ޚަބަރު / ރައްޔިތުންގެ މަޖިލިސް

ޣައްސާން ވިދާޅުވީ، މުޒާހަރާގެ ތެރެއިން މަޖިލިހުގެ ގޯތިތެރެއަށް އުކީ ކުކުޅު ބިސް، ގަލެއް ނޫން ކަމަށް

28 ފެބުރުއަރީ 2024 - 13:37

10 comments

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ ބޭއްވި ދުވަހު، މަޖިލިހުގެ އިދާރާ ކައިރިއަށް އެއްވެ ކުރި މުޒާހަރާގެ ތެރެއިން އެ އިދާރާގެ ގޯތި ތެރެއަށް ކުކުޅު ބިސް ފިޔަވައި އިތުރު އެއްޗެއް އުކާފައި ނުވާ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ދެއްވައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ހެނދުނުގެ ޖަލްސާ ކުރިއަށް ގެންދަނިކޮށް، މަޖިލިހުގެ އިދާރާ ކައިރިއަށް ސަރުކާރުގެ ބައެއް އިސްވެރިންނާއި ސަޕޯޓަރުން ވަނީ އެއްވެ މުޒާހަރާކޮށްފަ އެވެ.

އެ މުޒާހަރާގެ ތެރެއިން ހަމަނުޖެހުންތައް ހިނގައި، ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސަލާމަތީ ބާރުތަކުން ޒިންމާ އަދާކޮށްފައިވޭތޯ ބަލަން އެދި ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ (241) ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަމުން ދިޔައިރު މުޒާހަރާގެ ބައިވެރިން ވަށައިފާރުމައްޗަށް އަރައި ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާ ކަމަށް އީވާ ހުށަހެޅުއްވި މައްސަލާގައިވެ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމަށް ފުލުހުންނާއި ސިފައިންގެ އިސްވެރިން ވެސް ހާޒިރުކޮށްފައިވާ އިރު، ޣައްސާން ވިދާޅުވީ އެ ދުވަހު މަޖިލިހުގެ އިދާރާގެ ގޯތި ތެރެއަށް އުކާފައި ހުރީ ކުކުޅު ބިސް ކަމަށާއި އިތުރު އެއްޗެއް އުކާފައިނުވާ ކަމަށް ސިފައިން މައުލޫމާތު ދީފައިވާ ކަމަށެވެ.

"އެ ދުވަހު [ޖެނުއަރީ 28] ގާތްގަނޑަކަށް 15:50 ހާއިރު މަޖިލީހުގެ އިދާރާގެ އިރުމަތީ ފަރާތުން ޕާކިން އޭރިއާއަށް، ސިއްކަ ގޯޅީގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތަކުން އެއްޗެއް އެއްލުމުން، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުން ބެލި ބެލުމުން އެއީ ކުކުޅުބިސްކަން ފާހަގަކުރެވުނު،" ގުރައިދޫ ދާއިރާގެ ގޮނޑި އެންމެ ފަހުން ފުރުއްވި ޣައްސާން ވިދާޅުވި އެވެ.

މުޒާހަރާގެ ތެރެއިން އައިސް ކިޔުބް ފަދަ ތަކެތި ވެސް އުކާފައިވާ ކަމުގެ މައުލޫމާތު ލިބިގެން މެމްބަރަކު ސުވާލުކުރެއްވުމުން ވެސް ޣައްސާން ތަކުރާރުކޮށް ވިދާޅުވީ، ކުކުޅު ބިސް ފިޔަވައި އިތުރު އެއްޗެއް އުކާފައިނުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޖިލިހުގެ އިދާރާގެ އިން ފާރު ތިރި ކަމުން، އެ އިދާރާގެ ގޯތި ތެރެއަށް އެއްޗެހި އުކުމުގެ ފުރުސަތު ބޮޑުވެ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިވާ ކަމުގެ ވާހަކަ 2021 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފުން މަޖިލީހަށް ވަނީ އަންގައިފަ އެވެ.

އަދި މުޒާހަރާ ހޫނުވާން ފެށުމުން، އެ ސަރަހައްދަށް ސިފައިން އިތުރުކޮށް ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރި ކަން ހާމަކުރައްވައި، މަޖިލީހުގެ ގެ އާއި ގޯތި ތެރެއަށް ހުއްދަ ނެތި އެއްވެސް ބަަޔަކު ވަދެފައި ނުވާ ކަމުގެ ޔަގީންކަން ވެސް ޣައްސާން ދެއްވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވިދާޅުވީ މަޖިލީހު އިދާރާގެ ގޯތިތެރެއަށް އެ ދުވަހު، ކުކުޅުބިސް ފިޔަވައި އެހެން އެއްޗެއް އުކާފައި ނުވާ ކަމަށެވެ. ނަމަވެސް ކުކުޅުބިސް އުކީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވިދާޅުވީ މަޖިލީހުގެ ގޯތިތެރެއަށް އެ ދުވަހު، ކުކުޅުބިސް ފިޔަވައި އެހެން އެއްޗެއް އުކާފައި ނުވާ ކަމަށެވެ. އަދި ކުކުޅުބިސް އުކީ ކޮންބައެއްކަން ދެނެގަނެވިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.

