ރައީސް ޑރ. މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާއިރު ހާރިޖީ ވަޒީރު ޒަމީރު އަރިހުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
11 ފެބުރުއަރީ 2024 - 11:31
ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމަކަށް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 46 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ރައީސް މުއިއްޒު ދެއްވި ހިތާބުގައި ވިދާޅުވީ އަލިރަސްގެފާނުގެ މަތިވެރި ޖިހާދުން އަދުގެ ސިޔާސީ ބޭފުޅުންނަށް ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވާން ކަމަށެވެ. ދިވެހިންގެ ސަލާމަތް ދިވެހިން ހޯދަން އެ ޖިހާދުން އެބަ ގޮވާލާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަލިރަސްގެފާނުގެ ޖިހާދުން ދިވެހިންނަށް ދޭ އެންމެ ބޮޑު އެއް ފިލާވަޅަކީ މާތްﷲ ހައްގަށް ނަސްރު ދެއްވާނެ ކަމެވެ. އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އަލިރަސްގެފާނު ޝަހީދުކޮށްލެވި ތަނުގައި ހަދާފައިވާ އަލިރަސްގެފާނުގެ ޒިޔާރަތުގައި ހުންނަ އެ ޒިޔާރަތާ ގުޅޭ މައުލޫމާތު ލިޔެފައިވާ ބޯޑު.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް މުއިއްޒު ވިދާޅުވީ ބޭރުގެ ބާރަކަށް ނަފާ ލިބޭ ގޮތަށް އޭރުގެ ވެރިން ދޫކޮށްލެއްވި ބައެއް ރަށްތައް ކާބަފައިން، ދިވެހިންނަށް އަލުން ހޯދައިދިން ކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ މި ސަރުކާރުން ދިވެހި ކަނޑުން ގެއްލުނު ބައި ވެސް އަނބުރާ ހޯދައިދޭނެ ކަމުގެ ވައުދު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.
ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން: ރައީސް
"ދިވެހި ބިމަކީ ބޭރުގެ އަސްކަރީ ބާރުތަކަށް ޖާގަ ނެތް ބިމެއް ކަމުގައި ހަދާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"އަދުގެ ދުނިޔޭގައި އަމިއްލަ ފަސްގަނޑު، އެ ބައެއްގެ އަތުގައި ނެތް ގައުއުމުތައް އުޅޭ ހާލު އަބަދާ އަބަދު އެބަ ފެނޭ. ފަލަސްތީނަކީ އޭގެ މިސާލެއް. އެފަދަ ދުވަހެއް މި އަމާންކަމުގެ ސުވަރުގެއިން ދެކޭކަށް އަޅުގަނޑުމެން ނޭދެމު. އެހެންކަމުން، ދިވެހިރާއްޖޭގެ މި ފަހުރުވެރި ޝަހީދުންގެ ދުވަހު އަޅުގަނޑުގެ އިހުލާސްތެރި އިލްތިމާސަކީ މިއީ. ގައުމަށް ތެދުވެރިވާށޭ! ދީނަށް ހުރުމަތްތެރިކޮށް ހިތާށޭ! ދައުލަތަށް ވަފާތެރިވާށޭ!،" ރައީސް ވިދާޅުވި އެވެ.
