ވިޔަފާރި / އެމްޓީސީސީ ޓްރާންސްޕޯޓް ޑިޕާޓްމެންޓް

އެމްޓީސީސީ: އާ މެނޭޖްމެންޓް ހަވާލުވި އިރު ދަރަނި 954 މިލިއަން ރުފިޔާގައި

އެމްޓީސީސީގެ ސީއީއޯ އާއި ކުންފުނީގެ ވެރިން ދެއްވި ޕްރެސް ކޮންފަރެންސް -- ފޮޓޯ: އެމްޓީސީސީ

މި ވެރިކަން ފެށި، އެމްޓީސީސީއާ، އާ މެނޭޖްމަންޓުން ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށާއި އެ ކުންފުންޏަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް އިރު، އެ ކުންފުނިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ 954 މިލިއަން ރުފިޔާގެ ދަރަނި އެބަ އޮތް ކަމަށް އެމްޓީސީސީގެ އިސްވެރިން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވީ، ވޭތުވެދިޔަ ދުވަސްތަކުގައި އެ ކުންފުންޏަކީ ވަރަށް ރަނގަޅަށް ހިންގަމުން އައި ކުންފުންޏެއް ކަމަށް މީޑިއާތަކަށް ތިލަކޮށްދީފައި އޮތް ނަމަވެސް، ކުންފުނި އޮތީ ވަރަށް ހާލަތު ގޯސްކޮށް ކަމަށެވެ.

އެމްޓީސީގެ މެނޭޖިންް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ، އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގަތް އާދަމް އާޒިމެވެ.

"ހިންގުމުގެ ހަރަދު ވަރަށް ބޮޑު. ވަރަށް ގިނަ ސައިޓުތައް އައިޑަލްވުމާއި ކޮސްޓްތަކެއް ވަރަށް ބޮޑަށް ބެއާ ކުރަން ޖެހިފައި އޮތް ހާލަތެއް. ހަރުމުދާ ބެލެހެއްޓުމުގައި ވެސް އެބަހުރި އިހުމާލުތަކެއް ވެފައި. އަދި ހާއްސަކޮށް މަހާޖައްރާފު އޮތް ހާލަތާ މެދު ރައްޔިތުން ކަންބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް ކުރަނީ -- ފޮޓޯ: އެމްޓީސީސީ

ޒިޔާދު ވިދާޅުވީ، ކުރީގެ މެނޭޖްމެންޓްގެ ބައެއް އަމަލުތައް ހުރި ގޮތުން ބައެއް މަޝްރޫއުތައް ހުރީ މަޑުޖެހިފައި ކަމަށެވެ.

އޭނާ ވިދާޅުވީ، މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލު ކުރުމަށް ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާ ކަމަށެވެ. އަދި ކުންފުންޏަށް ގެއްލުންވާ ގޮތައް ހުރި ކަންކަމާ ގުޅޭ ގޮތުން އޮޑިޓްތައް ހަދަމުން އަންނަ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

އެމްޓީސީސީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ހުސެއިން މުހައްމަދު މަނިކު ވިދާޅުވީ، އެ ކުންފުންޏަށް ލިބެން ޖެހޭ، އެކަމަކު ނުލިބިވާ 1.7 ބިލިއަން ރުފިޔާ އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 800 މިލިއަން ރުފިޔާއަކީ ސަރުކާރުން ލިބެން ޖެހޭ އަދަދު ކަމަށް ވިދާޅުވި އެވެ.

އަދި އެކުންފުނީގެ އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީގެ ގޮތުގައި 954 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި 50 ޕަސެންޓް ދައްކަން ޖެހެނީ ބޭރުގެ ކުންފުނިތަކަށެވެ.

