ޚަބަރު / ގއ. ވިލިގިލި

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓް ހަވާލުކުރީ ބްރުޖު ހަލީފާ ހެދި ކުންފުންޏާ

ގއ. ވިލިނގިލީގައި އަޅާ އެއާޕޯޓުގެ ކުރެހުމެއް: މިތަން ތަރައްގީކުރަން ހަވާލުކުރީ ދުނިޔޭގެ އެންމެ އުސް އިމާރާތް ދުބާއީގައި ހެދި ކުންފުންޏާ.

ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓު އަޅަން ދުބާއީގެ އެންމެ އުސް އިމާރާތް، ބްރުޖު ހަލީފާ ހެދުމުގައި ހަރަކާތްތެރިވި ކުންފުނިތަކުގެ ތެރެއިން ޖޭވީ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ އެވެ.

ގއ. އަތޮޅު ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދެކެވެ.

އިންތިހާބަށް ފަހު، އެ މަނިކުފާނު ރަށްތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ރައްޔިތުންނާ މިއަދު ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި އެ މަޝްރޫއުގެ ޑިޒައިން ދައްކާލައި، އެމްއޯޔޫގައި ސަރުކާރުން ވަނީ ކުންފުންޏާ އެކު ސޮއިކޮށްފަ އެވެ.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: އެއާޕޯޓާ އެކު ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން ވަނީ ރާވާފައި.

މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޔޫއެސް ޑޮލަރު. އެހެންވީމަ މިކުންފުންޏަށް ވާނެ. އިތުރަށް ދަންނަވަންޏާ ބްރުޖު ހަލީފާ އެޅީ މި ކުންފުނިން. -- ޖަނާހް

ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ބިޒްނަސް ޑިވެލޮޕްމަންޓް މެނޭޖަރު، ސާވް ޑޮލްމަންސް އެވެ.

ގއ. ވިލިނގިލ؛ީގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ބެލްޖިއަމްގެ ކުންފުންޏާ ހަވާލުކުރުން.

ހިތްގައިމު ޑިޒައިނަކަށް އަޅަން ނިންމާފައިވާ އެއާޕޯޓާ އެކު ގއ. އަތޮޅުގައި ޓޫރިޒަމް ކުރިއެރުވުމަށް އިންވެސްޓްކޮށް ތަރައްގީކުރުން ވެސް އެ މަޝްރޫއުގައި ހިމެނެ އެވެ. ސަރުކާރުން އާއްމުކުރި ވީޑިއޯ ޕްރެޒެންޓޭޝަންގައިވާ ގޮތުގައި އެއީ، 500-750 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

އެ ޖަލްސާގައި ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓު އަދި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ވިދާޅުވީ ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސްގެ ހުވަފެނެއް ކަމަށެވެ. އެއީ، މުޅި އަތޮޅުގެ އިގްތިސާދު އެކީ ބަދަލުކޮށްލާނެ މަޝްރޫއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަޝްރޫއަށް ކުރިއަށް ގެންދަން ބުރުޖް ހަލީފާ ހެދި މެއިން ކޮންޓްރާ އެކު ޖޭވީ ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވި ބެލްޖިއަމްގެ އެން ވީ ބޭސިކްސް އެސްއޭއާ ހޯދީ ޖަނާހް މެދުވެރިވެގެންނެވެ.

ޖަނާހު ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ރަންވޭގެ ބޮޑު މިނުގައި 3،400 މީޓަރު ހުންނާނެ އެވެ. އެ މަޝްރޫއާ އެކު ހެލިޕޯޓަކާއި ޔޮޓް މެރީނާ ވެސް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ. އަދި މި ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރަން ހަމަޖެހިފައިވާއިރު 5،000 އެނދު އުފައްދައި 17 ރިސޯޓެއް ވެސް ތަރައްގީކުރާނެ ކަމަށް ޖަނާހް ވިދާޅުވި އެވެ.

