ރިޕޯޓް / އޯ ލެވެލް ގަދަ ދިހައެއް

އޯލެވެލްގައި ނަބީހާ: ރަށަކަށް ލިބުނު އެންމެ ބޮޑު އުފާ

ނަބީހާ، މަންމަ އާއި ބައްޕައާ އެކު.--

ސްކޫލުގައި އިތުރު ހަރަކާތެއް ބާއްވާނަމަ އެކަމުގައި އެންމެ ކުރީގައި ހުންނަނީ އެ ދަރިވަރެވެ. ގައުމީ ގުރުއާން މުބާރާތްތަކުގައި ބައިވެރިވެ، ރަށާއި އަތޮޅުގެ މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާއިފައިވާއިރު، އެއީ މަޒުމޫނު ލިޔުމުގެ މުބާރާތްތަކާއި އަދަބީ ކުއިޒްގެ އިތުރުން ވާހަކަދެއްކުމާއި ބަހުސް މުބާރާތްތަކުގައި ވެސް ފާހަގަކުރެވޭ ދަރިވަރެކެވެ. ހއ. ކެލާ، ޝެއިހް އިބްރާހިމް ސްކޫލުން އޯލެވެލް ނިންމި އައިޝަތު ނަބީހާ އަމީން ހޯދައިދިނީ އެ ސްކޫލަށާއި ރަށަށް ލިބުނު އެންމެ ބޮޑު ޝަރަފެވެ. އިނގިރޭސިން ދުނިޔެއިން އެއްވަނަ އާއި ބަޔޮލޮޖީ އަދި ފިޒިކްސް އިން ރާއްޖޭން އެއް ވަނަ އެވެ.

އޯލެވެލްގެ ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި ރާއްޖޭގެ ޓޮޕް10ގެ އެއްވަނަ ހޯދި ނަބީހާއަށް އެ ނަތީޖާ ލިބޭނެ ކަމުގެ އުންމީދު އަބަދު ވެސް އޮވެ އެވެ. އެންމެ ކިޔަވާ ހިތް ވާ މާއްދާއަކީ ހިސާބު ކަމުން އޭނާއަށް ވެސް އުންމީދު ކުރެވުނީ އެ މާއްދާއިން ދުނިޔޭގެ ވަނައެއް ލިބޭނެ ކަމަށެވެ. ނަމަވެސް ލިބުނީ އިނގިރޭސި މާއްދާއިންނެވެ.

"މަސައްކަތް ކުރީ މެތްސް އަށް. އެކަމަކު ލިބުނީ އިންގްލިޝްއިން. އަޅުގަނޑުމެން ސްކޫލަށް ސްޓަޑީ ކޭމްޕްއަކަށް އައި ޓީޗަރެއް ބުނި ލިޔުންތައް ކިޔައިލުމަށްފަހު ހީވޭ، އިންގްލިޝްއިން އެއް ވަނަ ލިބުމުގެ ފުރުސަތު އޮތްހެން،" ނަބީހާ ބުންޏެވެ.

ނަބީހާ، ކްލާސް ކުދިންނާ ފިޒިކްސް ޓީޗަރާއެކު.--

އިނގިރޭސި އަށް ނަބީހާ އަށް މޮޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ކުޑަ އިރު ވެސް އާންމު ދިރިއުޅުމުގައި ދިވެހިން ވާހަކަ ދެއްކިޔަސް، އިނގިރޭސިން ވާހަކަ ދައްކަން އެނގޭތީ އެވެ.

އޯލެވެލް އިން ރަނގަޅު ނަތީޖާ ހޯދަން ކުރި މަސައްކަތް

ކިޔެވުމުގައި ނަބީހާ އަބަދުވެސް އެންމެ އިސްކަމެއްދޭ އެއް ކަމަކީ ޓީޗަރުން ކްލާހުގައި ކިޔަވައިދޭއިރު އޮޅުން އަރާ ކަމެއް އޮތްނަމަ އެކަމެއް އޯލުން ފިލުވުމެވެ.

