ޗައިނާ އިން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ: ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން މިވަގުތު އަންނަނީ ޗައިނާއިން .-- ފޮޓޯތައް: ފަޔާޒް މޫސާ / މިހާރު
28 ފެބުރުއަރީ 2024 - 10:16
ރާއްޖެ އަށް ފުރަތަމަ ފަހަރަށް އެއް މަހުން ދެ ލައްކަ ޓޫރިސްޓުން އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 26 އާ ހަމައަށް ދެ ލައްކަ ޓޫރިސްޓުން އައިސްފައިވާއިރު، އެންމެ ގިނައީ ޗައިނާގެ ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ފެބްރުއަރީ މަސް ނިމުނު އިރު އައީ 177،000 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އެއް މަސް ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ.
މިދިޔަ ޖެނުއަރީ މަހު ވަނީ 192،000 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ.
މި މަހު އެވްރެޖުކޮށް ކޮންމެ ދުވަހެއްގައި 7،600 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެ އެވެ. ޓޫރިސްޓުން އެހާ ބޮޑަށް އިތުުރުވީ، ޗައިނާ އިން އަންނަ ފްލައިޓުތައް އިތުރުވުމުންނެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން ވަނީ 52،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ ރާއްޖެ އަށް އައި ޖުމްލަ ޓޫރިސްޓުންގެ 13 ޕަސެންޓެވެ. ދެ ވަނަ އަށް އެންމެ ގިނައީ ރަޝިއާގެ ޓޫރިސްޓުންނެވެ. އެ ގައުމުން 37،800 ޓޫރިސްޓުން އައިސްފައި ވެ އެވެ. އިޓަލީ އިން 37،300 ޓޫރިސްޓުން އައި އިރު އިނގިރޭސި ވިލާތުން 34،000 ވަނީ އައިސްފަ އެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެ އަށް ވަނީ 390،000 ޓޫރިސްޓުން އައިސްފަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 15 ޕަސެންޓުގެ އިތުރުވުމެކެވެ.
ޗައިނާގެ މާކެޓާ އެކު ރާއްޖެ އަށް އަންނަ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވި އިރު ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އަށް އެ ގައުމުގެ އިތުރު އެއާލައިންތަކުން ދަތުރުތައް ފަށާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެ އެވެ. މި ވަގުތު ބެއިޖިން ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓާން އާއި ޝީޒުއާން އެއާލައިނުން ވެސް އަންނަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރު ކުރަމުންނެވެ. މި މަހު ވަނީ އެ ގައުމުގެ ޒިއޭމަން އެއާލައިންގެ ޗާޓަރު ދަތުރުތަކެއް ވެސް ފަށައިފަ އެވެ.
މި އަހަރުގެ ބަޖެޓު ފޮތުގައިވާ ގޮތުން ދެ މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.
1. ޗައިނާ
2. ރަޝިއާ
3. އިޓަލީ
4. އިނގިރޭސި ވިލާތް
5. އިންޑިއާ
6. ޖަރުމަން
7. ފްރާންސް
8. އެމެރިކާ
9. ޕޮލެންޑް
10. ސްވިޒަލެންޑް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
28 February 2024
ކުރީގަ ޓޫރިސްޓުން އަންނަ ވަރު ގިނަ ވާ ވަރަކަށް ސަރުކާރުގެ ހަރަދު ތައް ވެސް ގިނަ ވެ އެވެ. ދެން ދަރަނި ދާނީ ބޮޑު ވަމުންނެވެ. މުއިއްޒު އެހެން ނުހަދާނެ ކަމަށް އުއްމީދު ކުރަމެވެ.
1234456
28 February 2024
އެމްޑީޕީ ޓުއަރިސްޓުން ނައުމަ ގޮވިބައެއް.
