މިއަދުގެ މީޑިއާ ބްރީފިންގައި ހޯމް މިނިސްޓަރު އިހުސާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
05 މާޗް 2024 - 16:43
ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި އުމުރަށް ޖަލަށް ލާފައިވާ 314 މީހަކަށް މިިދިޔަ ސަރުކާރުގައި މާފުދީ، ދޫކޮށްލާފައިވާ ކަމަށް ހޯމް ލޭންޑް، ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ މީހުންގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަަހަރުތެރޭ މާފު ދީ، ދޫކޮށްލާފައިވާ އަދަދު މި ސަރުކާރުން ބެލިއިރު، އުމުރު ދުވަހުގެ ޖަލު ހުކުމުގައި ތިބި ގިނަ ބަޔަކު އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
"ފާއިތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި، އުމުރަށް ޖަލށް ލާފައި ތިބި މީހުން، ޑްރަގް ޓްރެފިކް ކުރުމުގެ ކުށުގައި އުމުރަށް ޖަލަށްލާފައި ތިބި މީހުންގެ ތެރެއިން 314 މީހަކަށް އެބައިން ފާއިތުވެ ދިޔަ ފަސް އަހަރު ތެރޭގައި މައާފު ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ފަަދަ ބޮޑެތި ކުށްވެރިން މިނިވަންކޮށްފައި ތިބުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މީހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކުރަނީ ފުލުހުން އެ މީހަކާ މެދު ހިންގާ ވަރަށް ބުރަ ތަހުގީގަކަށް ފަހު، ސާބިތުވާ ވަރަށް ކަންކަން ފާހަގަވުމުން ކަމަށެވެ.
އެފަދަ ކުށްވެރިން ތަކުރާކުކޮށް، ކުށްތަކަށް އަރައިގަންނަކަން ވެސް އިހުސާން ފާހަގަކުރެއްވި އެވެ.
މަސްތުވާތަކެތީގެ ފަރުވާ ބޭނުންވާ، އެކަމަކު އެ ފަރުވާގެ ނިޒާމުގެ ތެރެއިން ބޭރުން ވަރަށް ގިނަ ބަޔަކު މަގުމައްޗަށް ދޫވެފައިވާ މައްސަލަ ވެސް މި ފަހުން ހޯމް މިނިސްޓްރީން ވަނީ ކަންބޮޑުވުމާ އެކު ފާހަގަކޮށްފަ އެވެ. އެކަން ވެސް ކޮށްފައި ވަނީ ކުރީގެ ސަރުކާރުން ކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމްް
07 March 2024
މި ގައުމު ހަމަ މަގުން ނައްޓުވާލީ ކުރީގެ ރައީސް ސޯލިހް. އޭނަ ކޮށްފަ ހުރި މިފަދަ އެތަށް ކަމެއް ފެނުމުން ބިރުން ފިއްކަޑައިގެންދޭ. މިފަދަ ނުބައި ނުލަފާ ވެރިޔެއް ރައްޔިތުން ބޭލީތީ ނުހަނު އުފާކުރަން އަދި މާތްﷲ އަށް ހަމްދުކުރަން.
އަކްމަލްްް
07 March 2024
314 މީހުންނަކީ މަދު ބަޔެއް ނޫން. މިމީހުންނަށް ހުކުމެއް ކޮށްފަ މިހިރީ ކޮންމެވެސް ބޭނުމެއްގަ. މިހާރު މީގެ ސަބަބުން ޑްރަގް ޓްރެފިކްކުރާމީހުން އތުރުވެގެންދާނެ. އެމީހުންނަށް އެނގޭ ސިޔާސީ ގޮތުން ކިތަންމެ ބޮޑު ހުކުމެއްގައި ހުއްޓަސް ނުކުމެވޭނެކަން. އިބޫ މީ ވޯޓަކަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްލާނެ މޮޔަ ވެރިޔެއް.
އިމަރާންް
07 March 2024
އިބްރާހިމް މުހައްމަދު ސޯލިހް މީ ކޮންކަހަލަ ވެރިޔެއްތަ. މި ގައުމު ނާމާންކަމަކަށް ވައްޓާލާ ރައްޔިތުންގެ ރައްކާތެރިކަން އެންމެ ފަހު ވަގުތުގައިވެސް ވަނީ ނުގުޅައިގަނެފައި.
ދާއިން
06 March 2024
ވޯޓް ހޯދަން ކޮށްފާނެ ކޮންމެފަދަކަމެއްވެސް. މިވަރުގެ މީހުންނަށް ދެންމީގެފަހުން މިގައުމުގެ ވެރިކަންދީގެން ނުވާނެ
އިސްހާގް
06 March 2024
އެކަމަކު ވަރަށް ވެފަ ބުންޏެއްނުން ތިމަންނަޔަކަށް ނޯންނާނެ އޭ މާފްދެވޭނެ ގޮތެއް، ކޮންތާކު މިޖެހުނީ ގައުމު ހަލަބޮލިކޮށްލާފަ އެބެޗީ
މުޝައްރަފް
06 March 2024
ވެރިކަމުން ފައިބައިގެން ދަމުންދިޔައީ ބަޔަކަށް ވެރިކަން ނުކުރެވޭނެ ވަރަށް ޖެއްސުންކޮށްފަ، މަސްވެރިންގެ ލާރިކޮޅުވެސް ނުދީ ނުވިތާކަށް 17ރ ގަ ހުރި މަސްކިލޯ 25ރ ހަދާފަ
އަލީ ޝަފްރާޒްް
06 March 2024
ވޯޓަކަށްޓަކައި ދުނިޔޭން މޮޔަވެފައެއްނު އެމްޑީޕީ މީހުން މި ތިބީ މިކަހަލަ މުޖުތަމުއަށް ނުރައްކާ ވާ ވަރުގެ މީހުން ދޫކޮށްލި އިރު. ކުރެވޭ ނުކުރެވޭ ކަންކަން ވެސް ނޭގެ. އެންމެން ދޫ ކޮށްލައިންވެސް ވޯޓު ކޮޅެއް ލިބުނު ނަމަ ރަނގަޅު. ވޯޓު ވެސް ނުލިބުނު އަދި އިންތިހާބުން މޮޅު ވެސް ނުވި. ހަހަހަ
އަސް
06 March 2024
ޔާމީނު އެކައުންޓަށް ފައިސާ ވަނީމަ އޭނަ ބެދުނީ، މާގިނަ ވާހަކަ ނުދައްކާ ހެކި ސާބުތު ކޮށް ގޯސްކޮށް ކަންކަން ކުރި މީހުންގެ މަށްޗަށް ދައުވާ އުފުލާ.
ސާމް ނާފިޒް
06 March 2024
އަހަންނަ އެގިގެން ވެރިކަން ލިބި މަޖިލިޔް އިންތިހާބަށްވެސް ސޯލިހް 2 މީހަކު ދޫކޮށްލި. އުމުރަށް ޖަލަށް ލާފަ ހުރި.
ދޮން އަމާ
06 March 2024
މި މީހުން ދޫކޮށްލާފަ މި އެމްޑީޕީ މީހުން މި ކިޔަނީ މި ސަރުކަރުގަ މާރާމާރީ އެއްޗެހި އިތުރުވަނީ އޭ. އިތުރުވާނެ ދޯ މަދަކަ މީހުންނެއް ނޫންވިއްޔަ ދޫކޮށްލާފަ އެހެރީ