މަސްދޯންޏަކުން ކުޑަ ޑިންގީއަކަށް މަސްތަކެއް އަރުވައިގެން އެއްގަމަށް ގެންދަނީ: ހުޅުމާލޭގެ ވަގުތީ މަސްމާރުކޭޓް ހިންގާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
20 ފެބުރުއަރީ 2024 - 15:25
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވަގުތީ މަސްމަރުކޭޓް ހިންގައި ބަލަހައްޓާނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ހުންނަ ވަގުތީ މަސްމާރުކޭޓް ކުއްޔަށް ހިފުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެތަން ކުއްޔަށް ދޭނީ ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރިއަށް ގެންދާ ގުރުއަތުލުމަކުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހުޅުމާލޭގެ ވަގުތީ މަސްމާރުކޭޓް ހުންނަނީ އެމްއެންޑީއެފްގެ ފަޔަ ސްޓޭޝަން އިމާރާތުގެ ފަހަތުގައި އޮންނަ ޖެޓީ ސަރަހައްދުގަ އެވެ. އެއީ 2،378.82 އަކަފޫޓުގެ ތަނެކެވެ.
އެޗްޑީސީން ބުނީ މަސްމާރުކޭޓް ކުއްޔަށް ދެނީ އެއް އަހަރަށް ކަމަށާއި ކޮންމެ މަހަކު ކުލީގެ ގޮތުގައި 6،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. އަދި ލީސް ޑިޕޮސިޓްގެ ގޮތުގައި 18،000ރ. ވެސް ދައްކަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މަސްމާރުކޭޓުގައި މަސްކަނޑާދިނުމުގެ ހިދުމަތް ދެވޭނީ އެ ކުންފުނިން ކަނޑައަޅާފައިވާ އަގުގައި ކަމަށާއި އެ އަގު ލިސްޓު އާންމުންނަށް ފެންނާނެހެން ބަހައްޓަން ޖެހޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެތަން ކުއްޔަށް ހިފަން ކުރިމަތިލާ ފަރާތުގެ ޝަރުތަކީ 100 ޕަސެންޓް ދިވެހި ވިޔަފާރިއަކަށް ވާން ޖެހޭނެ ކަމަށާއި އެއްވެސް ދަރަންޏެއް އޮތް ފަރާތަކަށް ވެގެން ނުވާނެ އެވެ.
މަސްމާރުކޭޓު ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ މަހު ތިނެއްގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑަރޯގާ
21 February 2024
ހާދަ މަހެކޭދޯ ބާނާލާފަ އެޔޮތީ ކުޑަކުޑަ ބޮއްކުރާގައި ރަނގަޅު އިންޖީނަކާވެސް ނުލާ ގޮސް؟
ނޫރީ ކެފޭ
21 February 2024
އެޗް ޑީސީ އަށް ކުލިދައްކަންޖެހި ނުދައްކާފަރާތަކަށް ބިޑުގަ ބައިވެރިވެގެންނުވާނެ
ފޭސް އެކެއް ދޭއް
20 February 2024
ތިކަން ކުރަން ލަސްވެސް ވެއްޖެ. މިހާރު ވަރަށް ވިޔާނުދާކޮށް އެތަނުގެ ކަންކަން ހުންނަނީ
ނޒބސވ
20 February 2024
ތިގޮތަށް މާލޭ މާރުކޭޓުވެސް ދިނީ. މިހާރު އެތަނުން ލިބެނީ ދެތިން ދުވަސްވަންދެން އައިސް ކަނޑާފައި ހުންނަ މަސް. ދެން ސިއްހީގޮތުން ކިހައި ރަނގަޅުވާނެ. ސަރުކަރުން އެތަން ކުއްޔަންދިން ފަހުން އެތަނުގެ ކަންކަން ބަލާވެސްނުލާ.
ރަދީފްއޮފިޝަލް
20 February 2024
ރާއްޖޭގަ ގިނަވާނީ ވަގުތީ ދާއީމީ ތަންތަން.ވަގުތީ ތަނެއްގެ ގޮތުގަ ހުރެދާނެ އަދި 15 އަހަރަށް ވެސް. ހެހެހެހެހެހެހެހެހެހެހެހެހެހެހެ
ސނމލ
20 February 2024
މިމަހު ތިނެއްގެ ކުރިން ފޯމް ހުށައަޅާނެގޮތެއް ބުނެބަލަ..