"ވަގުތުން ވަގުތަށް ޑައުޓްސް އޮޅުންފިލުވުން. އެ ގަޑީގައި ހަމަ ޓީޗަރުން ކައިރީ އަހައިގެން ޑައުޓްސް އޮޅުން ފިލުވާފައި، އިތުރަށް މައްސަލަ ޖެހޭ ކަމެއް އިނިއްޔާ ގެއަށް ގޮސް އިންޓަނެޓް ބޭނުން ކޮށްގެން ސާޗް ކޮށްގެން އޭގެ މައުލޫމާތު ވަގުތުން ހޯދުން އެންމެ މުހިންމު ކަމަކީ،" އޭނާ ބުންޏެވެ.

ނަބީހާ، އޭނަގެ ކެމިސްޓްރީ ޓީޗަރާއެކު.--

އޭގެ އިތުރުން ކޮންމެ މާއްދާއަކުން ވެސް ސިލަބަސްގައި ހިމެނޭ ޕޮއިންޓަކަށް ފޯކަސް ކޮށްގެން އެ ހުރިހާ އެއްޗެއް ދަސްވެފައި ހުރިތޯ އަމިއްލަ ނަފްސާ ސުވާލުކޮށްގެން ދެނެގަތުމަކީ މުހިންމު ކަމެއް ކަން ނަބީހާ ބުންޏެވެ.

"ދެން އަޅުގަނޑު އަބަދު ވެސް ސަމާޅުކަން ދޭ ކަމެއް އެއީ ކިޔަން ޖެހޭ ހުރިހާ ދުއާއެއް ކިޔުން. ގެއިން ނިކުންނައިރު އާއި ޓެސްޓަށް ވަންނަ އިރުއާ."

ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ނަބީހާ ގަބޫލުކުރެ އެވެ. އޭނާ އަކީ ގްރޭޑް ހަތަރަކުން ފެށިގެން ޕްރިފެކްޓެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ގާލްގައިޑުގައި ޕެޓްރޯލް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރުމާއި ގްރޭޑް 7 އަދި 8 ގައި ސްކޫލުގެ ލިޓެރަރީ އެސޯސިއޭޝަންގެ ސެކެޓްރީގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެ އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ވެސް އަދާކުރި ދަރިވެކެވެ.

ނަބީހާ، ރަށު ސްކޫލުގައި ކިޔަވަން އުޅުނުއިރު ކައިރި ރަށެއްގެ ސްކޫލަކާއެކު ކުޅުނު އެކުވެރިކަމުގެ ހޭންޑްބޯލް މެޗެއްގެ ތެރެއިން.--

ގްރޭޑް 9ގައި ސްކޫލުގެ ވައިސް ކެޕްޓަންގެ މަގާމު ފުރުމަށްފަހު ގްރޭޑް 10ގައި ނަބީހާ އަކީ ޝެއިހް އިބްރާހިމް ސްކޫލުގެ ކެޕްޓަނެވެ. އެ ހުރިހާ މަގާމެއްގައި އުޅުނުއިރު ވެސް ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ވެސް އުޅުނެވެ.

"އެންމެ ފަހު ދެ އަހަރު ވެސް އަޅުގަނޑަކީ ސްކޫލުގެ ހޭންޑްބޯލް ކެޕްޓަން، ޓީމުގެ ވެސް ކެޕްޓަން."

ކާމިޔާބީގެ ފަހަތުގައި އާއިލާ އާއި ޓީޗަރުން

ކިޔަވަމުން ކުޅިވަރުގައި އުޅުނު ނަބީހާއަށް ލިބުނު ކާމިޔާބީގެ ފަހަތުގައި އެތައް ގޮތަކުން އެހީތެރިވި އެތައް ބަޔަކު އެބަ ތިއްބެވެ. ހިތްވަރި ދިނުމާއި ބޭނުންވި ކޮންމެ ކަމެއް ކޮށްދިނުމަށް ކައިރީގައި ތިބި މަންމަ އާއި ބައްޕަގެ އިތުރުން ދެފަރާތުގެ އާއިލާ އެވެ. އެއްބަނޑު އެއްބަފާ ކޮއްކޮމެންނެވެ.

"ދެ ފަރާތުގެ އާއިލާ (މަންމަ އާއި ބައްޕަ) އަކީ ވެސް ކިޔެވުމަށް ބާރު އަޅައި، އިލްމީ އާއިލާއެއް. މަންމައާއި ބައްޕަ އަދި ދެ ކޮއްކޮއާއި ތިއްތަގެ އިތުރުން ތާތަ އަދި ދެ ފަރާތުގެ އާއިލާ އަކީ ދިރިއުޅުމުގެ ހުރިހާ ދަނޑިވަޅެއްގައި އެ ބައެއްގެ ފަރާތުން ވަރަށް ބޮޑެތި އެހީތެރިކަން ލިބެމުން އައި، ލިބެމުން އަންނަ ބައެއް،" ނަބީހާ ބުންޏެވެ.

