ސުޕްރީމް ކޯޓު ކައިރިން މީހަކު ހިނގާފައި ދަނީ: ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގައި.--
28 ފެބުރުއަރީ 2024 - 20:47
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މިދިޔަ މަހުގެ 28 ގަ އެވެ. އެ މައްސަލައިގައި އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ.
އެ އަޑުއެހުމުގައި ސަރުކާރުގެ ފަރާތުން އެދިގެން ސުޕްރީމް ކޯޓުން މަޖިލީހުގެ ގަވާއިދުގެ މާއްދާތަަކަށް ގެނައި އިސްލާހަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓުވި އެވެ. އަދި އެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުން ވިދާޅުވީ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުން ކަމަށެވެ.
ކޯޓުން އެގޮތަށް ނިންމި ނަމަވެސް އިދިކޮޅު އެމްޑީޕީން ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައި ވަނީ އެ އަމުރަށް ތަބާނުވުމަށެވެ.
އެ މައްސަލައިގައި ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ގަ އެވެ.
އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާއި މިނިސްޓަރު ކަމާ ހަވާލުވި އެވެ.
އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ. އެއާ އެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ. އޭރަށް މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމްގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅީ އެ ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާ އަށް އިތުރުކޮށްފައިވާ ތިން މާއްދާގައި މަޖިލީހުގެ ޖުމްލަ މެމްބަރުން އިބާރާތްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފުކަމަށް ބުނެ އެ ތިން މާއްދާ ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި 'މަޖިލީހުގެ ޖުމްލަ މެމްބަރުން' މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާތީ، މިއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެކެވެ." އޭޖީން އޭރު ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޕްރީމްބޭބެ
29 February 2024
ބޭނުންވީމަ ގަވާއިދު ބަދަލުކޮއްފަ ބޭނުން ގޮތަކަށް މާނަކޮށްފަ ކުޅޭކުޅިވަރެއް ހެން ހީވަނީ. އެމްޑީޕީ އާ ޑިމޮކްރެޓްސް ކިޔައިގެން ރައްޔިތުންގެ ތާއީދު ނެތް ބަޔަކު މުޅި ގައުމު ހަލާކުކޮއްލަމުން މިދަނީ ކޮން ވިސްނުމެއްގަބާ. ﷲ ސވއ މަތިން ހަނދުމަ ނެތި ހިތުހުރި އެއްޗެއް ކިޔާ ބޭނުން ގޮތަކަށް ދޮގު ހަދައިގެން ކަންކަން މިކުރަނީ ހަމަ އެއްޗެއް ނުވިސްނޭ ބައެއް.
ޙައިރާން
29 February 2024
ކޮނެމެހެން މީހެއްގެ ފޮޓޯނުޖަހާ ފޮޓޯއެއް ނުނެގެނީތަ؟
ޒުހައިރާާ
29 February 2024
2019 ގެ މަޖިލިހަކަށް 2023ގެ އިންތިހާބަކުން ހޮވާ ރައީސެއް އަޒުލުކުރެވެނީ ކޮންއުސޫލަކުންތޯ. މި ފުރުސަތު އެމްޑީޕީ އަށް ދިނުމަކީ ފިނި ފެންގަނޑަކުން އަލިފާނަށް ފުންމާލުންފަދަ ކަމެއް.
ފައިސަލްް
29 February 2024
އެމްޑީޕީ އަށް މި ސަރުކާރަށް އިތުރަށް ޖެއްސުންކުރުމަށް ފުރުސަތު ދެވިގެންނުވާނެ.
އުލްފާާ
29 February 2024
ސުޕްރީމްކޯޓުން ކޮންމެ ހުކުމެއް ކުރިޔަސް މަޖިލީހުގައި ވަކި ދާއިރާތަކެއް ތަމްސީލު ކުރާ މެމްބަރުންތަކެއް ނެތި ބިލްތަށް ފާސް ކުރާނަމަ އެ ދާއިރާގެ ރައްޔިތުންގެ ހައްގު ގެއްލިގެންދާނެ.
ކާމިލްް
29 February 2024
މަޖިލިސް އިންތިހާބަށް ނެތް ދެން މާގިނަ ދުވަހެއް. މި ދުވަސްކޮޅުތެރޭ އެމްޑީޕީއަށް މިފަދަ ބާރެއް ސުޕްރީމްކޯޓުން ދީފިނަމަ މިމީހުން އަތަކު ފަތަކު ނުޖެހޭނެ.
އެއްބަފާ ބޭބޭ ޖަލަށްލި ރައީސްގެ އަވަށްޓެރިޔާ
29 February 2024
މަޖިލީހުގެ މެމްބަރުންގެ ޢަދަދަކީ 87. ނޯ އާރގިއުމެންޓް އެބައުޓް އިޓް.
ާހުސްނޫން
29 February 2024
އެމްޑީޕީއިން ކޮސްގޮވިޔަސް ޤަބޫލުކުރާ ބަޔަކު އެބައުޅޭ. ތިޔަ އިއްޒައްތެރި މެންބަރުންގެ ގިނަބައެއް އިސްތިއުފާދީފި ހާލަތެއްގައި، ބާކީތިބޭ 10 ވަރަކައް މީހުން މުޅިރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ މެންބަރުން ގޮތުގައި ވަކާލާތުކޮށް ރައްޔިތުން ހޮވާފައިން ރައީސް ޢަޒުލްކުރެވޭނެބާ؟
ހަމަހޭވެރިކަން
28 February 2024
މިސަރުކާރު ހޮވުނީއްސުރެން އަޒުލް ކުރާނީ ޔޭ ކިޔާ މަޖިލީހުގެ ގަވައިދު އެމީހުން ބޭނުންވާ ގޮތައް މަގުފަހި ކޮއްދެންޔާ އެއީ މިގައުމައް ހަމަޖެހުން އަންނާނެ ކަމެއްނޫން.
ކުށުގެ
28 February 2024
ރައްޔިތުންގެ ތާއީދު ނެތްބަަޔަކު މަޖިލިސް ބޭނުން ކޮއްގެން ޖިރީމާ ހިންގުން ކުއްވެރި ކުރަން