ހައުސިން މިނިސްޓްރީން ކުރިން ބޭއްވި ނިއުސް ކޮންފަރެންސްއެއްގައި ހައުސިން މިނިސްޓަރު ޑރ. ހައިދަރު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
13 ފެބުރުއަރީ 2024 - 12:58
ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހެކެވެ. އެއީ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި 4،000 މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނެވެ.
ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް އެކަނި ކަމަށެވެ. އެ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ލިބުމާ އެކު ޝަތުރު ހަމަވާ ކަމަށް އެ ކޮމިޝަނުން ކަނޑައެޅި މީހުންގެ މައުލޫމާތު މިނިސްޓްރީން ވެރިފައި ކުރުމަށް ފަހު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ރާވަނީ މި އަންނަ ހަފުތާގައި [ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދިނުން] މި މަސައްކަތް ފަށައި ގަނެވޭނެ ކަމަށް. އެއީ އަޅުގަނޑަށް އޭސީސީން މައުލޫމާތު ލިބިފައި އޮތް ގޮތުގައި ދެތިން ދުވަހެއްގެ ތެރޭގައި އެކްސެސް ލިބޭނެއޭ،" ހައިދަރު ވިދާޅުވި އެވެ.
"ޕޯޓަލްއަށް އެކްސެސް ލިބުނީމަ އަޅުގަނޑުމެންނަށް [ޝަރުތު ހަމަވާ] މީހުންނަކީ ކޮބައިކަން ކަނޑައެޅިގެން އެނގި، އެމީހުންނަށް ގުޅައިގެން ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވިސްނާފައި އޮތީ."
އެ މަސައްކަތް ފަށައި ގާތްގަނޑަށް ދެ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮނިކް
15 February 2024
ހައިދަރު ފެނުނަސް ހީވަނީ ފުލެޓެއްހެންދޯ
ގުއިއްޒު
15 February 2024
މިވާނީ އާ މަޝްރޫޢަކަށް. އެހެންމީހުން ކޮށްކޮށް ހުރި ކަންކަން މި މީހުންނާ ހަވާލުވި އިރަށް މިވީ އާ މަޝްރޫއުތަކަކަށް. ދުނިޔެ ފެނިފަ އަހަރެމެންނަށް މިތިބީ.
ހައްގުވެރިންގެ ފްލެޓްތައް ކުލީ ވިޔަފާރީގަ
14 February 2024
ހައްގުވެރިންގެ ނަމުގައި ދައުލަތް ދަރަނިވެރިކޮށްގެން އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ބޮޑުބައި އެއޮތީ ކުއްޔަށްދީފައި. ފްލެޓްލިބުނުމީހާ އުޅެނީ ސިންގަޕޯރ އޮސްޓްރޭލިއާ ނޫނީ ނިއުޒީލޭންޑްގަ. ފުރަތަމަ ކުއްޔައްދީފަހުރި ތަންތަން އަތުލާފަ ހައްގުވެރިންނަށްދީ
އައުޒަމް
14 February 2024
ނަމުން ސޯލިހް ކަމުން އަނިޔާވެރި މީހެއް ކަން އިބޫގެ ތި ލިސްޓުން އެކަނިވެސް ސާފް
މުންތަސިރު.
14 February 2024
މިސަރުކާރުން އެބަޖެހޭ ހައްގުވެރިން ކަށަވަރު ކުރަން ތި ގެތަކަށް ދާން. ބަޔަކު ހިތް ހަމަ ނުޖެހުނަސް ހައްގު ނޫންނަމަ އަތުލާ
ހައްގުވެރިޔާ
15 February 2024
ހައްގު ތިޔަބަޔަކު މާނަ ތިޔަކުރާގޮތެއް ވެސް އެނގެންޖެހޭ.
ރިއުޝާ
14 February 2024
ހައްގުވެރިންނަށް ނޫން އިބޫ ދިނީ. އެ ބާތިލް ކުރޭ
ތަސްމީނާ
13 February 2024
މީގެ ކުރިން ދޫކޮށްފަ ހުރި ހުރިހާ ފުލެޓް ތަށް ދީފަ ހުރީ ރަނގަޅަށްތޯ ބަލަން ސަރުކާރަށް ގޮވާލަން، މިކަންތަށް ކޯޓަށް ގެންގޮސް ނަމަވެސް ބަލާދިނުމަށް ގޮވާލަން،
މަރީ
13 February 2024
އަހަރަމެން ނަށް ލިބިފަ އޮތް ފުލެޓް މިސަރުކާރުން އަތުލާފިންޔާ އޭގެ ހިތި ފެންނާނެ. އިންސާ ﷲ
މަރީގެ އަމާ.
13 February 2024
ދަރިފުޅާ. ދަރިފުޅުވެސް މަކަރުހަދާ އޮޅުވާލައިގެން ދޮގު މައުލޫމާތު ދީގެން ވަގަށް ފުލެޓް ދަމައިގަންނަން އިބުރާހިމް މެނާއި ބައިވެރިވެގެން ފުލެޓް ހޯދާފައިވާނަމަ އިންޝާ ﷲ ދަރިފުޅަށް އެފުލެޓް ނުލިބުނީއްޔާ އަމައަށް ރަނގަޅީ. އޭރުން އެދުނިޔެއިން ފުލެޓެއް ލިބިދާނެކަން ނޭގެ.
މޯޑޭ
13 February 2024
ެރައީސް މުއިޒް ވައުދު ކޮބާހޭ? ދީފަހުރި ފުލެޓެއް ވިޔަސް ގޯޗެއް ވިޔަސް އެދިންތާކުން ދޭނަމޭ ތަކުރާރުކޮށް ނުބުނޭތޯ.
ހާމިދު
13 February 2024
މާތްރަސްކަލާންގެޔާ ވަކީލު ހައުސިންމިނިސްޓަރަކު ކުރިންވެސް ފުލެޓުން މަކަރުހެދި ފޯމް ނަންބަރު އެކަނިން ރައްޔިތުނައް ހާމަ ކޮއްލައިގެން
މަދިނާ.
13 February 2024
ކުރިން މަކަރު ހަދާފައިވާތީ މިހާރު ރަނގަޅަށް މިކަން ކުރެވޭތޯ ހައިދަރު އެއުޅެނީ.
މމމމމކކކކކ
14 February 2024
މިހާރަކުވެސް ރަނގަޅަކަށް ނޫން އެކަން އެކުރަނީކީ