"ކުންފުނީގެ ބޮރޮވިންސް [ލޯނު] މިއުޅެނީ 100 މިލިއަންގައި. ރިސީވަބަލްސް [ލިބެން ޖެހޭ ފައިސާ] ރިކަވާ ކުރުމުގައި އަޅުގަނޑުމެންގެ ސްޓްރެޓެޖީއަކީ ޕްރައިވެޓް ޕްރޮޖެކްޓްތަކަށް އަޅުގަނޑުމެން ޑައިވާސިފައިކުރުން. ޕްރައިވެޓް ޕްރޮޖެކްޓްތަކަށް ޑައިވާސިފައިކޮށްފައި އަޅުގަނޑުމެން ބޭނުންވަނީ އެ ޕްރޮޖެކްޓްތަކުން ޑޮލަރު ހޯދަން" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީއިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށް ބަނދުގައި އޮތް ޑްރެޖާއެއް -- ފޮޓޯ: އެމްޓީސީސީ

މަނިކު ވިދާޅުވީ، އެ ކުންފުނިން ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ވެސް ޑޮލަރުން އާމްދަނީ ލިބޭ ޕްރޮޖެކްޓްތަކަށް ދިއުމުން ފަސޭހަވާނެ ކަމަށެވެ. އެ ކުންފުނިން މިދިޔަ ޖެނުއަރީ މަހު ވެސް 19 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށައިފައިވާ ކަމަށާއި 1.1 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއްގެ ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑޮލަރުން އާމްދަނީ ހޯދުމުން، ކުންފުންޏަށް ބޭނުންވާ ބޭރު ފައިސާ ހޯދަން ހައްލުތަކެއް ލިބޭނެ ކަމަށެވެ. އަދި ދަރަނި އަދާކުރުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަނިކު ވިދާޅުވި ގޮތުގައި އެކުންފުނީގެ އަމާޒަކީ ޓްރޭޑިން ދާއިރާގެ ވިޔަފާރީގެ އާމްދަނީ 500 މިލިއަނަށް އިތުރު ކުރުމެވެ. އެކަން ހާސިލު ކުރަން ގޮންޖެހުންތައް ހުރި ނަމަވެސް، އާ ދާއިރާތަކުން މަޝްރޫއުތައް ހިންގައިގެން އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ކުއާޓާލީ ރިޕޯޓުތަކުން ދައްކަ އެވެ. އަދި އެކުންފުނީގެ ސާފު ފައިދާ 130 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ 2022 ވަނަ އަހަރަށް ވުރެ 66 މިލއިަން ރުފިޔާ ދަށް އަދަދެކެވެ.

ޒިޔާދު ވިދާޅުވީ، އެކުންފުންޏާ ހަވާލުވި އިރު ކުންފުނީގެ 85 ޕަސެންޓު އާމްދަނީ އަކީ ސަރުކާރުން ހިންގާ މަޝްރޫއުތައް ކަމަށާއި އެކަން ބަދަލު ކުރުމަށްޓަކާއި މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ. އެކަން ކުރާނީ ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތައް ހިންގުމާއި ޓްރޭޑިން އާއި އާ ވިޔަފާރިތަކަށް ވަދެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާޖައްރާފު ގްރައުންޑް ވުމުން ޕްރޮޖެކްޓްތައް ލަސްވެފައި

އެ ކުންފުނީގެ ޕްރޮޖެކްޓްް ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ، އެކުންފުންޏަށް ކޮންޓްރެކްޓް ކޮށްފައި އޮތް 192 މަޝްރޫއުއެއް އޮތް ކަމަށާއި އޭގެ ތެރެއިން ތިން މަޝްރޫއުއެއް މިދިޔަ ތިން މަހު ނިންމި ކަމަށެވެ.

އޭނާ ވިދާޅުވީ 123 މަޝްރޫއުއެއްގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްގެންދާ އިރު 69 ޕްރޮޖެކްޓެއްގެ މަސައްކަތް އަދި ނުފަށާ ކަމަށެވެ.