ނަބީހާގެ އާއިލާ.--

ނަބީހާ ގަބޫލުކުރާ ގޮތުގައި ކިޔަވާ ކުއްޖެއްގެ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރަނީ ޓީޗަރުންނެވެ. އެގޮތުން އެ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒު އާއި ލީޑިން ޓީޗަރުންނާއި ގުރޭޑް 9 އާއި 10ގައި ކިޔަވައިދިން ޓީޗަރުން ކޮށްދިން މަސައްކަތް ނަބީހާ ފާހަގަ ކުރި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި ނަބީހާގެ ކާމިޔާބީ އަކީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.

"ވަރަށް ކުރިން ފެށިގެން، ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް އަޅުގަނޑުމެން އުންމީދު ކުރަމުން އައި ދަރިވަރެއް ނަބީހާ އަކީ. ހާއްސަކޮށް ހަމަ ޓޮޕްޓެންގެ އެއްވަނަ އަށް ޓާގެޓް ކުރި ދަރިވަރެއް،" އޭނާ ވިދާޅުވި އެވެ.

ނަބީހާ އަބަދު ވެސް މަސައްކަތް ކުރަނީ ވަކި ޓާގެޓެއް ކަނޑައަޅައިގެން އެ ޓާގެޓް ހާސިލް ކުރުމަށްކަން ޕްރިންސިޕަލް ވިދާޅުވި އެވެ.

"ޓާގެޓް ލިޔާއިރު އަބަދު ވެސް އިންނާނެ ލިޔެލާފައި، ހަމަ އެއްވަނަ އަށޭ މަސައްކަތް ކުރަނީ. އެ ދަރިވަރު އަޅުގަނޑުމެން ކައިރީގަ ބުނެލާފައި އޮތީ ތިމަންނަ މި މަސައްކަތް ކުރަނީ ދުނިޔެއިން ވަނަ އެއް ލިބޭތޯއޭ. ބޮޑަށް ވިސްނަނީ މެތްސްއަށޭ،" އޭނާ ވިދާޅުވި އެވެ.

ނަބީހާއަށް ހިސާބު މާއްދާއިން ދުނިޔެއިން ވަނައެއް ނުލިބުނީ އެންމެ މާކުހެއް މަދުވެގެންނެވެ.

ނަބީހާ، ސްކޫލުގެ ޕްރިންސިޕަލާއެކު.--

ކޮންމެ ސްކޫލަކުން ކިޔަވައިގެން ވެސް ރަނގަޅު ކާމިޔާބީއެއް ލިބިދާނެ

އެތައް އަހަރެއް ކުރިން ފެށިގެން ވެސް ގިނަ ބަޔަކު ގަބޫލު ކުރަމުން އައީ ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރެވޭނީ މާލޭގެ ސްކޫލުތަކުގައި ކިޔަވައިގެން ކަމަށެވެ. ނަމަވެސް ނަބީހާ ފަދަ އެތައް ކުދިންނެއް އަންނަނީ އޯލެވެލް އާއި އޭލެވެލްގައި ވެސް ގައުމާއި ދުނިޔޭގެ ވަނަތައް ހޯދަމުންނެވެ.

"އަޅުގަނޑު އެއް އިރަކު ވެސް ގަބޫލުކުރާ ކަމެއް ނޫން އެއީ އެ ކުއްޖެއްގެ ކާމިޔާބީގެ ސިއްރަކަށް ވާނީ އެ ކުއްޖެއް ކިޔެވި ރަށެއް ކަމަށް ނުވަތަ ސްކޫލެއް ކަމެއް. މިހާރު ޒަމާން މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ބޭނުންވާ ކޮންމެ މައުލޫމާތެއް އިންޓަނެޓް މެދުވެރިކޮށް ވެސް ލިބޭ،" ނަބީހާ ބުންޏެވެ.