ޓޫރިސްޓް
28 February 2024
ޓޫރިސްޓް އަންނަނީ ރިކޯޑް އަދަދަކަށޭ ފެންނާނެ އަބަދުވެސް ނޫސްތަކުން. ސިޔާސީ ބޭފުޅުން ވިދާޅުވާނެ ޤައުމު އޮތީ ބަނގުރޫޓުވެފަޔޭ. ކޮންމެ ދުވަހަކު، ކޮންމެ މަހަކު ޓޫރިސްޓުން އަންނަ އަދަދު ރިކޯޑަށް އަރަންޏާ ކޮން ބަނގުރޫޓެއްގެ ވާހަކަ މިދައްކަނީ
ކޮތަރު
28 February 2024
ބަޔަކު ޓްއަރިޒަމް މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާ އަށް ގެސްޓުން ގިނަވާތީ ޘަނާކިޔާއިރު، އެ ދެބޭފުޅުން މި ވީ 100 ދުވަސްތެރޭގައި ޓްއަރިސްޓް އަރައިވަލް ބޫސްޓްކުރަން އެންމެ ފެއަރއަކަށް ދިޔަބާ؟ އެހެނެއް ނޫން 40-50 މީހުންގެ ވަފުދު ގޮވައިގެން ގައުމަށް ލިބޭ ޑޮލަރުން ބޮޑު ބައެއް ތުރުކީ، ޗައިނާ އަދި ޑުބާއީ އަށް ގޮސް ތަޅާލާއިފި! ދެން ރިސޯޓް އޯނަރުންގެ ގިނަ މީހުން އެތިބެނީ އިންކަމްގެ ބޮޑުބައި ބޭރުގެ ބޭންކުތަކަށް ޖަމާވާގޮތް ހަދައިގެން! ކޮންމެ ސަރުކާރެއްވެސް އެ އޮންނަނީ، އެ ލިބޭ ޑޮލަރުން ޢާންމުންނަށް ފައިދާއެއް ކޮށްފާނެތީ، ރިސޯޓް އޯނަރުންވެގެން ކަސްތޮޅު އަޅުވާފަ! ހަގީގަތަކީ، ގެސްޓް އެރައިވަލް ގިނަވީ ރޔ ހެދި ކޯޑް އެފް ރަންވޭ ހުޅުވިފަހުން! އަދި ބަލަންތިބޭ އިރާދަކުރެއްވިއްޔާ ރޔ ގެދުރުވިސްނުމުން ބިންގާއެޅި 7 މިލިއަން އަރައިވަލްސްގެ ޓާމިނަލް ހުޅުވީމާ އަރައިވަލްސް ބޫސްޓް ވާނެ ވަރު! ތޭންކްޔޫ ރޔ
ބުނެބަލަ
28 February 2024
ތިއެއްނޫނޭ. ތިހާ ދިގުކޮށް ކޮމެންޓު ތިލިޔަނީ ކޮން ފޯމިއުލާއެއް ބޭނުންކޮށްގެންތަ؟
ކުރު ކޮމެންޓް
29 February 2024
ޗައިނާ ޓުއަރިސްޓުން އިތުރުވެގެން މިއުޅެނީ. އެއީ ކޮންމެސް ކަމެއްވީމަ ދޯ؟
އާބިދު ސައީދު
28 February 2024
އިންޑިޔާ މީހުން ނަޔަސް މިގައުމު ދާނީ ރައީސް މުއިއްޒްގެ ޒައާމަތުގައި ކުރިޔަށް. އިންޝާﷲ
ދީމާ ސަވާދު
28 February 2024
މިފެންނަނީ ނަތީޖާ ނެރޭތަން. މިއީ ސަރުކާރުގެ ހިންގުންތެރިކަން.
ރިޔާސާ އަލީ
28 February 2024
މިނިސްޓަރ ފައިސަލް އައްޔަންކޮށްގެން އެއްޗެސް ކި މީހުން ކޮބާ؟
Draw
28 February 2024
މިނިސްޓަރަކަށް ގަމާރެއް ހުއްޓަސް އަންނަ މީހަކު އަންނާނެ
ކެކެ
29 February 2024
ކުރިން ނައީ ކީއްވެބާ؟
ނޫހް އިބްރާހިމް
28 February 2024
މުއިއްޒް ސަރުކާރުގެ ހިންގުންތެރިކަން މިފެންނަނީ.
ސިއެރާޒޫލޫ
28 February 2024
އަންނަ ޓޫރިސްޓުން ވަނީ ގިނަ ، އެކަމަކު ޑޮލަރުގެ ތާށިކަންދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުން ، އަޅެ މިވަނީ ކިހިނެތްބާ؟ ޕީޕީއެމް އޭކިއަސް ޕީއެންސީ އޭކިއަސް މީ ހަމަ އެއްބައެއް، މިމީހުން ސަރުކާރަށް އައި 2 ފަހަރުވެސް އާއްމު ރައްޔިތުންނަށް ޑޮލަރުގެ ތާށިކަންއޮތީ އިންތިހާއަށް ފޯރާފައި، އަޅެމިވަނީ ކިހިނެތްބާ؟ ތިއަންނަ ޓޫރިސްޓުން ގެންނަ ޑޮލަރަށްވުރެ އެ ޓޫރިސްޓުން އަނބުރާ ގެންދާ ޑޮލަރު ގިނައީތޯ؟
ހޭދެބައި
28 February 2024
ޑޮލަރު މައްސަލަ ޖެހެން އެންމެ ފުރަތަމަ ފެއްޓީ ކޮން ޕާޓީއެއްގެ ވެރިކަމުގަކަން ބުނަން ނުކެރުނީތަ ރީނދޫ ހުން ޖެހިފަ ހުރިލެއް ބޮޑުކަމުން
ކަމީނާ
28 February 2024
ޓުއަރިސްޓުން ގިނަވާވަރަކައް ޔސޑ އަގުބޮޑުވޭ.އާންމު ރައްޔިތުންނައް ކުރާ ފުރައްސާރައެއްމީ.ސަރުކާރު އޮންނާނީ އުފަލުން އެރައިވަލް ނަންބަރު މަތިކަމުން.އަހަރުމެންނައްހެޔޮ ތި މަތިނުވިޔަސް.