ކޮންމެ ހިޖުރީ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ޝަހީދުންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަހަކީ މީގެ 480 އަަހަރު ކުރިން ދިވެހިންގެ ދީނާއި މިނިވަންކަމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރަމާކުރައްވައި އަލިރަސްގެފާނު ޝަހީދުވި ދުވަހެވެ. ރަސްމީ ގޮތުން މި ދުވަސް ފާހަގަކުރަން ފެށިތާ އަދި ވީ 46 އަހަރެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުތަކުގައި ދިވެހި ދިދަ ބަހައްޓައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވީ ރާއްޖޭގައި ގާއިމުވެތިބި އިންޑިއާގެ ސިފައިން ބާލާގެ ކަމުގެ ވައުދާ އެކުގަ އެވެ. އެހެންވެ، ދެ ގައުމުގެ ދެމެދުގައި މިހާރު ފަށާފައިވާ މަޝްވަރާގައި އެއްބަސްވި ގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މި އަހަރުގެ މޭ 10 ނިޔަލަށް ފައިބައިގެން ދާނެ އެވެ. އިންޑިއާގެ ސިފައިން ގާއިމުވެ ތިބި ތިން ޕްލެޓްފޯމުގެ ތެރެއިން އައްޑޫގައި އުޅޭ ސިފައިން އަންނަ މަހުގެ 10 ގެ ނިޔަލަށް ރާއްޖެ އިން ފައިބައިގެން ދާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
އިންޑިއާގެ ސިފައިން ބޭލުމާ އެކު، ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވާނީ އިންޑިއާގެ ސިވިލިއަނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޓޫ
12 February 2024
ވެރިކަމައް ޢައުމައް ގޮވި ގޮވެލި ވެރިކަމުގާ ގޮވުން
ޢަސަ
11 February 2024
ޥަރަރަގަޅު ތިގޮތުގައި ހުންނަންވާނެ އެއްކޮށް އިންޑިޔާ އަސްކަރީ މީހުން މިގައުމުން ބޭރުކުރަންޖެހޭނެ ގައްދާރު އެމްޑީޕީސަރުކާރު ފާބައިގެންދިޔައީ މުޅިގައުމު އިންޑިޔާ އަށްއަޅުވެތިކޮށްފަ ގައްދާރުބައިގަނޑު
މޫސާކުއްދާ
11 February 2024
ވެރިކަމަށް އައިއްސުރެ މިކިޔާ މުންޖެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނު. މިނިވަން މުސްތަގިއްލު ގައުމަކަށް އަރާ ހިފަން އުޅެނީ ކޮންބައެއްތަ؟ ހިފަން އުޅެންޏާ އުޅޭނީ އެވަރުގެ ބާރުގަދަ އަދި އދ. އަށްވެސް ގޮންޖަހާލެވޭފަދަ ބައެއް. އެކަހަލަ ދުވަހެއް އަތުވެއްޖެނަމަ ކުރެވޭނީ ކޮންކަމެއް. އެފަދަ ދުވަހެއް ނުދައްކަވާށި، އާމީން.
އެކަލޯ
11 February 2024
ޔައުނީ ބޭރުގެ ސިފައިން ދެންތިބޭނީ ކުލަ ހެދުމުގައޭ ދެއްތޯ.
އެއްކަށިވީރު
11 February 2024
ބޭރުގެ ބާރިތަކަށް ވުރެ ވެރިކަމުގެ ބާރުން ރައްޔިތުންގެ މިނިވަންކަމާ ދިރިއުޅުމުގެ ޙައްޤަށް އަޅާ ހުރަސް މާ ގޯސް. ބޯހިޔާވަހި ކަން ފަދަ އަސާސީ ޙައްޤުތަކަށް އަރައިގަނެގެން މިނިވަންކަމޭ ކިޔާ އަނގަހުޅުވަން ލަދުވެތިވާން ޖެހޭ. ފުރަތަމަ ތިމާ މެޑަމްގެ ކިބައިން މިނިވަން ވޭތޯ ބަލާބަލަ.
މިތާގެ އަތް ތިލަ ބަޑީ
11 February 2024
އަރާ ހުރެ ފޮނި ކަނޑާ އިރު މަސްތުވާ ތަކެތީގެ މީހުންނާއި ޕާޓޭން ގެ ވާހަކަ ނުދައްކަނީ ކީއްވެބާއޭ ހިތަށް އަރާ!
އަފްރާސިޔާބު
11 February 2024
ޕާޓޭންގެ ވާހަކަތަ ތިބުނީ. ބިރުން ގުޑްގުޑް އަޅާނެ އޭގެ ވާހަކަ ދައްކައިފިއްޔާ.
ސަނާސަ
11 February 2024
ތި ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި!
