ހަވީރުގައި ހިންގި ހަރަކާތެއްގައި ޑރ. ޒާހިރު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހަވީރު
05 މާޗް 2024 - 15:11
ރާއްޖޭގައި އެންމެ މުއްސަނދި އާކައިވް އޮތް "ހަވީރު" ނޫސް ހިންގޭގޮތް ވުމުން، ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު މަރުހަބާ ކިޔައިފި އެވެ.
މާޗު 31، 2016 ގައި، އޭރު 37 އަހަރު ވީ ދުވަހު ނޫސް ހުއްޓާލީ، ހަވީރު ހިންގުމުގައި އެ ކުންފުނީގެ ޗެއާމަން ޑރ. ޒާހިރު ހުސެއިނާ އެކު އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަން އަދި މުހައްމަދު ނައީމް ވެސް ބައިވެރިކޮށްގެން 'ހަވީރު'ގެ ހުރިހާ މުއާމަލާތެއް ކުރަން ނެރުުނު ވަގުތީ އަމުރާ ގުޅިގެންނެވެ.
ނަމަވެސް، ކޯޓުގެ އެކި މަރުހަލާތަކުގައި މައްސަލަ ހިނގާތާ އަށް އަހަރު ފަހުން، ސުޕްރީމް ކޯޓުން ވަނީ "ހަވީރު" އަކީ ޑރ. ޒާހިރުގެ އެކަނި މިލްކެއް ކަމަށް ކަނޑައަޅައި މިދިޔަ އާދިއްތަ ދުވަހު މައްސަލަ ނިންމައިފަ އެވެ. އެކަމާ ގުޅިގެން، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ނެރުނު ބަޔާނުގައި ބުނީ ސިވިލް ކޯޓުން އޭރު ނެރުނު އަމުރަކާ ގުޅިގެން 'ހަވީރު' ހުއްޓާލަން ޖެހުމަކީ އޭރު ރާއްޖޭގައި ތިބި އެތައް ތަޖުރިބާކާރު ހުނަރުވެރި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ އެތައް ބަޔަކަށް ކުރި ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި މައުލޫމާތު ހޯދަން ގިނަ ބަޔަކު ބަރޯސާވެ އިތުބާރު ކުރަމުން ދިޔަ ނޫހެއް ކުއްލި ގޮތަކަށް ހުއްޓިގެން ދިޔުމަކީ، އެމްޖޭއޭއިން ސިފަކުރި ގޮތުގައި، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ޖެހުނު ވަރަށް ބޮޑު ލައްގަނޑެއް ކަމަށް ބަޔާނުގައި ވެ އެވެ.
"ޖުމްލަކޮށް މުޅި ނޫސްވެރިކަމާއި ރައްޔިތުންގެ މައުލޫމާތު ހޯދާ ލިބިގަތުމުމުގެ ހައްގަށް އެޅިގެން ދިޔަ ވަރަށް ބޮޑު ހުރަހެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެތައް އަހަރެއްގެ ތާރީހީ ރެކޯޑްގެ ގޮތުގައި ބަލަމުން އައި ނޫސް ހުއްޓި، އެ ނޫހުގައި އަރުޝީފާއި އޭގައިވާ މައުލޫމާތު ގެއްލިގެން ދިޔަ އެވެ،" ބަޔާނުގައި ވެ އެވެ.
"އެ މައްސަލަ ކޯޓުގައި ހިނގަމުން ދާތާ އަށް އަހަރު ފަހުން 3 މާޗް 2024 ގައި ސުޕްރީމް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމާ އެކު ހަވީރުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް ނިމުން އައިސް އެ ނޫހުގެ މިލްކުވެރިންނަކީ ކޮބައިކަން ޝަރުއީ މަރުހަލާއިން ކަނޑެޅި އެ ނޫސް އަލުން ހިންގޭނޭ ގޮތް ވުމަކީ މި ޔޫނިއަނުން އެކަމަށް މަރުހަބާ ކިޔާ އުފާކުރާ ކަމެކެވެ. އަދި މިއީ އެކަމުގެ ސަބަބުން ބޭއިންސާފާ ކުރިމަތިވި ނޫސްވެރިންނާއި މީޑިއާގެ ވޯކަރުންނަށް ލިބިގެން އައި ތަސައްލީއެއްގެ ގޮތުގައި މި ޔޫނިއަނުން ދެކެމެވެ."
