މާލޭގެ މަގެއްގައި ކުނިތަކެއް ބަހައްޓާފައި: ވެމްކޯއިން ގެތަކަށް ކުނި ނަގަން ނުދާ ކަމަށް ބައެއް މީހުން ބުނޭ. ---ފޮޓޯ: ނިޝާން އަލީ| މިހާރު
07 އޯގަސްޓް 2025 - 19:18
މާލޭގެ ގެތަކުން ކުނި އުކާލުމުގެ މަސައްކަތް ކުރަމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުން ގަވާއިދުން ކުނި ނަގަން ގެތަކަށް ނުދާ ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މި މައްސަލާގައި "މިހާރު"އާ ވާހަކަ ދެއްކި އެކަކު ބުނީ އޭނާ ދިރިއުޅޭ ގޭގެ އެއްވެސް ފްލޯއަކުން ވެމްކޯއިން ކުނި ނުނަގާތާ ހަތަރު ދުވަސް ވެފައިވާ ކަމަށެވެ.
"ވެމްކޯއަށް ގުޅާއިރަށް ބުނޭ ފޮނުވާނަމޭ. އެކަމަކު އެންމެ ދުވަހަކު ވެސް ނާދޭ. މިހާރު ގޭގަ ކުނި ބަހައްޓައިގެން އުޅޭތާ މިވީ އެހާ ދުވަސް. ބޭރަށް ނެރެފައި މަގުމަތީގައި ބަހައްޓަން ވެސް ހިތަށް އަރާ،" އެ ގޭގެ ވެރިމީހާ ބުންޏެވެ.
އެހެން މީހަކު ބުނި ގޮތުގައި އެ ގެއިން ކުނި ނަގަން އަންނަނީ ދެ ދުވަހުން އެއް ދުވަހެވެ. އެގޮތަށް އަންނަނީ، ވެސް ކޮންމެ ދުވަހަކު ގުޅައި އުނދަގޫ ކޮށްގެން ކަމަށް އޭނާ ބުންޏެވެ.
"ކުރިން ބުނާނެ ކުނި ނުނަގަނީ ބިލު ނުދައްކާތީއޭ. މިހާރު ކަރަންޓު ބިލާ އެއްކުރީމަ ދައްކާނެތާ، އެކަމަކު މިހާރު ކުނި ނަގާކަށް ނާދޭ. ޖުލައި 26 އަށް ބަންދުކުރިއިރު ތިން ދުވަސްވި ކުނި ނުނަގައި،" އޭނާ ބުންޏެވެ.
އެކަމާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ގުޅުމުން އަދި މެސެޖަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި، ވެމްކޯގެ މުވައްޒަފަކު ބުނީ ގަވާއިދުން ގެތަކަށް ނުދެވެނީ، ވެމްކޯގައި ކުނި ނެގުމުގެ މަސައްކަތްކުރާ މީހުން މަދުވުމުން ކަމަށެވެ.
"އަމީނީ މަގުގެ މާފަންނު ކޮޅުން ފެށިގެން މަޖީދީ މަގާ ހަމައަށް ކުނި ނަގަން މި ޖެހެނީ އެއް ރެއިން. [މި ސަރަހައްދުގައި] މަސައްކަތް ކުރަން މިތިބީ ތިން މީހުން. ކިހިނެއް ހުރިހާ ގެއަކުން ކުނި ނަގާނީ،" އޭނާ ބުންޏެވެ.
މީގެ ނުވަ އަހަރު ކުރިން 2016 ގައި ވެމްކޯއިން ކުނި ނެގުމުގެ މަސައްކަތް ފެށިއިރު އެ ކުންފުނީގައި ތިބި 90 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ. ނަމަވެސް މިހާރު އެ އަދަދު ވަރަށް ބޮޑަށް ވަނީ ދަށްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސައިނު
10 August 2025
ވެމްކޯގެ މެނޭޖްމަންޓަކީ މިހާރު ރާއްޖޭގައި ތިބި ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް މެނޭޖްމަންޓް. ތިޔަ މައްސަލައަށް ހައްލެއް ގެންނާނެކަން ޔަގީން. ކުނިނަގަން ދާ ޓީމުތައް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރާކަމަށް އަޅުގަނޑުމެން ހޯދި ހޯދުމުން އެނގިފައިވެއެވެ.
