ރައީސާ މަޖިލީހުގެ ރައީސް: މަޖިލިސް ގަވާއިދަށް ގެނައި އިސްލާހު ކުރަން ސަރުކާރުން ހުށަހެޅި މައްސަލާގެ ޝަރީއަތް ވަނީ އަވަސް ކޮށްފައި --- ފޮޓޯ/މިހާރު
18 ފެބުރުއަރީ 2024 - 14:02
ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ގުނާ ގޮތަށް ގެނައި އިސްލާހު ބާތިލްކުރަން ސަރުކާރުން ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން އަވަސްކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނެސްފައިވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ ގުނާ ގޮތަށެވެ. އެ ބަދަލާ އެކު، ރައީސާއި ނައިބު ރައީސް ފަސޭހައިން ވަކި ކުރުމުގެ ފުރުސަތު އޮވެ އެވެ.
އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައުގެ ޝަރީއަތް ފަށަން އެންމެ ފުރަތަމަ ތާވަލްކުރީ އަންނަ ހަފުތާގައި ބާއްވާ ގޮތަށެވެ. ނަމަވެސް މިހާރު ވަނީ އަންނަ ބުދަ ދުވަހަށް އެ ޝަރީއަތް އަވަސްކޮށްފަ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ނިމެންދެން އެ އިސްލާހަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް މަޖިލީހުން ނިންމީ އެ އަމުރަށް އަމަލު ނުކުރުމަށެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ވަނީ، މަޖިލީހުގެ ކޯރަމް ގުނާ ގޮތް ގަވާއިދުން ބަދަލުކުރި ބައި އުވާލައި އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ހަދައި މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްނާން މުހައްމަދު
19 February 2024
މުއިއްޒްގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖެއްސުން ކުރުން ނޫން ކަމެއް ނުކުރޭ. ވަރަށް ހަޑި އެމްޑީޕީއިން އުޅޭ ގޮތް.
އާދަމް އާޒިޖް
19 February 2024
ބަގާޥަތް ހުއްޓުވުމަށް ސުޕްރީމްކޯޓަށް ގޮވާލަން.
އާބިދު ސައީދު
19 February 2024
މިސަރުކާރު ބަގާވާތަކުން ވައްޓާލަން މިމީހުން މުއުޅެނީ. ވަރަށް ހަޑި ކަމެއް މިއީ.
މުހައްމަދު ސަމީއު
19 February 2024
މުއިއްޒްގެ ސަރުކާރަށް ޖެއްސުން ކުރަން އުޅޭ އުޅުން ބަލަޔެއް ނުގަނެވޭ.
ސާމް ނާފިޒް
19 February 2024
މިކަން އަވަސްކޮށް އެބަޖެހޭ މަޖިލިސް ސައިޒްކުރަން.
ފެންނަގޮތް
18 February 2024
އެމްޑީޕީ ވެރިކަމުން ފޭބި އިރު.. 120 ބިލިޔަން ދަރާފަ އެސްޑީއެފް ހުރި ޑޮލަރުތަށް ހުސްވެފަ ކުންފުނިތަށް ބިލިޔަނުން ދަރާފާ ކަނޑުން ބައެއް ގެއްލިފަ ގައުމުގެ ޗާޓް ބަޔަކަށް ދީފަ ކުންފުނިތަލަށް އެކަށީގެން ނުވާވަރަށް ހާހުން މީހުންވައްދާ ބަޖެޓުން މުސާރަ ދޭން ޖެހިފަ ބަދަލުގެ ގޮތުގައި ބިލިޔަނުން ލާރި ބަހާފަ 8 ބިލިޔަން ރުފިޔާ ޗާޕްކޮށްފަ ބްރިޖް ނޭޅުނު،ފުލެޓް ނޭޅުނު، އެއާޕޯޓް ނުހެދުނު،ބިން ހިއްކާ ގޯތި ނުދެވުނު ގައުމު މިއޮތީ ބޮޑު އަދަނވަޅަކަށް ވައްޓާލާފަ.ވިސްނާ
އޮނަރަބްލް އަފީފު ދީދީ
18 February 2024
ތިން ބާރުގެތެރެއިން 2 ބާރުގެމެދުގައި ޙިލާފުއުފެދި ޤޢ ބުނެ އަމުރުކޮށްފައިވާގޮތަށް "ދުސްތޫރީ މައްސަލަތަކަށް ފަހުބަސްބުނުމުގެ ޤާނޫނީބާރު ދީފައިވާ" ދައުލަތުގެ ސްޕްރިމްކޯޓުން މައްސަލަބަލަންނިންމާ ސަރުކާރާއި މަޖިލީހުގެމައްޗަށް ކުރި އަމުރާއިޙިލާފުވެ "ސުޕްރިމްކޯޓްގެ އަމުރަށްތަބާނުވެ" ޤާނޫނުއަސާސީގެ ބާރުކަނޑުވާލަންއުޅުނީތީވެ "މަޖިސް ރައީސާއި، އެކަމަށްވާގިވެރިވެ ވޯޓްދިންއެންމެނަށް 10 އަހަރަށް އިންތިޙާބެއްގައިވާދަކުރަން ފުރުސަތުނުލިބޭގޮތަށް އަދަބު ދޭންޖެހޭ.