ވިލިނގިލީ އެއާޕޯޓް އަޅާ ކުންފުނީގެ ގާބިލްކަމާ މެދު ވާހަކަ ދައްކަވަމުންް، ޖަނާހު ވިދާޅުވީ އެ ކުންފުންޏަކީ އިމާރާތްކުރުމުގެ ދާއިރާގައި ދުނިޔޭގެ 44 ވަނަ އަށް އެންމެ ބޮޑު ކުންފުނި ކަމަށެވެ. އެއީ އެ މަޝްރޫއު ހިންގޭނެ ފެންވަރުގެ ކުންފުންޏެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު އެ ކުންފުނީގެ ޓާންއޯވާއަކީ 3.6 ބިލިއަން ޔޫއެސް ޑޮލަރު. އެހެންވީމާ މި ކުންފުންޏަށް ވާނެ. އިތުރަށް ދަންނަވަންޏާ ބްރުޖު ހަލީފާ އެޅީ މި ކުންފުނިން،" ޖަނާހު ވިދާޅުވި އެވެ.

ވިލިނގިލި ކައިރީގައި އޮތް ކޫއްޑޫގައި އެއާޕޯޓެއް އޮވެ އެވެ. އެކަމަކު ރައީސް މުއިއްޒުގެ ތަސައްވަރަކީ ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާކުރުން ކަމަށްވެފައި އިންޓަނޭޝަނަލް އެއާޕޯޓެއް މިތަނަށް ބޭނުންވާ ކަމަށް ކެމްޕެއިނުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އޭރު ރައީސް ގެންގުޅުއްވި ތަސައްވަރަކީ ކޫއްޑޫ އެއާޕޯޓަކީ ޓްރެއިނިން ތަނަކަށް ބަދަލުކުރުމެވެ.

ވިލިނގިލީ އެއާޕޯޓުގެ ކުރެހުމުގެ ފޮޓޯއެއް: މި މަޝްރޫއާ އެކު މުޅި ސަރަހައްދަށް އިގްތިސާދީ ކުރިއެރުން އަންނާނެ ކަމަށް ސަރުކާރުން ޔަގީންކުރޭ.

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުގައި މުއިއްޒު ކުރިން އިއުލާން ކުރައްވާފައިވާ ގޮތުގައި ކާޑެއްދޫ އެއާޕޯޓް ވެސް އިންޓަނޭޝަނަލް އެއާޕޯޓަކަށް އެމަނިކުފާނުގެ ވެރިކަމެއްގައި ބަދަލު ކުރައްވާނެ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި ވިލިނގިލީގައި އެއާޕޯޓް އަޅާނީ ބިން ހިއްކައިގެންނެވެ. އެއީ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއަކާ އެކު އެ ރަށުގައި ދިމާވެފައިވާ ގެދޮރުވެރިކަމުގެ ދަތި ކަމަށް ވެސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

121 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 0%
icon angry icon angry 76%
icon wow icon wow 2%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަންޑޭ

22 February 2024

މާފަންުނު ހުޅަނގު ދާއިރާއަށް އެއަރޕޯޓެއް . ޕުލީޒް ރ. މުއިއްޒޫ.

The name is already taken The name is available. Register?

ޙުރިގޮތް

22 February 2024

ތިހިސާބު ވިޔަފާރި ފުޅާ ނުކުރެވޭނެ،ވަގުން ނާއި ފޭރޭ އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހުން ގިނަކަމުން،އަދި ދީނަކީ ރިސޯޓް ހުޅުވާފަ ބަންދުވެސް ކުރިން،ވައްކަން ކުރާލެއް ބޮޑުކަމުން،ޑިންގީ ތަކުގަ ރިސޯޓް ގޮނޑުދޮށައް ގާތް ކޮށްފަ ރޫމްތަކުގެ ތިޖޫރީ ހިފައިގެން ދާހިސާބެއްތީ،ތަޖުރިބާ ކުރެވިފަ ހުރީ އެކަން ވ ރަނގަޅަށް،މައްސަލަ ކޯޓުގަ އޮންނަތާ 11 އަހަރު،ވ ވާހަކަ މީ،

The name is already taken The name is available. Register?

