20 ފެބުރުއަރީ 2024 - 10:46
ބެއިޖިން (ފެބްރުއަރީ 20) – ޖަޕާނުގައި މެޗު ކުޅެ، ހޮންކޮންގައި މެޗު ނުކުނު މައްސަލާގައި ކުރިމަތިވި ޕްރެޝަރާ އެކު ލިއޮނެލް މެސީ މައާފަށް އެދިއްޖެ އެވެ.
އެމެރިކާގެ ޕްރީ ސީޒަނުގައި، އިންޓަ މަޔާމީއާ އެކު އޭޝިއާ އަށް ދަތުރުކޮށް މަޔާމީން ވަނީ މެޗުތަކެއް ކުޅެފަ އެވެ. ހޮންކޮންގެ މެޗުގައި ނުކުޅެ ގޮސް، ޖަޕާނުގައި މެސީ ވަނީ ކުޅެފަ އެވެ.
ހޮންކޮންގްގެ މެޗަށް ފަހު މަޔާމީގެ ކޯޗު ޖެރާޑް މާޓިނޯ ބުނީ، މެސީ މެޗު ނުކުޅުނީ އަނިޔާގައި ހުރުމުން ކަމަށެވެ. އެކަމަކު އޭގެ ތިން ދުވަސް ފަހުން ޖަޕާނުގައި ކުޅުނު މެޗުގައި މެސީ ކުޅުނެވެ.
ޗައިނާގެ ސޯޝަލް މީޑިއާ ވީބޯ އާއި އެ ގައުމުގެ އާންމު މީޑިއާގައި މެސީ، މައާފަށް އެދެން ޕްރެޝަރު ކުރުމުން އެ އޭނާ ވަނީ ވީބޯގައި އާންމު ކުރި ވީޑިއޯގައި މައާފަށް އެދިފަ އެވެ.
Tears, Messi has more apology videos in the last 6 months than goals. 😫😭 pic.twitter.com/0tnBHPuUgZ
— JACE (@jace_mcfc) February 19, 2024
ޗައިނާގެ އެންމެ ބޮޑު ނޫސް ގްލޯބަލް ޓައިމްސްގައި ލިޔެފައިވާ އެޑިޓަރިއަލެއްގައި ބުނެފައި ވަނީ މެސީ ހޮންކޮންގައި ނުކުޅެ، ޖަޕާނުގައި ކުޅުނީ ސިޔާސީ ކަންތައްތަކެއް ފަހަތުގައި އޮތުމުން ކަމަށެވެ.
އެކަމަކު، ވީބޯއަށް ދޫކޮށްލި ދެ މިނެޓްގެ ވީޑިއޯގައި މެސީ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"އަހަންނަށް އަޑު އިވެނީ (ހޮންކޮންގައި) އަހަރެން މެޗު ނުކުޅުނީ ސިޔާސީ ސަބަބުތަކާ ހުރެކަމަށް އަދި މުޅިން ހަގީގަތާ ހިލާފު އެތައް ސަބަބުތަކަކާ ހުރެ ކުޅެން ބޭނުން ނުވީ ކަމަށް މީހުން ބުނާ އަޑު އެބަ އިވޭ. އެއީ ސިޔާސީ ސަބަބުތަކެއްނަމަ ޖަޕާނަށް ވެސް އަދި ޗައިނާއަށް ވެސް އެހާ ގިނަ ފަހަރަށް އަހަރެން ޒިޔާރަތް ނުކުރީސް،" ޗައިނީޒް އަދި އިނގިރޭސި ބަހުން ސަބްޓައިޓަލް އެރުވި ވީޑިއޯގައި މެސީ ބުންޏެވެ.
މެސީ ބުނީ ހޮންކޮންގެ މެޗުގެ ކުރިން އާންމުންނަށް ހުޅުވާލި ޓްރޭނިން ސެޝަންގައި ވެސް ކުޅެން އޭނާ މަސައްކަތް ކުރި ކަމަށެވެ. އަދި މެޗުގައި ނުކުޅެވުނީ އޭނާއަށް ލިބިފައިވާ އަނިޔާ އިތުރަށް ސީރިއަސް ވެދާނެތީ ކަމަށެވެ. އެކަމަކު ޖަޕާނުގައި މެޗު ކުޅެންވީ އިރު އޭނާގެ އިންޖަރީ ވަރަށް ބޮޑުތައް ރަނގަޅުވެފައިވާ ކަމަށް މެސީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުތުބުހާނާ
21 February 2024
ހުޅަނގުގެ ފިކުރަށް ތިމާގެ ނަފްސުވިއްކާލާފަ ތިބޭމީހުންގެން ވާހަކަ ހުނނަގޮތަށް މެސީގެ ވާހަކަ ތިހުރީ.