"އަޅުގަނޑުމެން އަށް މަޝްރޫއުއެއް އަލުން ފަށައިފިން. އޭގެ ތެރޭގައި ހިމެނޭ ކުރީގެ މެނޭޖްމެންޓުން ސޮއިކޮށްފައި ހުރި ޕްރޮޖެކްޓްތައް ވެސް. އޭގެ އިތުރުން ހަތް މަޝްރޫއުއެއް މި ކުންފުންޏަށް ހޯދައިފިން. އެ ހަތް މަޝްރޫއުގެ ވެލިއުއަކީ ގާތްގަނޑަކަށް 360 މިލިއަން ރުފިޔާ،" އޭނާ ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ، އެ ކުންފުނިން އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ކަމަށްވާ އިރު އެކުންފުނީގައި އެކަން ކުރުމަށް އޮންނަ މަހާޖައްރާފު ހަލާކުވެ، ބޭނުން ނުކުރާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެއްޖެ އެވެ.

އެމްޓީސީސީގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: މިހާރު

"މީގެ ސަބަބުން ޑްރެޖިން ކެޕޭސިޓީ، މާނައަކީ ޑްރެޖިންއިން ލިބޭނެ ކަމަށް ބަލާ ރެވެނިއު މިވަނީ ގެއްލިގެން ގޮސްފައި. އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކުގެ ތިން ބައިކުޅަ އެއްބައި މި އަންނަނީ ޑްރެޖިން އިން. އެހެންމަ، މަހާޖައްރާފު [20 މަސް] ގްރައުންޑްވުމުން ލިބެންޖެހޭ ފައިދާ މިއޮތީ ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ، ކުންފުނީގެ ޑްރެޖިން މަސައްކަތްތައް އަވަސް ކުރުމަށް އިތުރު ބާޖަކާއި އެހެން މެޝިނަރީތައް ހޯދުމަށް ލޯނެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

38 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 6%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝާކީ

09 March 2024

ވެރިކަން ހޯދަން ހެދި ދޮގު މަޖިލިސް ހޯދަން ހަދަނީ؟؟؟ ގައިމު ދެން ދުވަހަކުވެސް އަހަރެން މުއިއްޒު ހުރެގެން ޕީޕީއެމްއަކަށް އަދި ޕީއެންސީއަކަށް ދޭނެ ވޯޓެއް ނޯންނާނެއެވެ.

The name is already taken The name is available. Register?

ހައްތާވެސް ވަގުންނެވެ

09 March 2024

މިކަހަލަ ދޮގު ހަދައި ކުންފުނިއަށް ގެއްލުންވެއްޖެއޭ ބުނެ އޮޅުވާލާނަމަ ހިއްސާދާރުންނަށް ކޯޓަށް ދިއުމަކީ އޮންނަ ހައްގެކެވެ. ފެނަަކައަށް ހަދާހެން އެމްޓީސީއަކަށް ނެހެދޭނެއެވެ. އެމްޓީސީސީގައި ކުރިންތިބި ކޮރަޕްޝަންގެ އަހުލެވެރިން މިހާރު ފެނަކައަށް ގޮސް ވައްކަމުގައި ތެެރެއިން އިތުރު ހަރަފަތަކަށް ދެވޭތޯ އެބައުޅެއެވެ.

The name is already taken The name is available. Register?

ޔާސީނު

09 March 2024

ބަލަ ތިޔަ މަހާ ޖައްރާފް ހަލާކުވީ ކުރީގެ ވެރިކަމުގައި ކަމަށް ބުނާނަމަ ވެރިކަން ލިބި މިވީ ހަމަސް ދުވަހުގެ ތެރޭގަައި ހަމަ ހަލާކުވާން ބާއްވައިގެން ތިޔަތިބީ ތިޔަ ވާހަކަ ދައްކާން ތޯއެވެ؟ ވޯޓް ހޯދަން ކޮސް ނުގޮވާށެވެ. އަނެއްކާ ދަރަންޏަށް 900 މިލިއަން އޮތް އިރު 1.7 ބިލިއަން ނުލިބި އެބައޮތެެވެ. ކާކުގެ ހިސާބު ޖެހުމެއްތޯއެވެ. އަނެއްކާ ފެނަކައިން އެދުރުވެގެން ހިސާބު ހަދަނީތޯއެވެ.

