25 ފެބުރުއަރީ 2024 - 13:57
މެންޗެސްޓާ (ފެބްރުއަރީ 25) - ފުލަމް އަތުން ރޭ ބލިވިޔަސް، މެންޗެސްޓާ ޔުނައިޓެޑްގެ ބޮޑު މަންޒަރު ވަރަށް އުޖާލާކަމަށް، އެ ކްލަބްގެ ކޯޗު އެރިކް ޓެން ހަގް ބުނެފި އެވެ.
އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑް ބަލިވީ 2-1 ންނެވެ. ފުލަމްއިން ފުރަތަމަ ލީޑް ނަގާފައި ވަނިކޮށް ޑިފެންޑަރު ހެރީ މެގުއާ ޖެހި ލަނޑުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. ރޭގެ މެޗާ ހަމައަށް ދިޔައިރު އޯލްޑް ޓްރަފޯޑްގައި ޔުނައިޓެޑް ވަނީ ވިދިވިދިގެން ހަތަރު މެޗުން އެ ޓީމު މޮޅުވި އެވެ.
ރޭގެ މެޗުގައި އެއްވަރުވާން ފަރުޖައްސާ ލެވެން އޮތް ނަމަވެސް އެލެކްސް އިވޯބީގެ ލަނޑުން ފުލަމް މޮޅުވި އެވެ. ރަނގަޅު ޓްރެކެއްގައި ގޮސް ޔުނައިޓެޑް ބަލިވުމުން، ޓީމުގެ މިސްރާބު ދަނީ ރަނގަޅަށް ތޯ ސުވާލު ކުރުމުން، ޓެން ހަގް ބުނީ އެއް މެޗުން ބަލިވުމަށް ފަހު ބޮޑު ތަސްވީރު ބަލަން ޖެހޭއިރު ބޮޑު ތަސްވީރު ފެންނަނީ ވަރަށް ރީތިކޮށް ކަމަށެވެ.
"ކުޅުންތެރިން އަނިޔާއިން ރަނގަޅުވެގެން އަނބުރާ އަންނަ އިރު ބެލެންސް ހޯދަން ޖެހޭނެ. އަދި ޓްރާންސްފާ ޕީރިއަޑްގައި ވެސް ސްކޮޑް ވަރުގަދަ ކުރާނަން. ރަނގަޅު ގިނަ ކުޅުންތެރިންނާއި އުންމީދީ ކުޅުންތެރިންތަކެއް އަންނާނެ. އެހެންވީމަ ޔަގީނުން ވެސް އަޅުގަނޑުމެން މިދަނީ ރަނގަޅު ދިމާލަކަށް. އެހެންވީމަ އެ މީހުން ލިބޭއިރު ވަރަށް ރަނގަޅު ޓީމެއް އެބައޮތް،" ޓެން ހަގް ބުންޏެވެ.
މި މެޗުން ބަލިވެ ޔުނައިޓެޑް ޕްރިމިއާ ލީގު ތާވަލުގެ ހަވަނައިގައި ތީ ހަތަރުވަނައިގައި އޮތް އެސްޓަން ވިލާއަށް ވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ. ޔުނައިޓެޑް އޮތީ ޗެމްޕިއަންސް ލީގު ކޮލިފިކޭޝަންގެ ފަހު ޖާގަ އެވެ.
ޓެން ހަގް ބުނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދު ދޫކޮށްލެވެން ނެތް ކަމަށެވެ. އެއީ މި ދެ މަހު ޓީމުން ރަނގަޅު ކުޅުމެއް ދައްކަމުން އަންނާތީ ކަމަށް، އަޔެކްސް އާ އެކު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރު ކުރި ކޯޗު ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންޗޯ
25 February 2024
އަނގައިން ދެރަނުވާތި!
އަޅި އަލީ
25 February 2024
ކަލޯ ކިހިނެއް ބޮޑު މަންޒަރު ބަލަނީ! ތިރިންތަ މަތިންތަ!
ސާމިހް ކެޕްޓަން
25 February 2024
ސީރިއަސްކޮށް އެބުނީ. ކަލޭމެން ބަލައްޗޭ ލީގާ ޔޫސީއެލް ގެންދާނެ ދެން އަންނަ ސީޒަންގަ.
ފޮނިބެ
26 February 2024
ޔޫރޯވެސް ނަގާނެ
މޮޅުވާހަކަ
25 February 2024
ކަލޭ ތިހެން ކިޔާލަ ކިޔާލާ ހުރޭ.. އަހަރުމެންނަށް ފެންނަނީ ކަރުތާފެނަށް ގޮސް ފެތޭތަން.