ފުރޭތަ1
08 August 2025
ޔާމިނު އިރު ހަމަޖެއްސި 9 ހާސް ރުފިޔާގެ މުސާރައަކީ އޭރަށް ބަލާފަ ރަނގަޅު މުސާރައެއް. އެހެންވެ ދިވެހިން ވެސް މަސައްކަތަށް ނުކުތީ. މިއަދު އެވަރު މުސާރައެއް ކުޑަ. މުސާރަ ރަނގަޅު ކޮށްލީމަ ދިވެހިންވެސް ވާނެ. ކޮންމެ ދުވަހަކު ކުނި ނެގުމުގެ ބަދަލުގަ ހަފްތާއަކު ތިން ދުވަހު ކުނި ނެގޭނެ ގޮތެއް ހަމަޖައްސަނި ކޮށް ރަނގަޅުވާނެ. އީދުދުވަސް ނުވަތަ ގައުމީ ބަންދު ދުވަސްތަކުގަވެސް ކުނި ނަގަން ނެރުން ކަމަކު ނުދޭ.
ޙިންމަ
08 August 2025
ޢަމަލީގޮތުން ކުނި ނަގާ މުވައްޒަފުންނަށްވުރެ ސްޕަވައިޒަރުން ގިނަވާނެ، ދެންކިހިނެއް ކުނި އުކާނި އަދި އެއިން ކޮނމެ މީހަކު ވަރަށް ފުއްޕާނެ
ޖަލްމީ
08 August 2025
ވެމްކޯގެ މެނޭޖްމަންޓް ވަރަށް ފީކަޅާ! ފަރުވާކުޑަ
ކަތްދަަ
08 August 2025
ވެމްކޯ ކުނިނަގާން އަންނަ ބައެއް މީހުން ވަރަށް ފުއްޕާނެ. އެމީހުންނަށް ހީވަނީކަންނޭންގެ އެމީހުންނަަށް ތިބެވެނީ ސްޕަންޖުޖެހި ގޮނޑީގައޭ.
ސަލީމު އިދުރީސް
08 August 2025
ތަރައްގީވެފަ ހުރިގަމުތަކުގަ ބޯކޮށުން ވޭޓަރުކަން މަގުސާކުރުން ފަދަ މަސަކަތްތަކުގަ ތިބެނީ އެގައުމުގެ މީހުން! މިގައުގަ ފައިސާ ލިބޭގޮތް ފަސޭހައި ގުރުއާން ހިތުދަސް ކުރާމީހަކައް އިތުރު ކަމެއް ނުކުރިއަސް 4000 އެބަލިބޭ އަންނަ ކެންޕޭނުގަ ވައުދު ވެދާނެ 12000 ދޭންވެސް
ފިނިފެންމާ ސައީދު
08 August 2025
ފެހިލަޝްކަރު ކިހިނެއްމިހަދަނީ؟ ސަރުކާރާ ރައްޔިތު ކުއްފުނިތަކުގެ ހާލަކީ މިއީ. ދިރިއުޅުމަކީ މިއީ.
ސަންގޯރު
08 August 2025
ވެމުކޯއަށް ވަންނަ ލާރިން ކީއްތަ ތިޔަ ކުރަނީ؟ އޮފީސްތަކަށް ލާފަ ތިބި ސިޔާސީ ތައް ނެރެންވީނު ތިޔަކަން ކުރަން؟ މިހާރު ފިރިހެނަކަށް ވިއްޔާ ގިނައިން ފެންނަނީ ބިދޭސީން...
ގުމުރޫހު
08 August 2025
ސިޔާސީ މީހުން ލީތަ ތިޔަ ތަނަށްވެސް އަނެއްކާ، މަސައަކަތްކުރަން ތިބި މީހުން ނަގާފަ؟ ލައްކަ ކަންނެތޭ އެގޮތަށް ވަޒީފާ ދިނީމަ އަންނަ މީހުން. މިހެން މިބުނީ ބިދޭސީން މިހާރު ގިނައިން ފެންނަނީވެސް. ކޯލް ސެންޓަރު އެކަމު ތިޔައީ ހަމަ ބެސްޓު އިނގޭ.
ދޮން
08 August 2025
މަސައްކަތްކުރަން 1އެކަކު ސުވައިޒަރުން 15 މެނޭޖަރުން 30 ދެން ވާނެގޮަތްމިވަނީ ،، ހިދުމަތް ނުދެވި ބަޖެޓް ދާނީ ރިކަރެންޓް ހަރަދަށް ، ބައްލަވާ ވެމްކޯ ވެހިކަލްތަކުގެ ހާލަތު ސާފުކުރަނީ ކީނުން ، ބާދަބަރަށް ވެގެން ދަނީ