ނޫސްވެރިންގެ ޖަމިއްޔާއިން ބުނީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ އަދި އެންމެ ދުވަސްވީ އާކައިވް އޮތް ހަވީރު ނޫސް، ކުރީގެ އާކައިވްއާ އެކު އެގޮތުގައި އަލުން ހިންގަން ފަށާނޭ ދުވަހެއް ފެނުމަކީ އުއްމީދެއް ކަމަށެވެ. އަދި ހަވީރުގެ އަރުޝީފަކީ ތާރީހަށްޓަކައި ވެސް އެންމެންނަށް ބަލާލެވޭނެ އަރުޝީފެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.
"މިއީ ނޫސްވެރިންނާއި ނޫސްވެރިކަމުގެ މަސައްކަތް އަދި ޖުމްލަކޮށް އާންމު ރައްޔިތުންގެ މަސްލަހަތު ބޮޑު ގޮތް ކަމުގައި ވެސް މި ޔޫނިއަނުން ގަބޫލުކުރަމެވެ."
އެއްވެސް ނޫހެއް އަދި މީޑިއާއެއް ބަންދުވާނޭ ގޮތަކަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އަމަލުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ ހައްގާއި މައުލޫމާތު ލިބިދިނުމުގެ ހައްގު ހަނިކުރުމަށް ކުރެވޭ ނުރައްކާތެރި މަސައްކަތެއް ކަމަށް ވެސް އެމްޖޭއޭއިން ބުނެ އެވެ. އެހެންކަމުން ޝަރުއީ ދާއިރާ ހިމެނޭ ގޮތުން ދައުލަތުގެ ހުރިހާ އިދާރާއަކުން ވެސް ކަންކަން ނިންމުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު އެނގުމުގެ ހައްގަށް ފަރުވާތެރިވެ، އެ ހައްގު ނެގެހެއްޓޭނޭ ގޮތަކަށް އަމަލުކުރުމަށް، އެމްޖޭއޭއިން ވަނީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ގޮވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު..
06 March 2024
ހަވީރު ނޫހަކީ ނޫސްތަކުގެ ރަސްގެފާނު. ހަވީރު ނޫސް ރާއްޖެއަށް ކަމުދާ ނޫސްވެރިކަމެއް ކޮށްދިނީ. ހަވީރު ނޫހަށް ވަދެލާ ކިޔާލާހިތެވޭ އަދިވެސް. ސުވާލަކީ ހަވީރުނޫސް ކުރިން އޮތްމަޤާމަށް ގެނެވިދާނެތޯ. އެހެންވެއްޖެނަމަ ކިތަންމެހާވެސް ރަނގަޅު. އެކަމަކު ހަވީރުމޫހުގައި މަސައްކަތް ކުރުމާ ހަވީރުނޫހުގައި އިސްތިހާރެއް ޖަހާލުން އެވާނެ އަދިވެސް ފަޚުރަކަށް. ހަމަގައިމުވެސް އަޅުގަނޑުމީ އެކަން ކުރާނެ 1
އުދަރެސްމަޖައްލާކިޔާއުޅުނުމީހެއް
05 March 2024
ހަވީރު ނޫހުގެ ފުރަތަމަ އަދަދު ކިޔާލާ ހިތްވޭ ވަރަށް މީގެ ސާޅީސް ފަސްވަރަކަށް އަހަރު ކުރީގައި ކޮންކަހަލަ ހަބަރުތަކެއްތޯ ހުންނަނީ ބަލާލަން މިހާރު ނޫހުން އެ ކިޔާލެވޭނެ ގޮތެއްް ހަދާދީ ބަލަ
ކައިލީ (މިހާރު ވަރޝަން)
05 March 2024
ދެން “މިހާރު” އަށް ވާނީ ކީތް؟
ޢަޑު
05 March 2024
މިއީ ޔާމީން، ކުރީގެ އުއްތަމަ ފަނޑިޔާރު ސައީދާއި ގުޅިގެން ޒާހިރަށްދިން ކިހާބޮޑު އަނިޔާއެއްތޯ؟
2024
05 March 2024
ޙަވީރު އެއީ ހަމަ ބެސްޓް އަވަހަށް އަޕްކޮށްދީ...ބޮއިހަލަކި
ވޮޗްމޭން
05 March 2024
ކޮބާ ހަވީރު އަވަހަށް ލައިވްކުރޭ