ނިސްބަތުން އެންމެ ގިނަ އަދަދަކަށް ވޯޓު ލިބުނީ ވެސް ތ. ގުރައީދޫންނެވެ.
ތ. ކަނޑޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތ. އަތޮޅު ތަރައްގީގެ ރާޑަރުން ކައްސާލައި، ބާކީ ވެފައި އޮތް އަތޮޅަކަށް ވިޔަސް ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ އަތޮޅަކަށް ހައްދަވައިދެއްވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ކިނބިދޫ އާއި ވޭމަންޑޫއާ ގުޅާލައި ތަރައްގީ ކުރާ ކޯޒްވޭގެ މަޝްރޫއުއަކީ މިދިޔަ ސަރުކާރުގެ ވައުދެއް ނަމަވެސް އެކަން ނުވެގެން އެތައް ފަހަރަކު ސުވާލުކުރުމަށް މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރެއްވި ކަމަށެވެ. އެކަމަކު ސަރުކާރު ނިމިގެންދިޔައީ އެކަން ބިލާހަކަށް ވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނބިދޫ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒަށް ފާޑުވިދާޅުވެ ރިޔާޒު ވަނީ ކިނބިދޫ-ވޭމަންޑޫ ކޯޒްވޭގެ މަސައްކަތް ސަރުކާރުގެ އެޖެންޑާގައި ހިމަނައިދެއްވުމަށް ރައީސްގެ ކިބައިން އެދިވަޑައިގެންފަ އެވެ.
"މިހާރު ކިނބިދޫ ދާއިރާ ތަމްސީލުކުރާ މެމްބަރު ވަރަށް ނުފޫޒު ގަދަކޮށް މިދިޔަ ސަރުކާރުގައި ހުންނެވި ކަމުގައި ވިޔަސް އެކަން މިދާއިރާއަކަށް ކޮށްދެއްވާފައި ނެތް. އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އަޅުގަނޑު ދެކެން،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވަނީ މަސްވެރިކަމާއި ޓޫރިޒަމް ވެސް އެ ދާއިރާގައި ފުޅާ ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތ.އަތޮޅު
09 February 2024
ތ. އަތޮޅުގެ މަޖިލިސް މެމްބަރަކަށް ތިޔަ ރިޔާޒް ހުންނަވައިގެން ތ. އަތޮޅު ރާޑަރަށް ނާރައި އޮތް ސަބަބަކީކޮބާތޯ؟؟؟؟؟؟؟
މަރުމޯލު
09 February 2024
ސަރުކާރު ކޮޅުގައި މިވަގުތު ހުރީމާ މުއިއްޒު އަށް ވޯޓްދީގެންނޫނީ ކަމެއް ނުވާނެކަމަށް ބުނާއިރު ކުރީސަރުކާރުގެ މުއްދަތުގައި އިދިކޮޅުގައި ހުރިއިރު ދިމާއިދިކޮޅަށް ވާހަކަ ހުރީ. ވާނުވާ އެގޭ.
ފިކުރޭ.....
08 February 2024
ކޮންކަހަލަ ގޮޑިއެއްތަ ރިޔާޒު
މޫސާކުއްދާ
08 February 2024
ވޯޓް ލުމުގެ ބޭނުމެއްވެސް ނެތްތާ!
އަލީމު
08 February 2024
ގޮޑި ލިބިދާނެ. ތިކަމަކާ ސުވާލެއް ނުކުރަން. ކަލޭމެން އަތުގަ ފައިސާހުރިއްޔާ އެކަންވާނެ. އެކަމުގެ ގެއްލުން ލިބޭނީ ރައްޔިތުންނައް. ކަލޭމެން އަރާމުގަ ބޮޑު މުސާރަނަގައިގެން އަދި ސިންގަޕޫރުން ބޭސްކޮއްލައިގެން ތިބެވިދާނެ. ރައްޔިތުމީހާ އާދޭސް ކޮށްކޮށް އޮވެ މަރުވާނީ!!!
ހަންބޯ އާދަނު
08 February 2024
ތ. އަތޮޅަށްވުރެ މާ ފަސޭހައިން ގޮނޑިލިބޭނެ އެސްޓާރސް އަށް ޖައްސާލަބަލަ. ބެނުންވަރަކަށް ލިބޭނެ.
ނަނަނަ
08 February 2024
މާލެއަތޮޅުންނާ އައްޑޫއަތޮޅުން 12 ގޮނޑި މޑޕ ޢަށް ހޯދަ ދޭނަން: ނަނަނަ
މަތިފަޑީގަ ތިއްބަކަސް
08 February 2024
8 ފެބް، ބޭފުޅާމެން ހާވާކަހަލަ ހަޑި އިއްޔެ ދަނޑުންވެސް އެފެނުނީ
ދިއްދޫމީހާ
08 February 2024
ރާގޮނޑި، ހުނިގޮނޑި، މަސްގޮނޑި، އަނދަގޮޑި ހަތަރު ގޮޑި ހަމަވީދޯ؟ ނިމިދިޔަ ރިޔާސީ އިންތިހާބްގައި އަމިއްލަ އަތޮޅުން އަމިއްލަ ޕާޓީއަ ލިބުނީ ކިތައް ވޯޓްތޯ؟؟
ފަހުދު.
08 February 2024
ލަގޮންޑި ލިބޭނެ އެންނު
ހޭބަލި
08 February 2024
ފުރަތަމަ ޔާމީނުގެ ނަންޖަހާފައިން ހުސް ގޮނޑި ހޯދާދެއްވާށެވެ.