ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.
21 ފެބުރުއަރީ 2024 - 08:43
ތައިލެންޑުގެ އަމިއްލަ ކުންފުންޏެއްގެ އަމިއްލަ ހަރަދުގައި ގދ. ތިނަދޫގައި ހަދަން ފަށާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށާއި އެއީ މި ރަށުގެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ މަޝްރޫއަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ 600 މިލިއަނެއްހާ ޑޮލަރު ހަރަދު ކޮށްގެން ހަދާ ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އެމްއޯޔޫގައި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ސޮއިކުރުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.
ތިނަދޫ ސްކޫލުގައި ބޭއްވި އެ ހަފުލާގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ. ޕޭން ޕެސިފިކްއާ އިން ސޮއިކުރެއްވީ އެ ތަނުގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް އެވެ.
ތިނަދޫގައި އިންޓަނޭޝަަނަލް އެއާޕޯޓެއް ހެދުމުގެ ބިޔަ މަޝްރޫއުގެ އެމްއޯޔޫގައި ރޭ ސޮއިކުރެއްވުމަށް ފަހު، މިނިސްޓަރު މުއްތޮލިބާއި ތައިލެންޑުގެ ޕޭން ޕެސިފިކްއާ ކުންފުނީގެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮންގް ފޮޓޯއެއް ނަންގަވަނީ.
ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، މިއީ ރާއްޖޭގެ ސިޓީތައް ތަރައްގީ ކުރުމަށް އެ މަނިކުފާނު ހާއްސަ އިސްކަމެއް ދެއްވާތީ ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއާ އެކު މުޅި މި ސަރަހައްދު ތަަރައްގީ ވާނެ ކަމަށެވެ.
"އެއާޕޯޓާއި ރިސޯޓުތައް އިތުރުވެގެން ދިޔައީމާ އިރާދަކުރެއްވިއްޔާ 20 އަހަރުގެ މާސްޓާ ޕްލޭނެއް ނޫން، ސާޅީހަކަށް އަހަރަށް އޮޮންނާނީ މި ސިޓީ އަދި އަތޮޅު ތަރައްގީ ވެފައި،" ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުގެ ދަށުން، މި ރަށުގައި ހިއްކާފައި އޮތް ސަރަހައްދަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރު ކުރާނެ އެވެ. އަދި ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ހަތަރު ކިލޯ މީޓަރު ހުންނާނެ ކަމަށާއި އެ އެއާޕޯޓު ވާނީ ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ލޭންޑްމާކަކަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގައި ހެދޭ ފުރަތަމަ ފެންމަތީގެ ޓާމިނަލް އޮންނާނީ ވެސް އޭރުން ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އެހެންވެ، އެކަން ވާނީ ޓޫރިސްޓުންގެ ކަޅިތައް ވެސް ތިނަދު އަށް ހުއްޓޭނެ މަންޒިލެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ތިމާވެއްޓާއި ރައްޓެހި ކޮންސެޕްޓަކަށް ހަދާ އެއާޕޯޓާ އެކު، ތިނަދު އާއި މުޅި ގދ. އަތޮޅަށް ވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ދާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް
"ދެންމެ މިނިސްޓަރު [މުއްތޮލިބު] ވެސް ފާހަގަކުރެއްވި ފަދައިން މިއާ އެކީގައި ސީޕްލޭން ޓާމިނަލް ހިމެނޭ. އަދި ހަމަ އެއާ އެކީގައި ފްލައިން ސްކޫލެއް މި އަތޮޅަށް ގެނައުމާއި ހަމަ އެއާ އެކީގައި އެއާ އެމްބިއުލާންސް ސާވިސް އަށް ބޭނުންވާ ފެސިލިޓީތައް ގާއިމްކުރުމާއި އަޅުގަނޑު ކެމްޕެއިންގައި ވައުދުވީ ޑިކޮމްޕެޝަން ޗެމްބަރުގެ ފެސިލިޓީތައް ގެނައުމާއި ހަމަ މި ޕްރޮޖެކްޓުގެ ތެރެއިން 12 ރިސޯޓު މި އަތޮޅުގައި ހުރި ރަށްތަކުގައި 12 ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުން މީގައި އެބަހިމެނޭ،" އެއާޕޯޓު މަޝްރޫއުގެ ތަފުސީލް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް.