The name is already taken The name is available. Register?

ހިތަޑު 2

07 March 2024

ކުންފުނިތަކުގެ ވެރިން ޓީސާޓް ލައިގެން މަސައްކަތަށް ނުކުތުން އާންމު ވެއްގެ، އަސްލު ވަރަށް ހަޑި އަދި އަންޕްރޮފެށަންލަ ވައްތަރު ޖަހަނީ،

The name is already taken The name is available. Register?

ސަތޭ

07 March 2024

ކުރީގައި ހުރި މީހާ ހަދާ ގޮތަށް މި ކަމަށްވެސް ޑްރަމެޓިކް ކުރު ފިލްމެއް ހަދައި އިތުރަށް ފޮނިތޮށި ކާފޫރުތޮޅި ލާފައި ގެނެސް ދިން ނަމަ ދިވެހިންނަށް މިކަން ކަން ގަބޫލުކުރެވޭނީ! މިދިޔަ 4 އަހަރު ފިލުމު ޑްރާމާ ބަލައިގެން މިތަނަށް އައިސް މިކިޔަނީ ހާދަ ހިންގުންތެރިއޭ ހާދަ ޕްރޮޖެކްޓް އެބަ ހިންގައޭ. ފާއިދާ އޭ. އެއް ފަހަރުވެސް ރަނގަޅަށް ކުންފުނީގެ ހިސާބު ބަލައިލިންތަ އެކަކުވެސް؟

The name is already taken The name is available. Register?

އަފްރާސިޔާބު

07 March 2024

ބަލަ މަނިކު ނޫންތޯބކުރިންވެސް ހިސާބު ހަދަނީ. އެއިރު ފައިދާވާގޮތަށް ހިސާބު ހެދިއްޔާ އެހެދީވެސް ސީއެފްއޯ އެއްނޫންތޯ؟ މިހާރު ގެއްލުންވާ ގޮތަށްވެސް ހިސާބު އެހަދަނީ ކުރިން ފައިދާވާ ގޮތަށް ހިސާބު ހެދި ސީއެފްއޯ އެއްނޫންތޯ؟ ނޫނީ ކުރިން ފައިދާ އޭ ބުނި ލާރި ކޮޅު ހިއްސާދާރުންނަށްވެސް ނާންގާ ކާލީތޯ؟

The name is already taken The name is available. Register?

ދެންކީކޭބުނާނީ

07 March 2024

ދޮންކަލޯ، އަހަރެން ލިޔަންކިޔަން ނޭނގޭ ބޭބެއަށްވެސް ލިބެންއޮތް 1.7 ބިލިޔަނުން ދައްކަންއޮތް 900 މިލިޔަން ނުވަތަ 1 ބިލިޔަން ކަނޑާލިޔަސް 700 މިލިޔަން ފައިދާ ޖެހޭ. ދެން 5 އަހަރުތެރޭގައި ހޯދި އެސްޓުތައް އެއްކޮށްލީމައި ކުންފުނި އޮތީ ދަރަނިވެރިވެފައޭ ބުނާނެ ސެޓިފިިކެޓުއޮތް މީހަކު ނުވާނެ.

The name is already taken The name is available. Register?

