ރަކުލް ޕްރީތު ސިންގް އާއި ޖެކީ ބަގްނާނީ ކައިވެނީގެ ފޮޓޯއެއް.
22 ފެބުރުއަރީ 2024 - 11:18
ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ ރަކުލް ޕްރީތު ސިންގް އާއި ޖެކީ ބަގްނާނީ އިއްޔެ ކައިވެނިކޮށްފި އެވެ.
އިންޑިއާގެ ގޯއާގައި ބޭއްވި އެ ކައިވެނީގެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ ގިނަ ބަޔަކާއި އެމީހުން ރަށއްޓެހިން ވެސް ބައިވެރިވި އެވެ.
އެމީހުންގެ ކައިވެނީގެ ފޮޓޯތައް ވެސް މިހާރު ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ބޮލީވުޑްގެ ކައިވެނިތަކަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ލިބެ އެވެ. ޖެކީ އާއި ރަކުލްގެ ކައިވެނިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހޯދި އެއް ކަމަކީ ކެއުމެވެ. އެ ދެމީހުން އަބަދުވެސް އުޅެނީ ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެންނެވެ.
އެމީހުންގެ ކައިވެނީގެ ހަފުލާގައި މެހުމާނުންނަށް ދިނީ ސިއްހަތަށް ރަނގަޅު ކެއުންތަކެވެ. އޭގެ ތެރޭގައި ގްލޫޓެން-ފްރީ އާއި ޝުގަ-ފްރީ ކެއުންތަކާއި ނިއުޓްރިޝަނަލް ޓްރީޓްސް ހިމެނެ އެވެ.
ޖެކީގެ އަމިއްލަ ގޭގައި އޭނާގެ ޕާސަނަލް ޖިމެއް ހުރެ އެވެ. އަދި ރަކުލް އަކީ އިންޑިއާގެ އެކި ތަންތަނުގައި އޭނާގެ އަމިއްލަ ޖިމްތައް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ.
ރަކުލް އާއި ޖެކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާންކުރީ އޮކްޓޯބަރު 10، 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލ.އަތޮޅު
25 February 2024
މަ ހީކުރީ ރަކުލް މަށަ އިއްނާނެކަން... މިހާރު ދިވެހިރާއްޖޭގައި ނެތް އިއްނާނެ އަންހެން ކުއްޖެއް.. ދިވެހި އަންހެންކުދިން ހަމަ ފޮނިކަމުން.... ސްޓިލް އިންޓަރެސްޓެޑް....