މާލޭގެ މަގެއްގައި ކުނިތަކެއް ބަހައްޓާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
24 ފެބުރުއަރީ 2024 - 19:18
މާލެ ސަރަހައްދުގައި ކުނި އުކައި ދިނުމުގެ ވިޔަފާރުކުރާ އާންމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ، ވެމްކޯ އިން ކުޑަކޮށްދީފި އެވެ.
އާންމު ފަރާތްތަކުން ވެހިކަލްތަކުގައި ގެންދާ ކުންޏަށް މިހާރު ނަގަނީ ޓަނަކަށް 1،060ރ. އެވެ.
ނަމަވެސް ވެމްކޯއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އަންނަ މަހުގެ އެކަކުން ފެށިގެން އާންމުން ފަރާތްތަކުން ވެހިކަލްގައި ގެންދާ ކުނީގެ ފީ 750ރ. އަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުގައި ކުނި އުކައިލުމުގެ ހިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް ދާ އާންމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއް ގޮތުގައި ވެމްކޯގެ ސައިޓަށް ވަންނަ ކޮންމެ ފަހަރަކު 150ރ. ގެ ފީއެއް ނަގާނެ ކަމަށް ވެސް ވެމްކޯގެ އިއުލާނުގައިވެ އެވެ.
ފެސިލިޓީތަކަށް ކުނި ގެންދާ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެންދިއުމުން ޗާޖު ކުރާނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2،660ރ. ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.
އެ ކުންފުނިން ބުނިގޮތުގައި، ބްރިޖު ނެތް ފެސިލިޓީތަކުން އާންމުންގެ އަތުން ނަގާނީ ޓަނަކަށް 750ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ.
25 February 2024
މާލޭ ސަރަޙައްދުގެ ކުނިއުކާލުމުގެ ޚިދުމަތް ވެމްކޯއަށް އެކަށީގެންވާވަރާ ގާތަށްވެސްނުދެވޭ. ކޮންސްޓްރަކްޝަން ސައިޓްތަކުން އުކާލަންޖެހޭ ގާކުނޑިފަދަ ތަކެތި އުކާލުމަށް ހެނދުނު 8:30ގައި 1666 އަށް ގުޅަން މިޖެހެނީ. ބަރާބަރު ސުންގަޑި ސުންމިނިޓްގައި ގުޅައިގެންވެސް މިދަނީ ވެއިޓިން ވިހިތިރީހަށް. ތިމާއާ އަރާހަމަވާއިރު މިއޮންނަނީ ފުލްވެފައި. މިއަށްވުރެ ރައްޔިތުންނަށް ލުއިފަސޭހަކޮށް މިކަންކުރެވެންޖެހޭނެ. ކޮންމެ ކަމެއްގައި ރޮއިއާދޭސްކުރަންޖެހޭ އުސޫލު ސަރުކާއިގައި.
ބަހާއު މުހައްމަދު
25 February 2024
ރަނގަޅު ރޯދަ ހަދިޔާއެއް ތިދެއްވީ
ތިހާމް ހަސަންް
25 February 2024
މިހާ ދަތި ހާލުގައި ގައުމު އޮއްވާވެސް މިލިބުނީ ބޮޑު ލުޔެއް
ތިހާމް ހަސަން
25 February 2024
ހީވޭ ކަމެއްހެން. ދަތިކޮށް ގައުމު އޮއްވާވެސް ތިދިނީ ބޮޑު ލުޔެއް
މުހައްމަދު ސަމީހް
25 February 2024
މިލިބުނީ ރައްޔިތުންނަށް އަހަރުމެން ކަހަލަ ރައްޔިތުންނަށް ބޮޑު ލުޔެއް. އަލްހަމްދުﷲ
ސުއާދު ސައީދު
25 February 2024
މިހެންވެ އަހަރުމެން ބުނަނީ މިވަރުގެ ސަރުކާރެއް ނޯންނާނެޔޭ. ޝުކުރިއްޔާ
111233
25 February 2024
ގޭގެއަށް ކުނި ނެރުނީމާ 150 ރުފިޔާ ކުނި ކޮތަޅު ހިފައިގެން ތހިރިއަށް ބޭލީމާވެސް 150 މީވެސް ހަދާފައި ހުންނަ މޮޅޮ ގާވާއިދު
ސަރުދާެުރުު
25 February 2024
މީ ބިދޭސީމްންނަށް ކޮއްދިން ކަމެއް
ވެމްކޯ އަދި ސަރުކާރަށް ހަމަ ސާބަސް.
24 February 2024
ރިއަލްސްޓޭޓް އަދި ގެދޮރު ހެދުމުގެ ކުންފިނިތަކުން ނަގަންޖެހޭ ފައިސާ އާންމު ނިކަމެތި މީހާ އަތުން ނެގުން ލަދުވެތި ނޫންތޯ ؟؟؟
ހޭބަލިން
24 February 2024
ދިވެހިން މިލިޔަނަރުންގެ ގޮތުގަ ސަރުކާރަށް ފެނުނަސް، ނިކަމެތި ރައްޔިތު މީހާ އުކާލާ ކުނިޕިކަޕަށް 5ސްޓާރް ރިސޯރްޓް އޯނަރު ނުދައްކާ ވަރު ދައްކަން ޖެހުނީމަ ލަދެއް ނުގަނޭތޯ.