ސައީދު އެސްޑީއެފްސީ އިވެންޓްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ، ޑިވަލޮޕްމެންޓް ބޭންކް މިއަހަރު އުފައްދާނެ ކަމަށް -- ފޮޓޯ: އެސްޑީއެފްސީ
23 ފެބުރުއަރީ 2024 - 14:41
މިއަހަރު ތެރޭ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިވެލޮޕްމެންޓް ބޭންކެއްގެ ހިދުމަތް ދޭން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެސްޑީއެފްސީ އިން "ފަށާ މަދަދު" ލޯނާއި "ފަށާ މަދަދު ލީޒިން" ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފަންޑިން ހޯދައިދިނުމަށް ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލު "މިހާރު" އަށް ދެއްވަމުން ސައީދު ވިދާޅުވީ، މިވަގުތު ކުރިއަށްދަނީ، ޑިވެލޮޕްމެންޓް ބޭންކް އުފެއްދުމަށް ބޭނުންވާ ގަވައިދުތައް އެކުލަވައިލުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އެ ބޭންކްގައި ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމުން، ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ފަންޑިން ކުޑަ އިންޓްރެސްޓް ރޭޓެއްގައި އިންވެސްޓަރުންނަށް ލިބޭނެ ކަމަށެވެ.
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ޖެނުއަރީ މަހުގެ ކުރީ ކޮޅު ސަރުކާރުން ވަނީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމްކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް އުފައްދައިފަ އެވެ. އެ އޮތޯރިޓީއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން ފުރުސަތުތައް އިތުރު ކުރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމްކުރުމާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކާ އެ ކަމާބެހޭ ބިލެއް ޑްރާފްޓްކޮށް، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑީ
25 February 2024
އިސްލާމިކް ފައިނޭންސްތަ ނޫނީ ކޮންވެންޝަނަލްތަ؟ ކީއްވެތަ ރާއްޖޭގެ %100 މުސްލިމް ގައުމެއްގައި އިސްލާމިކް ފައިނޭންސް ގޮތުގައި ހުރިހާ ފައިނޭންސް ކަންތައްތަކެއް ސަރުކާރުން ނުކުރަނީ. ސަރުކާރުން ދޫކުރާ ލޯނުތައްވެސް ހުންނަނީ ކޮންވެންޝިއަނަލް ކޮއް؟ ކީއްވެ؟ ސަރުކާރު ހިންގަނީ ކޮންގޮތަކައް؟
ކަހަނަލަ
23 February 2024
ބިއްލޫރި ޓަނަލް، ފުލޯޓިން ޓާމިނަލް، އިންވެސްޓްމެންޓް ބޭންކް ތިންމަސް ފަހުން އަންނަނީ. އޭގެ ފަހުން ޓައިމް ޓުރެވަލް ތައާރަފް ކުރުން.
ނިލިސް
23 February 2024
ތިކަން ކޮށްފަ އިޢުލާންކުރުން ރަނގަޅު ވާނެ ކަމަށް ފެނޭ.
މާ.
23 February 2024
އަންބޮނޑީގަ ފޮރުވާލެވޭބަރު ލާރިކޮޅެއްހުރީ
ރިޔާސީ ވައުދު
23 February 2024
މި ރިޔާސީ ވައުދު ތަކކީ ސިޔާސީ އެއްޗެއް. ކޮންމެހން ގައުމުގަ ނެތް ވަރަކުން ތިޔަ "ވައުދު ތައް" ފުއްދަން ނޫޅުނަކަސް ރަނގަޅުވާނެ
ފޫޙީ
23 February 2024
ފޫހި.
ސަރަގޭ
23 February 2024
ކޮބާ އައިހެވަން
އަދިވެސްދޯ
23 February 2024
އައިހެވަން އެއީ ޔާމީނުގެ އެއްޗެއް