ރައީސް ރޭ ވިދާޅުވީ، ތައިލެންޑުގެ ޑިވެލޮޕަރަށް ތިނަދޫ އިންޓަނޭޝަނަލް އެއާޕޯޓު ހެދުން ފީޒިބަލް ވަނީ އެ ކަންކަމާ ގުޅިގެން ކަމަށާއި 400-600 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކީ ހުވަދޫ ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށެވެ.
މިވަގުތު ތިން ރިސޯޓު އޮތް މި އަތޮޅުގައި މި އެއާޕޯޓާ އެކު 12 ރިސޯޓެއް ވެސް ތަރައްގީކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު، މި ސަރަހައްދުގެ އެނދުތައް 2،400 އަށް އިތުރުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރެހުމެއް: މި ތަން ހެދުމަށް ހަވާލުކުރީ ތައިލެންޑުގެ ކުންފުންޏަކާ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މީގެ ކުރީ ސަރުކާރުތަކުން މި ސަރަހައްދަށް އަޅާ ނުލުމުގެ ސަބަބުން ތަރައްގީ ނުވެ އޮތަސް، މި ވެރިކަމުގެ ދައުރު ނިމޭއިރު އެ ސަރަހައްދަށް ރައީސް މުއިއްޒު ތަރައްގީ ގެނެސް ދެއްވާނެ ކަމަށެވެ. ހުވަދު އަތޮޅުގައި 133 ފަޅު ރަށް އޮންނައިރު، އެ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައި ރައްޔިތުން އެދޭ ވަރުގެ ތަރައްގީއެއް ގެނެވޭނެ ކަމަށް ގދ. އަތޮޅަށް އުފަން މުއްތޮލިބު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުބޭބެ
21 February 2024
ޢޭ ބަލަގަ ރައްޔިތުން ވެރިކަންދިނީ އެމީހުންކުރެން ނާހާ ފަޅުރަށްތަށް ވިއްކާލާ ލާރިކޮޅު ޖީބަށް ޖަހާކަށްނޫނެވެ.ރައްޔޮތުންނޭ ހޭ އަރާށެވެ.
ޝޮކްތެރަޕީ
21 February 2024
ތިނަދޫ މީހުންނަކީ ކިތަމްމެ ރަނގަޅު ކަމެއް ކޮއްދިނަސް އޭގެ އަގުވަޒަން ކުރަން ނުދަންނަ ބައެއް.
އަލީމު
21 February 2024
މުއިއްޒު ކަލޭ އެހަދާ "ރަސް" މާލެ އެއީ 300،000 މީހުން ދިރިއުޅެވޭ ވަރުތަނެކޭ އިހަކަށްދުވަހު ބުނި. ޓަނެލަކުން މާލެއާވެސް ގުޅިފަޔޯ އޮންނާނީ. ދެން ތިހަދާ ބުރިޖު ތަކާ އަދި އެއާޕޯޓު ބޭނުންވާނެ ކޮންބައެއްތަ ރާއްޖެތެރޭގަ އުޅޭނީ؟ ތި ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ! އެހެންވީމަ ބުނަން ޖެހެނީ އިންތިޚާބައް މީހުން ވާވެއްދުމޭ!
ކޯމަލް
21 February 2024
ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އަދި ސީޕޯޓެއް ހިންގަން އަދި މެނޭޖް ކުރަންވެސް ބޭރު ބަޔަކަށް ދިނުމީ އޭގެ ގެއްލުމާއި ނޭދެވޭ އަސަރު ބޮޑުކޮށް ރާއްޖެއަށް ކުރާނެ ކަމެކެވެ. ޖީއެމްއާރު އަށް މާލެ އެއާޕޯޓް ހަވާލު ކުރުމުން ވީ ކުޑަދުވަސް ކޮޅުގައިވެސް އޭގެ ހިތި ތަޖުރިބާވަނީ ކުރެވިފައެވެ. ވީމާ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ. ހީވެސް ނުކުރާ މިސްރާބަށް ކަންކަން ބަދަލުވެގެން ހިނގައިދާނެއެވެ.
އޯކޭ؟
21 February 2024
މިހާރުވެސް އޮތީ އިންޓަރނޭޝަނަލް އެއާޕޯޓެއް އަހަރުން ރަށު ކައިރީ. 5 ސްޓާރ ތަނެއް. އޮތްލެއް ރީތި ކަމުން ދެލޯ ހުޅުވަން ނުކެރޭ.