"ރަށުގައި ކިޔަވައިދޭ ޓީޗަރުންނަކީ ޔުނިވާސިޓީތަކުން ކިޔަވައިގެން ތިބި މޮޅެތި ޓީޗަރުން ހަމަ. އަޅުގަނޑު އެއް އިރަކު ވެސް ޝައްކެއް ނުކުރަން ރަށުން ކިޔަވައިގެން ރަނގަޅު ކާމިޔާބެއް ނުލިބިދާނެ ކަމަކަށް."

ނަބީހާ، އޭނަގެ ކްލާސް ކުދިންނާއި އިނގިރޭސި ޓީޗަރާއެކު ފެއާވެލް ޕާޓީގައި.--

ސީއެޗްއެސްއީގައި މިހާރު އޭލެވެލް ކިޔަވަމުންދާ ނަބީހާ، އެހެން ކުދިންނަށް ބުނެލަން ބޭނުންވަނީ ކިޔެވުމަކީ ވަކިތަނެއްގައި ހުރެގެން ވާނެ ކަމެއް ނޫން ކަމެވެ. ކޮންމެ ތަނެއްގައި ހުރެގެން ވިޔަސް ރަނގަޅަށް ހިތްވަރާއެކު ކިޔަވައިދިނަމަ ކާމިޔާބުވާނެ ކަމެވެ.

"ކާމިޔާބީއެއް ހޯދުމަށް އެންމެ މުހިންމު ވާނީ ވަރުގަދަ ހިތްވަރާކާއި ނުގުޑާފަދަ އަޒުމެއް. ޖެހޭނީ އަމިއްލާއަށް ޓާގެޓެއް ކަނޑައަޅަން އެ ޓާގެޓާ ހަމައަށް ދާން ކުރަންވީ މަސައްކަތްތައް ދެނެގަންނަން. ދެން އެ މަސައްކަތްތައް ކުރުން. ކޮންމެ ކުއްޖަކަށް ވެސް ވާނެ."

17 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 92%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮނާޑު

28 February 2024

ރައްބޮޑު ބިންބޮޑު ހުސްބިން އޮތްރަށެއްނަބީހާއައް ރައްޔިތުންގެ ފަރާތުން ކައުންސިލުންދޭ އިނާމެއްގެ ގޮތުގައި ގޯއްޗެއްދީބަލަ އޭރުންދެންތިބޭކުދިންނައް ހިތްވަރަކައްވާނެ ކައުންސިލަށާ ރައްޔިތުންނައްލިބޭ ސަރަފަކައްވާނެ ކުއްޖާއައް ދިރިދެމިއޮތް ހަނދާނަކައްވާނެތެންކިޔޫ ނަބީ (ޑޮނާޑު)

The name is already taken The name is available. Register?

ވެލް ވިޝަރ

28 February 2024

ކޮއްކޯ، ކާމިޔާބީއަށް މަރުޙަބާ! އެކަމަކު ބުނަން އޭ ލެވަލްގައި ތިޔަފަދަ ނަތީޖާ ހޯދޭތޯ ގަދައަޅާ މަސައްކަތް ކުރާތި! އޭރުން، ބެޗުލަރސް އަދި މާސްޓަރސް ގައި ކިޔަވަން ވަރަށް ފަސޭހަ ވާނެ! ޕީއެޗްޑީ، ރިސަރޗް އަދި އެސޯޝިއޭޓް ޕްރޮފެސަރ އަދި ޕްރޮފެސަރ އާ ހަމައަށް ކިޔެވިއްޖެ ނަމަ، ޕީއެޗްޑީ އިން ފެށިގެން މައްޗަށް ރާއްޖޭގައި އަދި ކަންކަން ހުރިގޮތުން މާ ބޮޑު ފިއުޗަރއެއް ނެތް އިނގޭ! އެކަމަކު މެޑިކަލް ޑޮކްޓަރުންނަށް ރަނގަޅު އިނގޭ! ކޮއްކޯ އައިމް އެސިޔުމިން ޔޫ ޑިޑް ސައިންސް ސްޓްރީމް.

The name is already taken The name is available. Register?

