މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
07 މާޗް 2024 - 15:37
މި ސަރުކާރުގެ އަމާޒަކީ ރާއްޖެ އިން އެހެން ގައުމުތަކަށް ރޯމަސް ބޭރުކުރުން ހުއްޓާލުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ މިނިސްޓްރީ އަށް ހާސިލް ކުރެވުނު ކަންކަން މީޑިއާއާ ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޕްރޮސެސް ކޮށްފައި ހުރި މަސް ރާއްޖެ އިން ބޭރުކުރުން ކަމަށެވެ.
"އެންމެ ބޮޑު އަމާޒަކީ ވެލިޔުއެޑް ކޮށްގެން މަސް ބޭރުކުރުން. މިހާރު ރާއްޖޭގެ ކެޗް މި ހުރީ އަހަރެއްގެ މައްޗަށް 120،000 ޓަނުގައި. ހުރި އިރު ރާއްޖެ އިން ބޭރު މި ކުރެވެނީ ގާތްގަނޑަކަށް 62، 65 ޓަނުގެ މަސް. އޭގެ 75 އިންސައްތަ އަކީ ރޯ މެޓީރިއަލްގެ ގޮތުގައި ބޭރު ކުރެވޭ މަސް،" މިނިސްޓަރު ވިދާޅުވި އެވެ.
ރޯމަހުގެ ގޮތުގައި ރާއްޖެ އިން މަސް ބޭރު ކުރެވިގެން ނޫނީ މަހުން ލިބޭ އާމްދަނީ އިތުރު ނުކުރެވޭނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އެހެންވެ އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި މި ވަނީ ރޯ މެޓީރިއަލް ޒީރޯ ކުރުން. އެއީ ހަމަ ދަޅުގައި ބަންދު ކޮށްގެން ނޫނީ އެހެން ޕްރޮސެސިން މެތޯޑްތަކުގައި ވެލިވޭޑް ކޮށްގެން މަސް ބޭރު ކުރުމަކީ އަޅުގަނޑުމެންގެ އަމާޒު،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުކުރާ ރޯމަހުގެ އަދަދު މަދުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އޭރު ވިދާޅުވަމުން ދިޔައީ މަހުގެ ސިނާއަތް ފުޅާކޮށް، އޭގެ ނަފާ އިތުރުކުރެވޭނީ ހަމައެކަނި ރޯމަސް އެކްސްޕޯޓް ކުރުމުގެ ވިސްނުން ދޫކޮށްގެން ކަމަށެވެ. ބާނާމަހަށް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި މަސް އެކްސްޕޯޓް ކުރެވިގެން ކަމަށް އެ ސަރުކާރުން ވެސް އައީ ބުނަމުންނެވެ.
މިދިޔަ ފަސް އަހަރު ރާއްޖެއިން ބޭރު ކުރާ ރޯމަހުގެ އަދަދު މަދުކުރުމަށް ފެލިވަރުގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރުމާއި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި، އަދި ތިނަދޫ އާއި މުލަކުގައި، ގާއިމުކުރެވޭ ކޯލްޑްސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ. އެކަމަކު، އެއިން އެއްވެސް މަސައްކަތެއް ކުރީގެ ސަރުކާރަށް ކުރިއަށް ނުގެންދެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމް ނާފިޒް
08 March 2024
މަހުގެ ހަގީގީ އަގު ލިބޭނީ މިހެން ހަދައިގެން
ފަތުހުﷲ
08 March 2024
އިބޫ މެން ގެ ސަބަބުން މާންދޫ ހުއްޓާލީ. އެތައް ބަޔެއްގެ ވަޒީފާ ގެއްލުނީ
އަލްހާން މުހައްމަދު
08 March 2024
100 ކައިގެ ނިންމުމެއް.