ދޮނަޅަ

07 March 2024

ތިވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފެއްޏެއްގައި 954 މިލިއަން ރުފިޔާގެ ދަރެއްޏެއް އޮތުމަކީ ބޮޑު އަދަދެއް ނޫނެވެ. އަދި އަމުދުން 1.7 ބިލިއަން ރުފިޔާ ރިސީވަބަލްގަ އުޅޭއިރު. ދެން ޑޮލަރު ހޯދަން ކުރިން ރިސޯޓް ހިންގަންވެސް ދިމާކުރިއެވެ. އެކަންވެސް އެންމެ ފަހުން ނިމުނީ ބޮޑު ޖަރީމާއެއް ހިންގާފައެވެ. މިހާރު މާ ބޮޑަށްވެސް ޔަގީންވޭ މި ސަރުކާރުން ތެދެއް ހެދެން އޮންނަ ތަނެއްގައިވެސް ގޮދެއް މަކަރެއް އޮޅުވާލުމެއް ނޫނީ ނުހަދާނެކަމަށް

The name is already taken The name is available. Register?

އުނބުށޭމު

07 March 2024

މީގެކުރިން ވެއްޓިގެންދިޔަ 3 އަހަރުގެ ވެރިކަމުގައި ކަންތައްކުރިހެން ދައުލަތުގެ ހުރިހާ ކުންފުނިތައް ގެއްލުމުގައި ކެމްޕޭނަށް ހިންގަން އަމާޒުހިފާފައި މިދިޔަ ހުރިހާ އަހަރަކު ރަނގަޅު ފައިދާއެއް ބެހި ކުންފުނިންވެސް ނިމިދިޔަ 2 އަހަރުގެ ފައިދާވެސް ނުބަހަން ރައްޔިތުން ގުނބޯހައްދަން ދުރާލައި ވާހަކަ ދައްކަން ފެށީކަމަށް ފެނެއެވެ.

The name is already taken The name is available. Register?

ބަޑިތަކުރު

07 March 2024

ފައިދާވިޔަސް ގެއްލުން ވިޔަސް މިދިޔަ ވެރިކަމުގައި ފައިދާ ނުބަހާ އެއްވެސް އަހަރެއް ނުދެއެވެ. މިވެރިންކަން ފެށިގެން ފުރަތަމަ ބަހަން ހުށަހެޅީވެސް އެވެރިކަމުގައި ފާއިތުވި އަހަރެއްގެ ފައިދާއެވެ. އެއީ ރެކޯޑް އަދަދެކެވެ. އެކަމަކު ބަހަން ހުށަހެޅި އަދަދު ފާސްނުވީމާ އެފާސްކުރީ ފައިދާ ނުބަހަންކަމަށް ނިންމައިގެން ތިޔަތިބީ އެފައިސާއަށްވެސް ހެދި ނުހެދިގޮތެއް ވެސް ހާމަނުކޮށެވެ. ދެން އެތައް ބައެއްގެ ހިއްސާއޮތް ކުންފުނިން ގެއްލުންވާގޮތަށް ކެމްޕޭނަށް ކަންކަންކުރަން

The name is already taken The name is available. Register?

ބަޑިތަކުރު

07 March 2024

އެކަށީގެންވާ ފައިދާއެއް ނުވާ ފެރީ ނިޒާމަށް އެތައް މިލިޔަނެއް ޚަރަދުކުރާއިރު ލޯންޗް ބަނުމަށާ ކަންކަމަށް ނެގި ލޯނުތައް ދަރަނީގެ ގޮތުގައި އޮންނާނެއެވެ. އެކަމަކު އެކަންކަމަކީ ސަރުކާރުން ސަބްސިޑީދީގެން ނަމަވެސް ކުންފުންޏަށް ގެއްލުންނުވާނެ ގޮތަކަށް ކުރިޔަށްގެންދެވޭނެ ކަންކަމަށް ވާންޖެހޭނެއެވެ. ވޭތު 2022 ވަނަ އަހަރުގެ ފައިދާއަށް ރެކޯޑް އަދަދެއް ބަހަން ނިންމީ ކުންފުންޏަށް ތިޔަހާ ބޮޑު ގެއްލުމެއް ވެފައިވަނިކޮށްކަމަށް ގަބޫލުކުރަން ދައްޗެވެ. ތިޔަ އުޅެނީ މިދި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454