ލކލކ2
18 February 2024
ގައުމު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަން ފާޅުގައި ކުރި މަސައްކަތަކީ ހަމަ ޓްރީޒަން ކަމަށް ހަދާ މަދުވެގެން 25 އަހަރަށް ޖަލަށް ލުމަށް ނިންމުމަށްވެސް ފެނޭ.
އޮނަރަބްލް އަފީފު ދީދީ
18 February 2024
ޤއ އާއި ދައުލަތުގެ އެންމެމަތީ ސުޕްރީމްކޯޓްގެ ހުރުމަތާއި ކަރާމާތް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށްޓަކާވެސް "ސުޕްރީމްކޯޓްގެ އަމުރަށް ތަބާނުވާނެކަމަށް ފާޅުގައިބުނެ އަމުރާއިދެކޮޅަށް ގަދަކަންދައްކާ އަދި އެއަމުރަކީ އެއްޗެއްނޫންކަން އެންގުމަށްޓަކާ މަޖިލީހުގެ ޤާނޫނީ ބާރު ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ ހިތްތަކުގައި ދުސްތޫރީ ބާރު ބެހިގެންވާގޮތާއިމެދު ޙިލާފު އުފެއްދީތީ" މަތީގައި ދެންނެވިފަދަ އަދަބެއްދީ މިކަން ތަކުރާރު ނުވާނެގޮތް ހަދާންޖެހޭނެ.
އޮނަރަބްލް އަފީފު ދީދީ
18 February 2024
ޤއ އާއި ޙިލާފު ނިންމުމެއް ޤާނޫނުހަދާ މަޖިލީހުން ނިންމުމުން އެކަންބަދަލުކޮށް މަޖިލީހުގެނިންމުން ބާތިލްކުރަން ސަރުކާރުގެފަރާތުން ދައުލަތުގެ އެންމެޙާއްސަބާރު އަދި ޤާނޫނުއަސާސީގެ ބަލަދުވެރިފަރާތަށް ވުމުގެއިތުރުން ޤާނޫނު މާނަކުރުމުގެ ބާރުވެސް ލިބިދީފައިވާ އަދުލުއިންސާފު ޤާއިމްކުރުމުގެ އެންމެމަތީފަރާތް ސުޕްރިމްކޯޓުން މައްސަލަ ބަލަމުންދަނިކޮށް މަޖިލީހުން މިއޮތީ "ސުޕްރިމްކޯޓަށް ގޮންޖަހާ" ދުސްތޫރީ ނިޒާމްގެމައްޗަށް އިތުބާރުގެއްލުވާލަން މަސައްކަތް ކޮށްފަ.
ޑަން
18 February 2024
އަސްލަމް ފެނުނީމަ ހަމަ ހަންދައިން ވަނީ ޖެކް ބްލެކް. ވ ކޫލް ރިޒެންމްބްލަންސް.
ޑަނބިޔާ.
18 February 2024
އަސްލުވެސް އެއްވަރެއްގެ ދެ ކޮމެޑިއަނުން. ދޯ ؟
ޑަން
18 February 2024
ހަހަހާ! އާން އަސްލުވެސް.
ބޮނީޓާ
18 February 2024
މަ ބުނެފީމެއްނު އަޅެ މި ގޮތަށް އޮރިކޮށް ހުންނަ ފޮޓޯ ބޭނުން ނުކޮށްބަލާށޭ! ހާދަ ފްލެޓަރިންގ ނޫން އޭންގަލް އެކޭ.