ކކފފ

22 February 2024

ގއ.ގދ ގެ ރައްޔިތުންނަށް އާމްދަނީގެ ހާދަ ފުރުސަތުތަކެކޭ މި އެއަރޕޯޓާއެކު ހުޅުވިގެންދަނީ. އަވަހަށް ގެސްޓް ހައުސްތައް ހައްދަވަން ފައްޓަވާ. ތި 29 ރިސޯޓަށް އަންނަވަރަށް ފަތުރުވެރިން ރަށްތަކަށްވެސް އަންނާނެ. އެކްސްކަރޝަންތަކާ ޓްރެޑިޝަނަލް ތަކެތި އުފައްދާ ވިއްކުމާ ރެސްޓޯރަންޓްތަކާ އެތައް އެތައްވިޔަފާރީގެ ފުރުސަތު ފަހިވާން މިއަންނަނީ. ސިޔާސީ މީހުން ކައިރީ ސަލާންޖަހައިގެން އުޅުން ނިމުމަކަށް ގެންނަން މިއީ ރަނުގެ ފުރުސަތެއް.

The name is already taken The name is available. Register?

99999

22 February 2024

އަސްލުވާ ގޮތަކީ ސިޔާސީ މީހުން ވޯޓު ހޯދާގޮތަކީ ރައްޔަތުންގެ މުހުތާދުތައް އެކީ ފިލައިގެންގޮސް ސަލާމް ޖެހުން ނެތިކޮށްނުލާ ބާއްވައިގެން. އެނޫންގޮތަކަށް ކަންކަން ވެދާނެތީ ސިޔާސީ ޕާޓިތަކުން ބިރުގަންނާނެ. ފުދުންތެރި ރައްޔިތެއް އުޅޭކަމުގައިވާނަމަ އެމީހުން ވިސްނާނީ ގައުމަށް ފައިދާވާގޮތަށް. ސިޔާސީ މީހުން ބޭނުންވާނީ ފަރުދީ ބޭނުންތައް ފުއްދޭވަރުކޮށްލަދީފަ ބޮޑެތިކަންކަމުގައި ސަލާންޖައްސަން. އެހެންވެ ގައުމު މިދާމިސްރާބަށް ތަރައްގީގޮސްފާނެތީ ބިރުން މަރުވަނީ.

The name is already taken The name is available. Register?

ަާއާބިދާ

22 February 2024

މުއިއްޒު ދުނިޔެއިން މޮޔަވީތަ؟

The name is already taken The name is available. Register?

ގފގފ

22 February 2024

ދޯ؟ ދެން ކިހިނެއް އިންތިހާބު ތަކުގައި ވޯޓު ވިއްކާނެ މީހުން ހޯދާނީ. މުއްސަނދި ރައްޔިތުން އުފައްދަނީ މޮޔަވީމަދޯ؟ އަބަދުވެސް ޖެހޭނީ ދިވެހިން ސަލާމްޖަހަން ނާށިގަނޑު ހިފައިގެން ސިޔާސީ މީހުން ކައިރިއަށާ ނުރައްކާތެރި ވެރިކަންތައް އޮންނަ ގައުމުތަކުގެ ފައިބުޑަށް ވެއްޓެން ދޯ؟

The name is already taken The name is available. Register?

އަލީމު

22 February 2024

ހުސް ދޮގު!!!!!!!!!!!!

The name is already taken The name is available. Register?

ސަލާ

22 February 2024

ސިޔާސީގޮތުން މީހުން ވައުދާ އަހުދުތައް ވޭ. އެކަމަކު މިހާރު މުއިއްޒު ހީވަނީ މިކަމުގަވެސް ހައްދުފަހަނަޅާ ގޮއްސިހެން. ބޯޑު 2 އެއާޕޯޓް ޖެހިޖެހިގެން އޮތް ދެ އަތޮޅެއްގައި އަޅާއިރު އެތަނަށް މަހަކު 1 އިންޓަރނޭޝަނަލަން ފްލައިޓް ވެސް ނުޖައްސާނެ. ފުރަތަމަ 200 ވަރަކަށް ފަޅުރަށް އޮތް ދެއަތޮޅު ރިސޯޓް ހަދާފަ ދެން އެއާޕޯޓް އަޅަން ވާނީ. 100 އަހަރަށް 10 ވަރަކަށް ރަށް ދިނުމަކީ ކޮރަޕްޝަން

The name is already taken The name is available. Register?

