އިޒްރޭލުގެ ފުޓްބޯޅަ ޓީމު: އެ ގައުމަށް ފިޔަވަޅު އަޅަން ޔޫއެފާއިން ބޭނުމެއް ނުވޭ
09 ފެބުރުއަރީ 2024 - 08:36
ޕެރިސް (ފެބްރުއަރީ 9) – ރަޝިޔާ އާއި އިޒްރޭލާ އަޅާ ނުކިޔޭނެކަމަށް ބުނެ، އިޒްރޭލާ ދެކޮޅަށް ފިޔަވަޅު އަޅަން ޔޫއެފާއިން ދެކޮޅު ހަދައިފި އެވެ.
އުރުދުންގެ އެފްއޭގެ ރައީސް އަދި އެ ގައުމުގެ ވެރިކަންކުރާ ޝާހީ އާއިލާގެ އަމީރު އަލީ ބިން އަލް ހުސައިން ވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. ހުޅަނގު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމު ވެސް އަދާކުރައްވަމުން އަންނަ އަލް ހުސައިންގެ ގޮވާލުމަށް އެ ފެޑެރޭޝަންގެ އެހެން މެންބަރުން ވެސް ތާއީދު ކުރެ އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން 2022 ގައި ފެށި ހަނގުރާމައިގައި، ރަޝިޔާއާ ދެކޮޅަށް ޔޫއެފާއިން ފިޔަވަޅު އެޅި އެވެ. ގަތަރުގައި 2022 ގެ ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މަރުހަލާގައި ވާދަ ކުރުމުގެ ފުރުސަތު ވެސް ރަޝިޔާ އަށް ނުދިނެވެ.
އެކަމަކު ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު އެޅި ހާލަތު އިޒްރޭލުގައި ނެތް ކަމަށް ޔޫއެފާގެ ސެކްރެޓަރީ ޖެނަރަލް ތިއޯޑޯ ތިއޮޑޯރިޑިސް ވިދާޅުވި އެވެ.
އިއްޔެ ޕެރިހުގައި ބޭއްވި ޔޫއެފާގެ ކޮންފަރެސްގައި ތިއޯޑޯ ވިދާޅުވީ އިސްވެ ހަނގުރާމަ ފެށީ އިޒްރޭލު ނޫން ކަމަށެވެ. އެކަމަކު ރަޝިޔާގެ މައްސަލާގައި އިސްވެ ހަމަލާތައް ދިނީ އެ ގައުމުން ކަމަށެ އޭނާ ވިދާޅުވި އެވެ. އެހެންވެ ރަޝިޔާ އާ މެދު ފިޔަވަޅު އަޅާނެ ޖާގަ އޮތް ކަމަށް ގްރީކަށް ނިސްބަތްވާ ތިއޯޑޯ ވިދާޅުވި އެވެ.
"ޔުއެފާގެ އެޑްމިނިސްޓްރޭޝަނުން އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ނުވަތަ އެފަދަ ވިސްނުމެއް ވެސް ނުގެންގުޅޭ،" އިޒްރޭލާ ދެކޮޅަށް ޔޫއެފާއިން ފިޔަވަޅު އަޅާފާނަންތޯ ސުވާލު ކުރުމުން ޕެރިހުގެކޮންފަރެންސަށް ފަހު ތިއޮޑޯ ވިދާޅުވި އެވެ.
"އެ ދެ ގައުމު [އިޒްރޭލާއި ރަޝިޔާ] އަޅާކިޔާއިރު މުޅިން ތަފާތު ދެ ހާލަތެއް އެއީ. ހަނގުރާމަ ފެށުނު ގޮތް ހަނދާން ނައްތާނުލާ، ޔޫކްރެއިންގެ (ހަނގުރާމަ) ވާހަކަ، އަދި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ފެށުނު ގޮތަށް ބަލާ. އިސްވެ ހަނގުރާމަ ފެށީ ކޮންބައެއްތޯ ބަލާ."
ގައްޒާއާ ދެކޮޅަށް އިޒްރޭލުން ކުރިމަތިކޮށްފައިވާ ފިއްތުންތަކާ ދެކޮޅަށް ކަމަށް ބުނެ ފަލަސްތީނުގެ ހަމާސްއިން ވަނީ އިޒްރޭލާ ދެކޮޅަށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ފަހުން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފެށި އެވެ. ފަސް މަސް ވީއިރު ހަނގުރާމަ ދަނީ ކުރިއަށެވެ. "ޖެނޮސައިޑް ވޮޗް" އިން ބުނި ގޮތުގައި އިޒްރޭލުން ގާޒާގައި ހިނގަމުން އެދަނީ ފާޅުވެގެންވާ ބޮޑު ގަތުލުއާންމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
10 February 2024
ކަލޭމެންނަކަށް ނުފެންނާނެ. އިޒްރޭލުގެ ޢުދުވާނުތަކަށް ކެތްނުވެގެން ފަލަސްޠީނުން ކުރިކަމެއް ކުުރީ. ދެފުށްދެގޮތްވިޔަސް ބޮޑުވަރުތީ.
ބސވސ
09 February 2024
ތީ އެއްބަޔެއް. އެމެރިކާގެ ފައިދަށުނުާ ކޮންމެ ބަޔަކަށް ޖެއްސު.ާއި ފުރައްސާރަ އަންނާނެ
ލަނޑަޔާ
09 February 2024
ލަނޑަޔާވާނީ ލަނޑަޔާ.. حسبنا الله ونعم الوكيل ? ސަހްޔޫނީ ޓެރެރިސްޓް ބައިގަނޑު ބަލިކުރައްވައި ނިކަމެތި ކުރައްވާނދޭވެ. يا رب العالمين.
އަމީނު
09 February 2024
ވާނެ ތަ