ކޮޗިން އިން ޓްރެވެންޑްރަމަށް ދަތުރުކުރާ ހައިވޭ މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ދަ ހިންދޫ
10 ފެބުރުއަރީ 2024 - 10:45
އިންޑިއާގެ ކޮޗިންގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ތިން އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
އެއީ އުމުރުން 25 އަހަރުގެ ދަރިފުޅާއި އޭނާގެ 50 އަހަރުގެ މަންމަ އާއި 54 އަހަރުގެ ބޮޑުދައިތަ އެވެ. އެއީ ރ. އަލިފުއްޓަށް އުފަން އާއިލާއެއްގެ ބައެކެވެ.
ކިމްސް ހޮސްޕިޓަލާ 40 ވަރަކަށް ކިލޯމީޓަރު ދުރުގައި އެކްސިޑެންޓުގައި އަނިޔާވި، އެކެއްގެ ފިރިމީހާ "މިހާރު" އަށް ބުނީ އެކްސިޑެންޓު ހިނގީ ކޮޗިން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ފަހު، އަނބުރާ ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގައި ކަމަށެވެ.
ރޭ 11:30 ގައި ފެށި ދަތުރުގައި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހައިވޭ މަތިން ކާރު ޑްރައިވަރު އެއް ފަޅީގައި މަޑުކޮށްލި ވަގުތު އަނެއް ފަޅިން އައި ކާރެއްގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި ތިން މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވަނީ ވެފަ އެވެ. އުމުރުން 25 އަހަރުގެ އަންހެން މީހާގެ މޫނުމަތިން ދެ ތަނެއް ފަޅައިގެން އޭނާގެ މަންމަގެ ފައި ބިނދި މޫނަށް ވެސް އަނިޔާ ވެފައިވާ ކަމަށް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ، އެކްސިޑެންޓު ހިނގި ވަގުތު ބޮޑުދައިތަގެ މޫނަ މަތި ފަޅައިގެން ގޮސް ހޭނެތުނު ކަމަށާއި އޭނާ މިހާރު ހޭ އަރާފައިވާ ކަމަށެވެ.
އެ ތިން މީހުން ވަގުތުން ހޮސްޕިޓަލަށް ގެންގޮސް، އަނިޔާވި ދެ މައިންގެ ސާޖަރީ މިހާރު ވަނީ ފަށައިފަ އެވެ. ހޭ ނެތުނު މީހާއާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ބުންޏެވެ. ތިން މީހުން ވެސް މިވަގުތު އޮތީ ކްރިޓިކަލް ހާލަތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
11 February 2024
ހައިވޭއެއްގަ މަޑު ކުރެވޭނީ ދުއްވާ އުޅަދައް މައްސަލަޔެއް ދިމާވެއްޖެ ފަދަ ހާތައްތަކުގަ ސަލާމަތީ ރޮނގުގެ އަނެއްފަޅީގަ އެހެންވެ ހައިވޭތަކުގަ އެއްވެސް ވަރަކައް ދުވެލި ދައްނުކޮއް ހައިވޭން ފޭބޭގޮތައް ހަދާފަ ހުންނަނީ އަނެއް ފަޅިން އައިއެއްޗެކޭ ގޮތީމަ ހީވަނީ ދެކޮޅައް ދުއްވާ މަގެއްހެން! ކޮންމެ ގޮތަކައް ދިމާވިއަސް ވަރައް ހިތާމަ ވެރި ހާދިސާއެއް
ކިހާދެެރަކަމެއް
11 February 2024
މި އެކްސިޑެންޓަކާ އިންޑިއާ އައުޓަކާ ކޮން ގުޅުމެއް. މި ދިވެހިރާއްޖޭގައި އެކްސިޑެންޓް ނުހިނގަނީތަ؟؟ ތި ކުރެވެނީ އަނިޔާ ލިބުނު މީހުނަށް މަލާމާތް. ޖާހިލު ވިޔަސް ފުކެއް ބޮޑުވަރު.
ދޮން ފުތާ
10 February 2024
ވަރައް ރަނގަޅު ވާހަަކައެކެވެ.
އަނީސް
10 February 2024
ހަމަ އިންޑިއާ އައުޓް ކިޔަން ޖެހިގެން ކިޔަނީ
ޭަައެބޭ
10 February 2024
ޙިތާމަވެރި ހަބަރެއް
ޑރ. ރާމީ މ.ވައިނުޖެހޭގެ ޕީ.އެން.އެފް
10 February 2024
ދުއްވާ އެއްޗެއްކަށް ނުވަތަ ސަވާރީ އަކަށް އަރާ ނަމަ ކިޔަންވާ ތަކެތި ކިޔުމަށް ހުރިހާ ބޭފުޅުން ވެސް ހަނދުމަފުޅު ކުރަން ވާނެ! މާތް ﷲ އަވަސް ޝިފާ އެއް މި ތިން ބޭފުޅުންނަށް ދެއްވަވާށި! އާމީން.
ކި
10 February 2024
ތި ދުވާލިޔައިފިންޔާ އެކްސިޑަންޓް ނުވަނީތަ؟ ކޮންމެތާކަ ދީންވައްދާތި.
ހާމަކުރަން
10 February 2024
ކި@..ދަތުރުގެ ދުޢާ ކިޔައިގެން ހުއްޓާ އެހުރެވެނީ މާތްﷲގެ ރައްކާތެރިކަމުގަ..އެހެންވީއިރު އެމީހަކަށް ސަލާމަތްކަން ދެއްވާނެކަމީ ޔަޤީންކަމެއް..އެއަކު އެއްވެސް ޝައްކެއްނެތް..ދީނަކީ މުސްލިމުއަޅާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ގުޅިލާމެހިވާއެއްޗެއް..ތިބާއަށް ދީން ނޭނގޭތީ ތިކަހަލަ އެއްޗެހި ތިކިޔަނީ..
ކޮރަލް
10 February 2024
ދީނަކީ ނަސޭހަތެވެ. ނަސޭހަތް ދިނުން ހުއްޓާ ނުލާށެވެ.
ބޭހދ
10 February 2024
ސުބްހާނަﷲ. އަވަސް ޝިފާއެއް ދެއްވާށިއެވެ.