އެމެރިކާ

22 February 2024

މަޖިލިސް އިންތިޚާބަށްފަހު ތި ވާހަކަތައް ބޮނޑުނަގުލަށް ގޮސް ހުސްވާނެ. އެންމެ މުހިންމީ މަޖިލިސް އިންތިޚާބުގަ ބޮޑު އަގުލަބިއްޔަތެއް ހޯދުން. ބޮޑެތި އާބާދީތައް ކަވަރުކުރުން މިހާރު އެކުރާކަމަކީ. ރައީސް ސޯލިހު ފައްޓަވާފަހުރި ހުރިހާ ޕްރޮޖެކްޓެއް ގާތްގަޑަކަށް ހުއްޓިފަ. ރާއްޖޭ ސަލާމަތްކުރަން އެމްމެން ވިސްނަންޖެހޭ.

The name is already taken The name is available. Register?

ނަންކުރި އާދަންބެ

22 February 2024

ޤައުމިއްޔަތުގެ ފޮރުވިފައިވާ ރުކުނަކީ އޮޅުވާލުމާއި، ދޮގުހެދުން ކަމުގައި ވަނީނަމަ، މަނިކްފާނު އެކަން ރަނގަޅަށް ކޮށްފިއެވެ. މޮޅެތި އެނިމޭޓަރުން ލައްވައި، ކޮމްޕިއުޓަރގަ ހުރިއްޔާ ހުރި ހުރިހާ ސޮފްޓްވެއަރ އެއްބޭނުންކޮށްގެން ހަދާލާ ކުރެހުންތައް ނިކަމެތި ރައްޔަތުމީހާއަށް ދައްކާލީމާ، އެތިބީ އަތްޖަހަން ދެއްތޯއެވެ. މަނިކްފާނުިގެ ދުރުވިސްނޭ ތަސައްވަރަކީވެސް "ފޮނިބައިސާ، ކެނޑުމާ، ޤައިމުވެސް ވުޖޫދުނުވާ ގޮތްގޮތަށް ކަޑަޖެހުން" ދެއްތޯއެވެ.

The name is already taken The name is available. Register?

ހހހހ

22 February 2024

މީހަކު ހަމަ ހުރެލާފަ ދޮގެކޭ ބުނުމުން އެ ދޮގަކަށް ވަންޏާ މިގައުމުގަ ތެދެއް ބުނާނެ ސިޔާސީ އެކަކުވެސްނެތް. އެކަމަކު ކަމެއް ކުރަން އުޅުމާއކު އެއީ ދޮގެއްކަމަށް ހަދާ ފިތުނަ އުފެއްދުމަށްވުރެ ރަނގަޅުގޮތަކަށްވާނީ ވިލިގިލި ބްރިޖު އަޅަން އެނަގާ މުއްދަތުގަ އެކަން ނުވިއްޔާތާ.

The name is already taken The name is available. Register?

ގގގގގ

22 February 2024

އަދި މިއަދު އެވައުދުވީ މީގެ 3 އަހަރުފަހުން ތިހެން ބުނިނަމަ ގަބޫލުކުރާނެ ބަޔަކު އުޅެފާނެ.

The name is already taken The name is available. Register?

އަފްރާސިޔާބު

22 February 2024

ދިވެހީންގެ ގޮތް ރައީސަކު ވިޔަސް ހުންނާނީ. އެކަމެއް ފިލައިގެން ނުދާނެ. ދިވެއްސަކު ވެއްޖެއް އޮޅުވާލާނެ މައިން ބަފައިންނަށްވެސް.

The name is already taken The name is available. Register?

