ހދ. ނޮޅިވަރަމްފަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ--
25 ފެބުރުއަރީ 2024 - 23:17
ރައްޔިތުންގެ މަޖިލީހުން ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ބޭރުގެ ބަޔަކު ރުއްސުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ މި ސަރުކާރުގެ ތިން ވަޒީރަކަށް ރުހުން ނުދޭން ފާސްކޮށްފަ އެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވައި މަޖިލިހުގެ ރުހުން ހޯދަން ފޮނުއްވައިފަ އެވެ. އެކަމަކު، މަޖިލިހުން އަދި އެ މައްސަލަ އަށް ވަކި ގޮތެއް ނުނިންމަ އެވެ.
ނުސީދާކޮށް އިންޑިއާ އަށް އަމާޒުކުރައްވައި، ހދ. ނޮޅިވަރަމްފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވިދާޅުވީ "ބޭރުގެ ކޮންމެވެސް ބަޔަކު" މަޖިލިހުގެ މެމްބަރުންގެ މައްޗަށް ބާރު ހިންގައި ވަޒީރުންނަށް ރުހުން ނުދޭން މަޖުބޫރުކުރި ކަމަށެެވެ.
"އަޅުގަނޑުމެންނަށް ވެސް މައުލޫމާތު ލިބޭ އެ ބޭފުޅުން [މެމްބަރުން] ގެ މައްޗަށް ވެސް ބާރު ހިންގާ ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް ހަމަ މަޖުބޫރުން ކޮންމެވެސް ތިން ހަތަރު ވަޒީރަކަށް ރުހުން ނުދޭން،" އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަމްފަރަށް ވަޑައިގެން ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެމްބަރުން ކައިރީ ވެސް ބުނަމުން ދިޔައީ ތިޔަ އެންމެންނަކަށް ނުޖެހެއޭ ރުހުން ދޭން. ތިމަންނަމެން ކޮންމެހެނުން ވެސް ޖެހެއޭ ދެ ތިން މީހުން ދުއްވާލަން. ހަމަ މި ލޭންގުއެޖް ބޭނުންކުރީ އެ ބޭފުޅުން."
އެމްޑީޕީ އަދި އެ ޕާޓީން ކުރިން ހިންގި ސަރުކާރާއި އިންޑިއާއާ ގާތްގުޅުމެއް އޮންނައިރު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވައިލަން ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރާތީ އިންޑިއާގެ ހިތްހަމަނުޖެހުން މި ސަރުކާރަށް ވަރަށް ބޮޑެވެ.
ހދ. ނޮޅިވަރަމްފަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުން.
ރައީސް މުއިއްޒު މިރޭ ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކު ވަޒީރުން އައްޔަން ކުރެއްވުމުން ރުހުން ދޭން ޖެހޭ ކަމަށާއި އެކަމަކު އެ ވަޒީރަކަށް ރަނގަޅަށް މަސައްކަތް ނުކުރެވޭ ނަމަ، އެ ބަޔަކު މަގާމުން ދުރުކުރުމުގެ ބާރު ވެސް ރައްޔިތުންގެ މަޖިލީހަށް އޮންނަ ކަމަށެވެ. އޭގެ ބަދަލުގައި ބައެއް ވަޒީރުންނަށް ރުހުން ނުދިނީ ހަމަ އެއްވެސް އަސާސެއް ނެތި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
President Dr @MMuizzu met with the community of Nolhivaranfaru Island in the South Thiladhunmathi Atoll, where he committed the government's full support to meet the needs of the Island's citizens. The meeting was held at Nolhivaranfaru School. pic.twitter.com/FPklOct6fL
— The President's Office (@presidencymv) February 25, 2024
ރައީސް، އެކަމަށް އިޝާރާތް ކުރެއްވީ، އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސް އަޅަމުން ދާ ކަމަށް ވިދާޅުވެ އެެވެ. އެ މަނިކުފާނު ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ކޮންމެ ރަށެއްގައި ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އިދިކޮޅު މެޖޯރިޓީއެއް އޮތް މަޖިލީހެއް އޮތުމުން ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުރަސް އަޅާތީ ދަތިވެފައިވާ ކަމަށެވެ.
އެހެންވެ، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ހޯދައިދޭން ރައީސް މުއިއްޒުގެ ގެންދަވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނާޑުވާ
26 February 2024
ދޮގެއް ހަދާލަން ހާދަ ފަސޭހަ އޭ ދޯ.
ދޮގު ޕީއެންސީ
26 February 2024
ކޮބާ ހަދާނެ އިތުރު ދޮގެއް ދެންނެތީތޯ? އަދުރެ މެޓިކުސް ވ.ކުޅަދާނަވާނެ ދޮގުހަދަން. އެކަމަށް މޮޅުކަމުން ރައީސްގެ އެޑުވައިޒަރުކަންވެސް ދިނީ.
ދޮގުބެ
26 February 2024
ރާއްޖޭގެ މިނިިވަންކަން މިޖީލުގެ ދަރިންނަށް މިލިބުނީ މުއިޒު ޖީބަށްލާ ފޮރުވާފައޮތީމަދޯ? ނޫންނަމަ އެންޑީޕީ މީހުންގެއްލުވާލީސް!
ދޮގު ގުއިޒު
26 February 2024
މި ރައީސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ކުރާކަމަކަށް މި އޮންނަނީ ރަށް ރަށަށް އަރާ ރައްޔަތުންނަށް ދޮގުހަދާ އޮޅުވާލުންދޯ. ވެރިކަމަށްވެސް އައީ ދޮގާ މަކަރު ހީލަތްހަދާ ރައްޔަތުންނަށް އޮޅުވާލައިގެން. މިހާރު ޔާމީނު ކޮބައިތަ? އެއްލައްކަ އިންޑިޔާ ސިފައިން ބާލާ ނިމުނީތޯ?
އަމްނު މުހައްމަދު
26 February 2024
ސަރުކާރަށް ޖެއްސުން ކުރުން ނޫންކަމެއް ނުކުރޭ.!
ފާތުމަތު ސޯލިހް
26 February 2024
ޝަހީމްއަށް ރުހުން ނުދިނީވެސް އެހެންވެ.
ޝައުފާ މުހައްމަދު
26 February 2024
މުއިއްޒް ބުންޔަސް މިއީ ތެދެއް. މިކަން ކަން ކޮށްގެން ނުވާނެ އެހެން.
ވިސާލް
26 February 2024
މުއިއްޒު ތެދުވެސްބުނޭތަ؟
ސުއާދު ސައީދު
26 February 2024
އަސްލު އެއްމެ ހިންގުންތެރި މީހުންނަށް ރުހުން ނުދިނީވެސް. ލަދު
ތިހާމް ހަސަން
26 February 2024
އެއީ އެއްމެ ހަޑިކޮށް އެމްޑީޕީއިން ކުރި ކަންތައް.
ތެފައާސާ..
26 February 2024
ރުހުން ނުދިނީ ވަކި ގައުމަކުން އަންގައިގެން ކަމަށްވާނަމަ، ރުހުން ނުދިން ވަޒީރުން އަލުން އައްޔަންކުރީ ކޮންގައުމަކުން އަންގައިގެންބާ؟؟