ހިނީ
11 February 2024
މުޅި މާލޭގެ ހުރިހާ ވިޔަފާރިޔެއް ކޮންޓުރޯލް ކުރަނީ މިހާރު ލަންކާ މީހުން . ދިވެހިރާއްޖޭގެ ހެދިފާހުރި ގާނޫނަކައް ގަވައިދަކައްބޯނުލަބާ ހިތު ހުރިގޮތަކަށް އުޅެމުންދަނީ ނޫވީތާކައް އެމީހުން ވިޔަފާރިކުރާ ފިހާރަކުރިމަތީ ގަ އެމީހުންގެ ވޭން ކާރު އެއްޗެހި ބަހައްތަނީ ތަނަކައްދާންވީމާ ދަނީ އެޖާގަ ރިޒާވުކޮއްފާ ޕަލެޓުބަހައްޓާފަ އަިސް އަނެއްކާ އެތާ އެޕާކުކުރަނީ އެހެން ނުހަދާން ބުނީމަ ދިވެހިމީހާޔައް އިންޒާރުމިދެނީ މިހާލަކައްބަލާ ޖަނަވަރީމަގު ލަންކާ މީހުން ހިންގާ ފި
މުސްކުޅިބެ
11 February 2024
ތީ ވަރަށްބޮޑު ހަގީގްތެއް. ލަންކާމީހުން ވިޔަފާރިކުރާ ހުރިހާ ފިހާރައެއްގަވެސް ހުންނަނީ ތިގޮތައް. އެހެންއެވަނީ ރާއްޖޭގަ ހަދާފަހުންނަ ގާނޫނުތަކާ ގަވާއިދުތައް ތަންފީޒު ނުކުރެވޭތީ. ވެރިކަމަށް އަންނަ މީހާވެސްބަލަނީ 5 އަހަރު ނިމޭއިރު ގައުމު ފުނޑުނަސް އޭނަޔާ އޭނަގެ އައުވާނުންގެ އެކައުންޓަތައް ފުރާލެވޭނެގޮތެއް. މި ކަންކަން ހަމަޔަކަށް އެޅުވޭނީ ތަންކޮޅެއްބޮޑަށް ރައްޔިތުން މިކަމާ އުޅެގެން. މަދަނީ ޖަމްއިއްޔާތއްވެސް ބަލަނީ އޭރެއްގަ އޮންނަ ސަރުކާރުން ނަފާނަގަން.
މުޖާހިދް
11 February 2024
މުއިއްޒުއަށް ދެވަނަ ދައުރެއް ދޭންޖެހޭވަރުވޭ. މިފަހުގެ ތާރީހުގަ އަމިއްލަ އެދުން އިސްނުކޮށް ގައުމިއްޔަތު އިސްކޮށް ވާހަކަ ދައްކާ ވެރިއެއް މި ނުނީ ނުދެކެން
ދައުރު
11 February 2024
ވާހަކަ ދައްކަނީ. އަމަލު ދިމާ އިދިކޮޅު. މިވަރުގެ ދޮގުވެރިޔެއް އަދި ރާއްޖޭގެ ވެރިކަމަކަށް ނާދޭ.
ޚުރިޓިކު
11 February 2024
އަމިއްލަ އެދުން އެއީ އެމަނިކުފާނު ދެނެވަޑައިގަންނަވާ ކަމެއް އަދި ބަހެއްވެސް ނޫންކަމަށް އަހުރެން ޤަބޫލްކުރާން ނިންމީ މުލީއާގެ ތައްޔާރު ކުރެއްވި ވަރު އަޑު އަހާފަ އެވެ. ދެވަނަ ދައުރެއް ދީފިނަމަ މިތަން އަފްޤާނިސްތާނަށް ހަދާނެއެވެ. މިހާރުވެސް އެކޮޅުމަތި އެބަފެނެއެވެ.
އަފްރާސިޔާބު
11 February 2024
ފޮނި ބައިސާ ކަނޑާތީތަ؟
އެކަލޯ
11 February 2024
މަށަށް ފެންނަނީ ހަތަރު ދައުރު ދޭން.
ނުއުމާން
11 February 2024
އިންޑިޔާ ސިފައިން ކީއްކުރަން އެއްވެސް ގައުމެއްގެ ސިފައިންނެއް މިރާއްޖެއަކު ނުތިބޭވޭނެ. އެފަދަ ފުރުސަތެއްދީގެންވެސް ނުވާނެ. އަހަރެން މުއިއްޒުއަށް އިތުބާރު ކުރަން