ޑެބީ

22 February 2024

ބްރިޖަކުން ވިލިންގިލީ އެއަޕޯޓާ ކޫއްޑޫ އެއަޕޯޓު ގުޅާލަންވެސްވާނެ. އަދި ފަރެސްމާތޮޑާ އެއަޕޯޓުމަތީގަ އަދި އިތުރު އެއަޕޯޓެއް އަޅައި ހުވަދު އަތޮޅުގައި އިތުރު 5 ޑޮމެސްޓިކް އެއަޕޯޓު އަޅައި ގއ.ދާންދޫގަވެސް އިންޓަނޭޝަނަލް އެއަޕޯޓެއް އެޅީމަ ހުވަދު އަތޮޅު ތަރައްގީވާނީ.

The name is already taken The name is available. Register?

ހ‫ަހަހަ

22 February 2024

ހަހަހަހަ

The name is already taken The name is available. Register?

އަފްރާސިޔާބު

22 February 2024

އެދެރަށް ދޭތެރޭގައި އޮންނަ ކަނޑަކީ ދިރޭތަކެތީގެ ބަގީޗާއެއް. ރެސްޓޯރެންޓެއް ހަދަން ވަރަށް ކަމުދާނެ. ގެސްޓުންވެސް ކަމުން މަސްބަލަމުން ދާނެ. އެހެންވީމާ ކަނޑު އަޑިން އެދެރަށް ގުޅުވާލައި ކައިގެން އެމީހަކު ބޭނުން އެއަރޕޯޓަކުން އުދުހިފައި ދާންވީ. ވާދޫން ފުރައިގެން ގަނޑަހަލަގާ ނުބަލާނަމަ އެވެސް ގޮތެއް.

The name is already taken The name is available. Register?

ސާކިރު

22 February 2024

ހަވާލުވީ ބަނގުރޫޓުވެ، ދަރައި ވިކިފައޮތް ޤައުމަކާ! އެކަމު އަރާ ކޮންމެ ރަށަކުން ދުނިޔޭގެ ނެތްފެންވަރުގެ ބުރިޖާއި ބޮޑެތި އެއާރޕޯޓުތަކާ ބިޔަބޮޑެތި ޕްރޮޖެކްޓްތައް ދަނީ އިއުލާން ކުރަމުން! ލޯނެއް ނުނަގާ، ރުފިޔާއެއް ޗާޕެއް ނުކުރޭ !

The name is already taken The name is available. Register?

879ކ

22 February 2024

އެހެންވެއޭ ލޯނު ނުނަގަނީ. ބަޖެޓުން ޚަރަދު ނުކުރަނީ. ބޭނުން ނުކޮށްހުރި ރަށްތައް ދިގުމުއްދަތަކަށް މޯގޭޖް ކޮށްގެން ކަންކަން ކުރަންޖރހުނީ ގައުމުގެ އިގްތިސާދު ހަލާކުކޮށްލާ ދަރަނިވެރިކުރުވާފަ ރާއްޖެ ޑީފޯލްޓް ކޮށްލަން މަޖުބޫރު ކުރުވާފަ ނިމުނު ސަރުކާރުން ދިޔާމަ ނޫންތަ. އަޅެ ދިވެހިންނަކީ ހަމަ ޖާހިލުންތަ؟ ތަނެއްދޮރެއް އެނގޭ ހަމަ އެކަކުވެސް އިދިކޮޅުގަ ނެތީތަ؟

The name is already taken The name is available. Register?

ޔތޔތ

22 February 2024

ޝާކިރާ ދަރިޔާ ޑރ މުއިއްޒު ގެކުރައްވާ ކަމެއް ސާކިރަކަށް ނޭނގެ. ނޭނގުމަކީ އަނެއްހެން މައްސަލައެއްނޫން. އެކަމަކު ދެން އާޓިކަލް ކިޔާލިނަމަވެސް ރަނގަޅު. އިންވެސްޓަރުންގެ އިންވެސްޓްމަންޓް ޕަލަސް ޕްރޮފިޓް ހޯދޭނެގޮތުން ވަކި މުއްދަތަކަށް އެސެޓެއް ހަވާލުކުރުން ކިޔާ އަޑު އަހަންތަ؟ އެއީ މިހާރު ކަންކުރަމުން އެދާގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454