ހަވަރު ތިނަދޫ ޓީމް ސައުދުﷲ ހިލްމީ
21 February 2024
ފުރަތަމަ ހިއްކާފަ އޮތް 64 ހެކްޓަރު ބިމުން ގޯތި ހައްގުވާމީހުންނަށް ގޯތިދީބަލަ. ވަންނާނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތިގެންއުޅޭއިރު އިންޓަނޭޝަލަން އެއާޕޯޓު ހެދުމަކީ އަހަރުމެން މަނިކުފާނަށް ސަނާކިޔާ އަތްޖަހާނެކަމެއްނޫނެވެ. އަދި މަނިކުފާނުގެ ޕާޓީ މީހުންނަށް ވޯޓުދޭން ޖެހޭސަބަބެއްވެސް ނޫނެވެ. ވޯޓުގެ ކުރިން ގޯތި ދީފިއްޔާ އެއްވެސް ޝަރުތަކާ ނުލާ މަނިކުފާނު ބުނާމީހަކަށް ވޯޓުދޭނަމެވެ. އަދި މަނިކުފާނަށް ސަނާވެސްކިޔާނަމެވެ
ފެންނަގޮތް
21 February 2024
އެތާ ވަރުވާއަށް 12 ރަށް އޮންނަތާ ކިތައް ސަތޭކަ އަހަރު، އެއްޗެއް، ވަޒީފާއެއް،ޑޮލަރެއް،ޓެކްސް އެއް ލިބުނުތަ... އެކަމަކު 2 އަހަރުން އިންޓަނޭޝަނަލް އެއަރ ޕޯޓަކާއި، ސީޕްލޭން ޓާމިނަލްއަކާ، 12 ރިސޯޓާ، ފްލައިން ސްކޫލަކާ،ޗެންބަރަކާ ސަރުކާރުން އިތުރު ލޯނެއް ނުނަގާ، ހެދީމާ ގޯހޭ ބުނާނީ އަމިއްލަ އެދުމުން، ނޫނީ ސިޔާސީ ފޮތިން ކަނުބަދެގެން ތިބޭ މީހުން..މިކަން ކުރީ ސަރުކާރުތަކުގެ ހިޔާލަތް ވެސް ނައީމަ ގަބޫލުކުރަން އުނދަގޫވާނެ..
އަބްޑޫޅް +
21 February 2024
ނަގިލި ކަހާލައި، މުޅި ޓާމިނަލު އޮޔާގޮސް، ބެހިއްޖެނަމަ ހަދާނެ ގޮތެއް، ފަރުމާކުރެވި، ރޭވިފަ އެބައޮތްތަ؟
އަފްރާސިޔާބު
21 February 2024
އެއީ ތިނަދޫ މީހުން ހައްދަން ކުރާކަމެއް. އެއްވެސް މީހަކު ހަމަހިލޭ އެވަރުގެ ކަމެއް ކޮށްފާނެބާ؟ މިއުޅޭ މީހުންގެ ބޮލަށް އެރެން ކުރެހުނެއް ދައްކާލާފައި ސޮއި ކޮށްލީމާ އެނިނުނީ.
ސުޕަރމެޖޯރިޓީއައުޓް
21 February 2024
ޖޭވަނީ..މޑޕ ނޫން ބަޔަކު ވެރިކަމުގައި ތިބީމަ
ޢައިސް
21 February 2024
ޜީދޫ ބައިގަނޑަށް ހަޖަމްނުވާނެ...އެމީހުން ނޫން ބަޔަކު ވެރިކަމުގައި ތިބީމަ...ހަމަ ތެޅިތެޅިތިބެން ޖެހޭނީ....ޑރ.މުޢިއްޒުގެ ދުވެލީގައިމިރާއްޖެއަށް އިތުރު ތަރައްްޤީ ގެންނާނެ އިންޝާﷲ...އެއްވެސް ޝައްކެތް ނުކުރަން...
އަފްރާސިޔާބު
21 February 2024
ޕާކިސްތާނުގެ ނަވާޒު ޝަރީފުއާއި އާސިފް އަލީ ޒުދާރީ ޢާއި ބިލާވަލު ވެސް ތި ގޮތަށް ރައްޔިތުންގެ ފައިސާ އާއި ވައްކަމާއި މަކަރު ހެދުމާއި އޮޅުވާލާފައި ވެސް ބުނަނީ އިންޝާﷲ އެވެ. ކޮންމެ މީހަކުވެސް މަކަރު ހަދާ އޮޅުވާލާފައި އިންޝާ ﷲ އޭ ބުނާއިރު މިބުނެވެނީ ނުބައި ކޮންމެކޮށްފާ ވެސް މާތް ﷲ ރުއްސެވިއްޔާ އޭތަ.