ރާއްޖޭގެ އުތުރު

28 February 2024

"ތިލަވަށްގާ" އެއްޗެއްނޭނގުނަސް ހާސަރު ދަމާތި! ކޮބާ ޅ. ނައިފަރު އަދި ބ. އޭދަފުށި؟ އެ ދެރަށުން އުފެއްދި ތަޢުލީމީ ގިނަ ދަރިންތައްކޮބާ؟ 1950 ގެ އަހަރު ތަކާއި 1960 ގެ އަހަރުތަކުގައި ނައިފަރު އިފުތިތާޙް އާއި އޭދަފުށި ބަހިއްޔާ އަކީ އޭރު މުޅި ރާއްޖެއަށް ނަން މަޝްހޫރު ތަޢުލީމީ ދެ މުއައްސަސާ! އެ ދެރަށުން އުފެއްދީ ކިތައް ސަތޭކަ ތަޢުލީމީ ބޭފުޅުންކަން އެނގޭތަ؟ އަނެއްކާ އެ ދެރަށް ނިސްބަތްވަނީ ރާއްޖޭގެ އުތުރަކަށް ނޫންބާ؟ އަނެއްކާ، ފުރަތަމަ މާލެއިން ދެކުނުފިޔަވާ ރަށުގައި ބަނދެގެން (އައްޑޫ ހުވަދޫ ފާޑުގެ) އިންޖީނުއެޅި ދެ ބޯޓުވެސް ގެންގުޅުނީ އެ ދެރަށުގައި!

The name is already taken The name is available. Register?

މުގޮށި

28 February 2024

ޢޭދަފުށި ނަންކުރީ ދައުލަތުގެ ބޮޑުން ގިނަ ރަށެއްވީމަ. މަށަށް ތިކަން އެގުނަސް ގިނަ ދިވެހިންނަށް އޭދަފުށި އެނގެނީ ހޮނިހިރު ބަތްޕެނާ ދިވެހި ފުޓުބޯޅައިގަ އޭދަފުށީގެނަން. ނައިފަރު އެލިސްޓުގަ އުނިކޮށްލެވުނީ ހަނދާނުން ކަށިޔާރުވެގެން.

The name is already taken The name is available. Register?

އަބްޑޫޅް +

28 February 2024

ބަލަ އިގިރޭސިން ދުނިޔެއިން އެއްވަނަ އަށް އާދެވޭނީ ދުނިޔޭގައި އޯ ލެވެލް ފެންވަރުގެ ހުރިހާ ދަރިވަރުންނާ ވާދަކޮށްގެން. ރާއްޖޭގަ ހަދާ ކޭންބޮރިޖް އޯ ލެވެލް އަކީ ތިންވަނަ ދުނިޔެ އަށް ހާއްސޮ އިމްތިހާނެއް. މިކަން އިންތިޒާމުކުރަނީވެސް ރާއްޖޭގަ ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި، ތިންވަނަ ދުނިޔެ އަށް ހާއްސޮ މީހެއް. އެމެރިކާގަ ހަދާ އިގިރޭސި އިމްތިހާނު މުޅިން ތަފާތު. އެކަމަކު އަހުރެމެން ހަޖަމުކުރަން މަޖުބޫރު ވަނީ، ކަލޭމެންގެ ފުލޯކު ވާހަކަ ދޯ؟

The name is already taken The name is available. Register?

ރިއާލިޓީ

28 February 2024

ދަރިވަރާއި ބެލެނިވެރިންނަށް މަރުޙަބާ! ދެން އޮތީ ޙަޤީޤަތް! އެ ދަރިވަރަށް ތި ކާމިޔާބީގެ ސަބަބުން ލިބޭނީ ކޯޗެއް؟ އޭނާ އެ ބުރަ މަސައްކަތުން ހޯދާ ސަނަދު ހިފައިގެން ވަޒީފާގެ ބާޒާރަށް ނިކުތީމަ، ލާރި ދީގެން އެސައިންމަންޓް ހައްދައިގެން ނިކުންނަ ކުއްޖާ އަތުގަ އޮންނަ ސަނަދަކާ އެއްވެސް ފަރަގެއް ނޯވޭ! ޢޯލެވެލްގެ ނަތީޖާއަކަށް ނުބަލާނެ! އަނެއްކޮޅުން އޭނާ މޮޅަށް ކިޔަވައިގެން ނިކުންނައިރު އޭނާގެ މައްޗަށް އަމުރުކުރަން ހުންނާނީ ނުކިޔަވާ ހުންނަ ސިޔާސީ ޕަޕެޓެއް!

The name is already taken The name is available. Register?