މުޒާހަރާގައި ގޭންގުތައް ބައިވެރިވި

އެ ދުވަހު ކުރި މުޒާހަރާގައި ސަރުކާރުގެ އިސް ވެރިންނާއި ސަޕޯޓަރުންގެ އިތުރުން މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކަށް ނިސްބަތްވާ ބަޔަކު ވެސް ބައިވެރިވި ކަން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ހާމަވެފަ އެވެ.

މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ޝުޖާއު ވިދާޅުވީ މުޒާހަރާ އަށް ފުރަތަމަ އެއްވީ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ސަޕޯޓަރުންތަކެއް ކަމަށާއި އޭރު މުޒާހަރާ ގެންދިޔައީ ވެސް ސުލްހަވެރިކަމާ އެކު ކަމަށެވެ.

ނަމަވެސް މުޒާހަރާގައި ފަހުން ގޭންގުތަކަށް ނިސްބަތްވާ ބަޔަކު އެ ސަރަހައްދަށް އެއްވެ، ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރި ކަން އޭނާ ހާމަކުރެއްވި އެވެ.

"ގޭންގުތަކަށް ނިސްބަތްވާ މީހުން އެއްވި ހިސާބުން މަސްލަހަތު ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ، ފުރަތަމަ އެއްވި އިރު އެ މީހުންނެއް ނެތް، މާ ފަހުން އެއްވާން ފެށީ،" އެއާ އެކު ސަރަހައްދުގެ ސެކިއުރިޓީގެ ކަންކަން ވަރުގަދަ ކުރި ކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވި އެވެ.

މުޒާހަރާގައި ބައިވެރިވީ ސަރުކާރުގެ އިސް ބޭފުޅުންނާއި ގޭންގުތަކާ ގުޅިގެން ރާވައިގެންތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި އެ ކަން ފުލުހުން ސީދާ ނުބަލާ ކަމަށާއި އިސްކަމެއް ދިނީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.

10 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

00008

28 February 2024

ކުރީދުވަހަކު ރަށުތެރޭ ކިޔާއަޑު އިވުނު ގޭންގެއްގެ ޑިފިނިޝަނެއް އަދި ނެތޯ. މިހާރު ...........

The name is already taken The name is available. Register?

ކެރިއާކުރިމިނިނަލް

28 February 2024

ގޭންގުތަކަށް ނިސްބަތްވާ މީހުން އުޅެން ޖެހޭތަ ގޭންގު ހެދުމާ ބައިވެރިވުމަކީ ކުށެއް ނޫންތަ

The name is already taken The name is available. Register?

މަރަށްމަރު

28 February 2024

އިއްޔެ ހުކުމް ކުރި " އަނަސް" މަރާލި މީހުންގެ ކުށެއް ނެތް ކަމަށް... މިތާނގައި ގޭންގު ނެތި އަނަސް އަށް އިންސާފު ހޯދޭނެ ގޮތެއް އޮންނާނެތަ؟ މަރުގެ ހުކުމަކުން ސަލާމަތްވާން ބޭނުންވަނީ 4 ލައްކަ ރުފިޔާ.

The name is already taken The name is available. Register?

654321

28 February 2024

ޢިއްޒަތުން ފުރިގެންވާ ޢިއްޒަތްތެރިންނޭވެ. އަވަހަށް ބިސް އުކިމީހުންނަކީ ދިވެހިން ނޫންކަމަށް ގަރާރެއް ނެރެލަބެލެ.

The name is already taken The name is available. Register?

މިއައު

28 February 2024

އެހެންވީމަ ކުކުޅު ބިސް އުކޭނެ؟ ހާދަ ބޮޑު އިސްރާފެކޭ

The name is already taken The name is available. Register?

ބީވާ

28 February 2024

އިންޑިއާއިން ޕްރެޝަރު އައިއްސަ މިހާރު އޮންނާނީ އެގައުމުން އެތެރެކުރި ބިސް އެމީހުންގެ ޕާޓީމީހުންނާ ދިމާއަށް އެހެން އުކީމަ.

The name is already taken The name is available. Register?

ޢެސަ

28 February 2024

ޢެ ހެދީ ދޮގު

The name is already taken The name is available. Register?

މާމުގޫ

28 February 2024

ކަލޭ ކޮންއެއްޗެއްތަ އެއްލީ. ގައިމުވެސް ގަލެއްނނޫކައެއްނި

The name is already taken The name is available. Register?

1233

28 February 2024

ވާހަކަ ވަރަށްމޮޅު

The name is already taken The name is available. Register?

ޜަދުން

28 February 2024

އިންޑިޔާ ބިސް ތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454