ޝަމީމް77
08 March 2024
މިފްކޯ ފެލިވަރު ކޫއްޑޫގެ ވެރިންބަދަލުކޮއްގެންނޫނީ ތިކަމެއްނުކުރެވޭނެ ތިދައްކާވާހަވެސް އެބައަޑުއިވޭ
މޮނޯ
08 March 2024
"ރޯމަހުގެ ގޮތުގައި ރާއްޖެ އިން މަސް ބޭރު ކުރެވިގެން ނޫނީ މަހުން ލިބޭ އާމްދަނީ އިތުރު ނުކުރެވޭނެ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ." ކީކޭބާ މިނިސްޓަރު ވިދާޅުވީ އަސްލު؟
އަހްމަދ
08 March 2024
މާޗް 5 އަދި ނާންނަނީތޯ މަސްވެރިންނަށް ދޭން ވައުދުވި ފައިސާ ނުދެނީ..
މަޓޭމަޓޭ
08 March 2024
ތިމަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ހުރހާ އެއްމެންވެސް ބުނަމުން ދަނީ ރޯމަސް އެކްސްޕޯރޓްކުރުން މަޑުޖައްސާ ވެލިއު އެޑެޑް ޕްރަޑަކްޓް އެކްސްޕޯރޓްކުރާވާހަކަވޭތުވެދިޔަ އަހަރުތަކުގައި އެކަމަކު އެގޮތައް ބަދަލުކުރަން އެހާ ފަސޭހަ ނުވެގެން ތިއުޅެނީ. ކޮންވާހަކަމއެއް ތިދައްކާބާނަނީ. ކަންކުރަންނޭގޭ ބްރާތިން.
ސާބަސް1
10 March 2024
ކަންކުރަން އިނގޭމީހާ ކީއްވެބާ މަސައްކަތާ ހަވާލުނުވެ ތިހުރީ؟
ހމނ
07 March 2024
ތިކަންކުރަން މަސްބަހައްޓާނެ ތަންތަނާއި އުފައްދާ ކާރުޚާނާތައް ނުހަދައެއްނުވާނެ. ދަރާވިއްކައި ހަފުސްއަރުވާފައޮތް ޤައުމަކުން ލޯނުނުނަގައި ތިފަދަކަމެއް ނުކުރެވޭނެ. އެހެންވީމަ ތިޚިޔާލީފޮލާ ކައްކާނެގޮތުގެ ތަފްސީލު ލިބިގެންނޫނީ އެއްޗެކޭ ބުނެވޭކަށެއް ނުއޮންނާނެ. ތިޔައީ ހުސްގޮނޑިއަކާއި ބޮޑުފޮޓޯފުޅެއް ބަހައްޓައި ޗަރުކޭސްދެއްކި އެކަކު. ތަފްސީލް ޕުލީޒު.
މިގު
07 March 2024
މިގައުމުގެ މައްސަލައަކީ ހުރިހާ ކަމެއްވެސް ސަރުކާރުން ކޮއްދެން ޖެހުން. އެހެން މިވަނީ ވެރިކަމަޢް އަންނަން ވާން ހޮޅި ވައުދުން. ސަރުކާރުން ނުވީޔާ އަމިއްލައަށްވެސް ކުރަން މަސައްކަތްކޮއްލަބަަލަ.ނޫނީ އެހެން ކަމަކާ އުޅެލާ
މުއްލާ
07 March 2024
މަސްވެރިންނަށް ކީއްތަވާނީ ސަރުކާރު ޙަރަދުގައި ކޮންމެ ދޯންޏަކަށް ތައިލޭންޑް ހިސާބުން ދޯނީގައި ކައްކަން ވިޔަސް އަންހެން ކުއްޖަކު ގެނެސް ދިނިއްޔާމު،ގައިމު ބައެއް އޮޑިފަހަރު ނުދުއްވިގެން އެބައުޅޭ ކައްކާނެ މީހަކު ނެތިގެން،ވިސްނާ މިކަމަށް މިނިސްޓަރު
ބަބުރު
07 March 2024
އެކުއްޖާ ގެނެސްދިނީމަ އެކުއްޖާ ލައްވައި ދޯނީގަ ކައްކާނީތަ ހަމަ؟
ސަމުގާ
07 March 2024
ބަބުރާ ތެލި ދޮވެ ތަށި ދޮވެ ވެސް ލެވޭނެ،ސައި ގިރޭނެ،މަސް ފިހެދޭނެ ސީދާ އަލިފާނުން