ޒަވިޔަނި

28 February 2024

މަރުހަބާ ނަބީހާ. ތީ ހަމަ ނަމޫނާ ދަރިއެއް. ކުރިއަށްއޮތްތަނުގައިވެސް ހަމަ ތިހިއްވަރުގައި މަސައްކަތްކޮށް، ކުރިއަށް ދިއުމައް ނަސޭޙަތްތެރިވަން. ފަހި މުސްތަޤްބަލަކަން އެދެން.

The name is already taken The name is available. Register?

ބސބސބ

28 February 2024

މަރުހަބާ. ކުރި ހިތްވަރަށް ސާބަސް. ޕާޓެއެއްގެ އަތއދަށުނުވެ ރީތި ދިރިއުޅޫމެއއ އުޅެވޭތޯ ބަލާތި

The name is already taken The name is available. Register?

ޝަހުރު

28 February 2024

މަރުހަބާ. ކުރިއެރުމާ ފާގަތިކަމަށް އެދެން

The name is already taken The name is available. Register?

ރިއަލިޓީއެއް

28 February 2024

މިކަހަލަ ވާހަކަތައް ހަބަރުތަކުގައި ޖަހަން ނުފެނޭ. މީހުންގެ އެސްފިނާ ޖެހުމަކީ އެކަށީގެންވާކަމެއް.

The name is already taken The name is available. Register?

ޢިސަ

28 February 2024

ބޯގޯސް ވާހަކަ ނުދައްކާ. ކީއްވެތަ އެސްފީނާ ނުޖެހެނީ ޕޮލިޓީސަނުންނައް؟ ޢިޒްރޭލްމީހުނަށް؟

The name is already taken The name is available. Register?

ޢީސަ ގޭ އާދަނު

28 February 2024

ޢިސަ އަށް ބުނަމެވެ! "ރިއަލިޓީއެއް" ގެ ކޮމެންޓް ގައި އެއޮތީ ބޯގޯސް ވާހަކައެއް ނޫނެވެ! އެއީ ވަރަށް ބޮޑު ތެދެކެވެ! ރައްކާތެރިވުމަށް ދެވިފައިވާ އަގުހުރި ނަޞޭޙަތެކެވެ! އެސްފީނާ އާއި ޙަސަދަ އާއި ސިހުރުން ރައްކާތެރިވުމަށް ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔެވުމަށް ރަސޫލާ صلى الله عليه وسلم ވެސް އިރުޝާދު ދެއްވާފައި ވެއެވެ. މީހަކަށް ތަޢުރީފް ކުރަން ފެށުމުގެ ކުރިން ما شاء الله އޭ ބުނަން ޖެހެނީ ވެސް އެސްފީނާއިން ރައްކާތެރި ކުރުމަށެވެ.

The name is already taken The name is available. Register?

ތިލަވަށްގާ

28 February 2024

ކެލަޔަކީ ތައުލީމީ އެތަކެއް ދަރިން އުފެއްދިވރަށެއް. ކެލާމީހުން ވަރަށް ގިނަވާނެ ކަމުވޮށިވެގެންވާ މީހުން. މާލެ އުތުރުން ތައުލީމީ ރަށެއްގެ ގޮތުގައި އެންމެ ކުރީގަ އޮތީ ކެލާ ދެން ވައިކަރަދޫ. މެދުރާއްޖެތެރެއިން ފ ނިލަންދޫ. ދެކުނުން އައްޑުއަތޮޅު. އަހަރުން މާލެއާއިރު މާލޭ މީހުން ދަނީ ކުދި ގަނޑެތި ތަކުގައި މަހަށް. ޢޭރުވެސް ރަށްރަށުގަ މަސްދޯނިތަކުގައި 20 ރިޔަން ހުރޭ.

The name is already taken The name is available. Register?

ނޭކުރެންދޫ

28 February 2024

ތިލަވަށްގާގެ ކޮމެންޓުގައި ވައިކަރަދޫ އޮތީމަ ބުނެލަން ބޭނުންވަނީ އެރަށުގަ ތިބި މިޖީލުގެ ގިނަބަޔަކީ ސޭކުންނަށްވުރެ ގަމާރު ބަޔެއް. ޕީއެންސީގެ ޓިކެޓުގަތީ ލާރިއަޅައިގެން. މާލޭ މީހާ ކުށުގެވެށްޓަށް އަހުލުވެރި މީހެއްކަން އެނގޭއިރުވެސް ވައިކަރަދޫމީހުން ތިބެނީ އޯކޭވެފަ. ލޮލް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454