ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ: ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ ކަރޯކޭ ޖެއްސުމަކީ ރައީސްގެ އާއިލާއިން ކޮށް އުޅުއްވާ ކަމެއް ނޫން ކަމަށް--
06 މާޗް 2024 - 14:14
މުލިއާގެއަށް ކަރޯކޭ ސިސްޓަމެއް ގަތް ކަމަަށް ސޯޝަލްމީޑިއާގައި ކުރި ތުހުމަތު ރައީސް އޮފީހުން މިއަދު ދޮގުކޮށްފި އެވެ.
އެ އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ، މުލީއާގޭގައި ދައުލަތުން ހަރަދު ކޮށްގެން އަޑު ބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަން މަސައްކަތްޕުޅު ކުރައްވާ ޕާޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވެސް އެ ވާހަކަތައް ދެއްކި އެވެ.
ނަމަވެސް ހަލީލް ވިދާޅުވި ގޮތުގައި ސިޔާސީ ފަރާތްތަކުން ދައްކަމުންދާ އެ ވާހަކައަކީ ބޮޑު ދޮގެކެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ،" މީޑިއާއާ ހިއްސާ ކުރެއްވި މެސެޖެއްގައި ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެފަދަ ދޮގު ޚަބަރުތައް ފަތުރަމުންދަނީ ސަރުކާރު ހިންގަން ލިބުނު ފުރުސަތުގައި ދައުލަތުގެ ވަސީލަތްތަކާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އެ މީހުންގެ ބޮޑެތި ހިޔާނާތްތައް ފޮރުވުމަށް މަސައްކަތް ކުރާ މީހުން ކަމަށެވެ.
"ފޭކް ފޮޓޯތައް މީޑިއާ އަށް ނެރެ، މިފަދަ ދޮގު ތުހުމަތުތައް އަނެކުންގެ މައްޗަށް ކުރުމުގެ ބޭނުމަކީ މާޒީގައި އެ ފަރާތްތަކުން ކޮށްފައިވާ ނޭދެވޭ ކަންކަން ރައްޔިތުންގެ ހަނދާނަށް އަޔަނުދީ އެހެން ކަންކަމަށް ރައްޔިތުންގެ ފޯކަސް އަނބުރުވައިލުމުވެ،" ހަލީލް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ގުޅުވައި އެކަމަނާ، ބޭނުންކުރެއްވުމަށް ކަރޯކޭ ސިސްޓަމެއް މުލީއާގެ އަށް ގެންދިޔަ ކަމަށް ބުނެ ޕޯސްޓްތަކެއް ވެސް ދައުރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްހާގް
07 March 2024
މުއިއްޒު ރައްޔިތުން ކައިރީ ދައް ކުރެވެން އޮތީ ހަަމައެކަނި ދޮގު ވާހަކަ ފަތުރައިގެން ވިއްޔާ.މުއިއްޒު ވަރެއް ނެތޭ
ނާޑުވާ
08 March 2024
މުއިޒު ހެދި ތެދެއް އެނގޭނަމަ ހާމަ ކޮށްލަދެއްވާ. ވެރިކަމާ ހަވާލުވިފަހުން އަދި ތެދެއް ނުހަދާ. ކެމަޕޭނުގަ ދެއްކިހާ ވާހަކަ ތަކެއްވެސް ދޮގަށްވެ ނިމިއްޖެ.
ހުމާމް
07 March 2024
އަބުރު ކަތިލުމުގެ ދައުވާ ތިކަހަލަ ދޮގު ފަތުރާ މީހުންގެ މައްޗަށް ކުރަންޖެހޭ
ސުފްޔާން
07 March 2024
ދޮގުހަދަންވެސް ހައްދެއް އިންނަންވާނެ. ތިޔަކަހަލަ ވާހަކަތައް ފަތުރައިގެން ލިބޭނެ މޮޅެއް ނޯންނާނެ
ރުގީ
07 March 2024
އެ ހައްދު ތެރޭގަތޯ މުއިއްޒު އެ ހައްދަވާ ދޮގެއް ހައްދަވަނީ.
އާލިން
07 March 2024
އަހަރެމެންނަށް މާ ކުރިންވެސް އިނގޭ ރައީސް މުއިއްޒުއަކީ އެކަހަލަ ބޭފުޅެއް ނޫންކަން
ނުއުނާ
07 March 2024
މީހެއްގެ އަބުރު ކަތިލަން ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ މިމީހުން
ޖީހާންް
07 March 2024
މިކަހަލަ ބުހުތާނު ދޮގު މިފަތުރަނީ މި ސަރުކާރުގެ ހަލުވި ސްޕީޑް ހަޖަމްނުވާތީ ދައްކާނެ ވާހަކައެއް ނެތިވެގެން.
އުސްމާންް
07 March 2024
ފޭކް ފޮޓޯ ޖަހައިގެން ރައްޔިތުން ގުނބޯ ހައްދަން މިއުޅެނީ އެއައްވުރެ މާތަހުޒީބުވާނެ މިހާރު ދިވެހިން.
މުހައްމަދު ސޮފްވާން
07 March 2024
އެމްޑީޕީ މީހުންނަށް ހަޖަމް ނުވަނީ މި ސަރުކާރުން ތަރައްގީ ގެންނާތީ. އެކަންކަން ހަޖަމް ނުވެގެން އުޅޭ މިކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކާނީ.
އާދަމް އާޒިމް
07 March 2024
ކަރޯކޭ އޭ ކިޔަނީ ގައުމު ހިންގާލާތީ އެކަން ހަޖަމް ނުވެގެން.
އަނާން އަލީ
07 March 2024
ބަޔަކަށް ހަޖަމް ވިޔަސް ނުވިއަސް ރައީސް މުއިއްްޒް އަކީ ދީނަށް ލޯބިކުރާ ވެރިޔެއް.
ހަލީމަތު
07 March 2024
ދީނަށް ލޯބިކުރާ، ދީނަށް އުޅޭ މީހުންގެ ސިފަޔަކީ ގަދަޔަށް ދޮގުހެދުންތަ؟